Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެ ޓީވީ ނައިޓް 2019

ރާއްޖެ ޓީވީ ނައިޓް 2019ގައި "ހައުސް އޮފް މިއުޒިކް" ބޭންޑުން ޕާފޯމްކުރަނީ!

20 ނޮވެމްބަރު 2019 | ބުދަ 14:26

ޝަލަބީ ވަނީ 2017 ވަނަ އަހަރު ބޭއްވި ރާއްޖެ ޓީވީ ނައިޓްގައި ވެސް ހުށަހަޅައިދީފައި

މުހައްމަދު މުސްތަފާ
މުހައްމަދު މުސްތަފާ | 20 ނޮވެމްބަރު 2019 | ބުދަ 14:26
ރާއްޖެ ޓީވީ ނައިޓް 2019 ގައި ހައުސް އޮފް މިއުޒިކްގެ ބޭންޑުން ޕާފޯމް ކުރުމަށް ރާއްޖެ ޓީވީ އާއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ރާއްޖެ ޓީވީ ނައިޓް 2019 ގައި ހައުސް އޮފް މިއުޒިކްގެ ބޭންޑުން ޕާފޯމް ކުރުމަށް ރާއްޖެ ޓީވީ އާއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ރާއްޖެ ޓީވީގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ބާއްވާ ރާއްޖެ ޓީވީ ނައިޓްގެ މިއަހަރުގެ އިވެންޓުގައި ރާއްޖޭގެ ނަން މަޝްހޫރު މިއުޒިކް ބޭންޑު "ހައުސް އޮފް މިއުޒިކް" އިން ޕާފޯމްކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.

ރާއްޖެ ޓީވީ ނައިޓް 2019 ގައި "ހައުސް އޮފް މިއުޒިކް" އިން ޕާފޯމް ކުރަން ނިންމައި ބުދަ ދުވަހު ވަނީ އެއްބަސްވުމުގައި ސޮއި ކޮށްފައެވެ. އެ އެއްބަސްވުމުގައި ރާއްޖެ ޓީވީގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ ޗީޗް އޮޕަރޭޓިން އޮފިސަރ ނާޒްމީ ސައީދެވެ. އަދި ބޭންޑުގެ ފަރާތުން ސޮއި ކުރީ ބޭންޑުގެ މައި ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހީމެވެ.

ޝަލަބީ ވަނީ 2017 ވަނަ އަހަރު ބޭއްވި ރާއްޖެ ޓީވީ ނައިޓް ގައިވެސް ރީތި ހުށަހެޅުންތަކެއް ހުށަހަޅައިދީފައެވެ.

ސޮއި ކުރުމުގެ ރަސްމިއްޔާތަށްފަހު ޝަލަބީ ބުނީ، ރާއްޖެ ޓީވީ ނައިޓްގައި އަނެއްކާވެސް ޕާފޯމްކޮށްލަން ލިބުމުން އުފާކުރާ ކަމަށެވެ.

ރާއްޖެ ޓީވީގެ ފަރާތުން މައުލޫމާތު ދެއްވަމުން ހެޑް އޮފް ޕްރޮގުރާމްސް އާމިރު ސަލީމް ވިދާޅުވީ، ރާއްޖެ ޓީވީ ނައިޓްގެ މިއަހަރުގެ އިވެންޓުގައި ފާއިތުވި އަހަރު ރާއްޖެ ޓީވީގައި އެކި ރޮނގުތަކުން އެންމެ ރަނގަޅު ސްޓާފުންނަށް އެވޯޑާއި ހަނދާނީ ފިލާ ހަވާލުކުރާނެ ކަމަށެވެ.

އިތުރަށް އާމިރު ވިދާޅުވީ، މިއަހަރުގެ އިވެންޓުވެސް ކުރިޔަށް ދާނީ މުނިފޫހިފިލުވުމުގެ ހާއްސަ ހަރަކާތްތަކާވެސް އެކުގައި ކަމަށެވެ. އަދި ހައުސް އޮފް މިއުޒިކް ބޭންޑާއި އެކު ރާއްޖޭގެ ނަން މަޝްހޫރު އެހެން ލަވަ ކިޔުންތެރިން ވެސް ޕާފޯމް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އާމިރު ވިދާޅުވިއެވެ.

ރާއްޖޭ ޓީވީ ނައިޓް 2019 ގައި ރާއްޖެ ޓީވީގެ ސްޓާފުންގެ ހާއްސަ ހުށަހެޅުމެއް ވެސް ގެނެސްދިނުމަށް ރާއްޖެ ޓީވީން އަންނަނީ ތައްޔާރުވަމުންނެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

23 ޖެނުއަރީ 2017
އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް