Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމައުރީސިއޯ ޕޮޗެޓީނޯ

ޓޮޓެންހަމްގެ ކޯޗުކަން ޕޮޗެޓީނޯ ދޫކޮށްލަނީ

ޓޮޓެންހަމްއާއެކު ޕޮޗެޓީނޯ ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2023 ވަނަ އަހަރު

ލީވާން އަލީ
ލީވާން އަލީ | 19 ނޮވެމްބަރު 2019 | އަންގާރަ 14:44
މައުރީސިއޯ ޕޮޗެޓީނޯ

މައުރީސިއޯ ޕޮޗެޓީނޯ

ޓޮޓެންހަމް ހޮޓްސްޕަރގެ ކޯޗުކަން އެ ކްލަބުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ދޫކޮށްލަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މިރާއިން ބުނީ، ޓޮޓެންހަމުން އާ ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެ ކްލަބުގެ ކޯޗުކަމުން ޕޮޗެޓީނޯ ވަރަށް އަވަހަށް ދުރަށް ދާނެ ކަމަށެވެ.

ނަމަވެސް ޓޮޓެންހަމްގެ ކޯޗުކަން ޕޮޗެޓީނޯ ދޫކޮށްލާނެ އިރެއް ކަށަވަރުނުވާއިރު، ބައެއް ރިޕޯޓްތައް ބުނާގޮތުން އޭނާ ޓޮޓެންހަމްގެ ކޯޗުކަން ދޫކޮށްލާނީ މި ސީޒަނަށްފަހުއެވެ. ޕޮޗެޓީނޯ ވަނީ މިދިޔަ އަހަރުގެ މެއި މަހު ޓޮޓެންހަމްއާއެކު އޭނާ ހަދާފައިވާ އެއްބަސްވުން ފަސް އަހަރަށް އާކޮށްފައެވެ. އެގޮތުން އޭނާގެ އެއްބަސްވުން ހަމަވާނީ 2023 ވަނަ އަހަރެވެ.

އެސްޕަނިއޯލް އާއި ސައުތްހެމްޓަންއަށް ކޯޗުކަން ކޮށްދީފައިވާ ޕޮޗެޓީނޯ ޓޮޓެންހަމްގެ ކޯޗުކަމާ ހަވާލުވީ 2014 ވަނަ އަހަރެވެ. އޭނާ ވަނީ މިހާތަނަށް އެޓީމަށް 293 މެޗުގައި ކޯޗުކަން ކޮށްދީފައެވެ. އޭގެ ތެރެއިން 159 މެޗުން އެޓީމު މޮޅުވިއިރު، 72 މެޗުން ވަނީ ބަލިވެފައެވެ. އަނެއް 62 މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން ޓޮޓެންހަމް ވަނީ ލީގް ކަޕްގެ ދެވަނަ ހޯދުމުގެ އިތުރުން މިދިޔަ ސީޒަނުގައި ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ހޯދާފައެވެ. ކުޅުންތެރިޔެއްގެ ގޮތުގައި އެސްޕަނިއޯލް އާއި ޕީއެސްޖީއަށް ކުޅެފައިވާ ޕޮޗެޓީނޯ ވަނީ އާޖެންޓީނާގެ ގައުމީ ޓީމަށްވެސް ކުޅެފައެވެ. އޭނާ ވަނީ ކުޅުންތެރިޔެއްގެ ގޮތުގައި އެސްޕަނިއޯލްއާއެކު ދެފަހަރެއްގެ މަތިން ކޮޕަޑެލްރޭ ކާމިޔާބުކޮށްފައެވެ.

އިތުރަށް ކިޔާލަން

08 ސެޕްޓެމްބަރު 2017

ހަމްސިކް ނަޕޯލީ ދޫކޮށްލަނީ..؟

08 ސެޕްޓެމްބަރު 2017
ހަމްސިކް ނަޕޯލީ ދޫކޮށްލަނީ..؟
15 ޖުލައި 2017

ޓޮޓެންހަމްގެ ކައިލީ ވޯކާ މެންޗެސްޓާ ސިޓީ އަށް ސޮއިކޮށްފި

15 ޖުލައި 2017
ޓޮޓެންހަމްގެ ކައިލީ ވޯކާ މެންޗެސްޓާ ސިޓީ އަށް ސޮއިކޮށްފި
21 ޖޫން 2017

މި ސީޒަނަށްފަހު ހަޒާޑް އަދި ކޯސްޓާ ޗެލްސީ ދޫކޮށްލަނީ!

21 ޖޫން 2017
މި ސީޒަނަށްފަހު ހަޒާޑް އަދި ކޯސްޓާ ޗެލްސީ ދޫކޮށްލަނީ!
08 ޖޫން 2017

ޔުނައިޓެޑުން އިބްރާހިމޮވިޗް ދޫކޮށްލަނީ

08 ޖޫން 2017
ޔުނައިޓެޑުން އިބްރާހިމޮވިޗް ދޫކޮށްލަނީ
30 މެއި 2017

ސްޕަލެއިޓީ ރޯމާގެ ކޯޗުކަން ދޫކޮށްލިކަން އެ ކްލަބުން ކަށަވަރުކޮށްދީފި

30 މެއި 2017
ސްޕަލެއިޓީ ރޯމާގެ ކޯޗުކަން ދޫކޮށްލިކަން އެ ކްލަބުން ކަށަވަރުކޮށްދީފި
20 މެއި 2017

އާޖެންޓީނާ ޓީމުގެ ކޯޗުކަން ވަނީ ހުށަހަޅާފައި، މިފަހަރު ރިޖެކްޓުނުކުރާނަން: ސަމްޕޯލީ

20 މެއި 2017
އާޖެންޓީނާ ޓީމުގެ ކޯޗުކަން ވަނީ ހުށަހަޅާފައި، މިފަހަރު ރިޖެކްޓުނުކުރާނަން: ސަމްޕޯލީ
02 މެއި 2017

ރޮމޭރޯ ޔުނައިޓެޑް ދޫކޮށްލަނީ!

02 މެއި 2017
ރޮމޭރޯ ޔުނައިޓެޑް ދޫކޮށްލަނީ!
02 މެއި 2017

މި ސީޒަނަށްފަހު ފެބްރިގާސް ޗެލްސީ ދޫކޮށްލަނީ!

02 މެއި 2017
މި ސީޒަނަށްފަހު ފެބްރިގާސް ޗެލްސީ ދޫކޮށްލަނީ!
26 އެޕްރީލު 2017

ޕްރިމިއާ ލީގު: ޓޮޓެންހަމްގެ އުންމީދުތަކަށް ހުރަސްއަޅާ ކޯސްޓާ ޗެލްސީ މޮޅުކޮށްދީފި

26 އެޕްރީލު 2017
ޕްރިމިއާ ލީގު: ޓޮޓެންހަމްގެ އުންމީދުތަކަށް ހުރަސްއަޅާ ކޯސްޓާ ޗެލްސީ މޮޅުކޮށްދީފި
17 އެޕްރީލު 2017

ބާރަ އަހަރަށް ފަހު ކެޕްޓަން ޖޯން ޓެރީ ޗެލްސީ ދޫކޮށްލަނީ

17 އެޕްރީލު 2017
ބާރަ އަހަރަށް ފަހު ކެޕްޓަން ޖޯން ޓެރީ ޗެލްސީ ދޫކޮށްލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު