Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދީބާޖާ އިންވެސްޓްމެންޓް

ތިން ދުވަސް ތެރޭގައި ދީބާޖާ އަށް 58 މިލިއަން ރުފިޔާ ދޭން އަންގައިފި

މި އެއްބަސްވުން ބާޠިލުކުރީ ރައީސް ވަހީދުގެ ވެރިކަމުގައި

އަލީ ސަމާޚް
އަލީ ސަމާޚް | 19 ނޮވެމްބަރު 2019 | އަންގާރަ 10:53
ދީބާޖާ އިންވެސްޓްމަންޓުގެ ފަރާތުން ކޯޓަށް ވަޑައިގެންނެވި އެ ކުންފުނީގެ ޗެއާމަން އިބްރާހިމް ރަޝީދު (ވ) އާއި އެ އަޑުހުމަށް ވަތް ބައެއް މީހުން ކޯޓު ބޭރުގައި

ދީބާޖާ އިންވެސްޓްމަންޓުގެ ފަރާތުން ކޯޓަށް ވަޑައިގެންނެވި އެ ކުންފުނީގެ ޗެއާމަން އިބްރާހިމް ރަޝީދު (ވ) އާއި އެ އަޑުހުމަށް ވަތް ބައެއް މީހުން ކޯޓު ބޭރުގައި

ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ތިން ދުވަހުގެ ތެރޭގައި 58 މިލިއަން ރުފިޔާ ދޭން ސިވިލް ކޯޓުން ބަންޑާރަ ނައިބުގެ އޮފީހަށް ފުރުޞަތުދީފި އެެވެ.

ތިން ދުވަހުގެ ތެރޭގައި ފައިސާ ދައްކަން ފުރުޞަތު ދީފައިވަނީ ސިވިލް ކޯޓުގައި ކުރިއަށްދާ ހުކުމް ތަންފީޒު މަރުހަލާގެ އަންގާރަ ދުވަހު ބޭއްވި އަޑުއެހުމުގައެވެ.

އެއްބަސްވުމަކާއި ޚިލާފުވުމުގެ ސަބަބުން ދީބާޖާ އަށް ލިބުނު ގެއްލުމުގެ ބަދަލުގައި 348.10 މިލިއަން ރުފިޔާ ދޭން ދައުލަތުގެ މައްޗަށް ހުކުމް ކޮށްފައިވަނީ މި އަހަރުގެ އެޕްރީލް މަހުއެވެ. މީގެ ކުރިން ބޭއްވި އަޑުއެހުމުގައި ސިވިލް ކޯޓުން އެދިފައިވަނީ ދީބާޖާ އަށް ދޭން ޖެހޭ ފައިސާގެ ތެރެއިން ތިން ބައިކުޅަ އެއްބައި ދެއްކުމަށެވެ. އެއީ 116 މިލިއަން ރުފިޔާއެވެ.

އަންގާރަ ދުވަހު ސިވިލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ދީބާޖާ އިންވެސްޓްމަންޓުގެ ޗެއަރމަން އިބްރާހިމް ރަޝީދު ވިދާޅުވީ، ކުންފުނީގެ ދަރަނި އެތައް ތަނަކުން ބޮޑުވެ، އެކި ގޮތްގޮތުން ފައިސާ ހޯދުމަށް ޝެއަރ ހޯލްޑަރުންވެސް ގުޅަމުންދާ ކަމަށެވެ.

އެގޮތުން 116 މިލިއަން ރުފިޔާގެ ތެރެއިން 58 މިލިއަން ރުފިޔާ 48 ގަޑިއިރު ތެރޭގައި އެކުންފުންޏަށް ދެއްކުމަށް އަމުރު ކޮށްދިނުމަށް ސިވިލް ކޯޓުގައި ބޭއްވި އެ އަޑުއެހުމުގައި އޭނާ އެދިލެއްވިއެވެ.

ދީބާޖާއަށް ބަދަލު ދޭން ކުރި ހުކުމް ތަންފީޒު ކުރުމަށް އިކޮނޮމިކް މިނިސްޓްރީގެ މައްޗަށް ހިންގާ އެ ޝަރީޢަތުގައި ދައުލަތް ތަމްސީލު ކުރެއްވި ޤާނޫނީ ވަކީލު އެދިލެއްވީ، އެ މުއްދަތަކީ ދައުލަތަށް އެންމެ ފަސޭހަ މުއްދަތަކަށް ނުވާތީވެ މުއްދަތު އިތުރުކޮށްދިނުމަށެވެ. ދީބާޖާގެ ފަރާތުން ކޯޓަށް ވަޑައިގެންނެވި އެ ކުންފުނީގެ ޗެއަރމަން އިބްރާހިމް ރަޝީދު އެއްބަސްވީ ހަތް ދުވަހުގެ މުއްދަތެއް ދިނުމަށެވެ. ދައުލަތުން ބޭނުންވީ 30 ދުވަހުގެ މުއްދަތެއް ދިނުމަށެވެ.

ދައުލަތުގެ ހުށައެޅުން ޤަބޫލުނުކުރައްވާ ދީބާޖާގެ ޗެއަރމާން ވިދާޅުވީ، އެ ކުންފުންޏަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ދައުލަތަށް އެދެން އިތުރު ފުރުސަތު ދޭން ނުފެންނަ ކަމަށެވެ.

އެ މައްސަލަ ބެއްލެވި ގާޒީ ނިންމެވީ، ސާބިތު ދަރަނީގެ މައްސަލަތަކުގައި ދެ ފަރާތުން އެއްބަސްވުމަކަށް އާދެވިފައި ނުވާއިރު، ކޯޓުން ހުށައަޅާ މުއްދަތެއްގެ ތެރޭގައި ފައިސާ ދެއްކުމަށެވެ. އެ މައްސަލައިގެ އަޑު އެހުން ނިންމާލައްވަމުން ގާޒީ ވަނީ ދައުލަތުން ދިން ދުވަހުގެ ތެރޭގައި ދީބާޖާ އަށް 58 މިލިއަން ދެއްކުމަށް ދައުލަތަށް ފުރުޞަތުދީ، ފައިސާ ނުދައްކައިފިނަމަ އަޅަން ޖެހޭ ފިޔަވަޅު އަޅަން ނިންމާނެ ކަމަށެވެ.

ދީބާޖާއަށް 348 މިލިއަން ރުފިޔާ ދައުލަތުން ދޭން ޖެހުނީ ހަތަރު އަތޮޅެއްގެ ފެރީގެ ޚިދުމަތް ދިނުމަށް ރައީސް ނަޝީދުގެ ސަރުކާރުން ވެފައިވާ އެއްބަސްވުން ރައީސް ވަހީދުގެ ސަރުކާރުގައި ބާޠިލު ކުރުމުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައެވެ. އުތުރު ޕްރޮވިންސްގައި ހިމެނޭ ނ، ރ، ބ، ޅ. އަތޮޅު ހިމެނޭ ގޮތަށް ފެރީގެ ޚިދުމަތް ދިނުމަށް އުފެއްދި ދީބާޖާއަކީ ރެޒޮނަންސް ޕްރައިވެޓް ލިމިޓެޑާއި ސްވެނިއަރ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ގުޅިގެން އުފައްދާފައިވާ ޖޮއިންޓްވެންޗަރ ކުންފުންޏެކެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު