Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދެ ފަނޑިޔާރު ވަކިކުރުން

އުއްތަމަ ފަނޑިޔާރު ވަކިކުރަން ޖޭޕީގެ ހުރިހާ މެމްބަރުން ވޯޓު ދެއްވިއިރު، ގާސިމް ވޯޓެއް ނުދެއްވި!

އުއްތަމަ ފަނޑިޔާރު ޑރ. ޑީޑީ އާގުޅޭ 18 މައްސަލައެއް، ފަނޑިޔާރު އާދަމް މުހައްމަދާ ގުޅޭ 16 މައްސަލައެއް ޖޭއެސްސީން ބެލި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 19 ނޮވެމްބަރު 2019 | އަންގާރަ 10:32
މާމިގިލި ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު، މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމް

މާމިގިލި ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު، މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމް

އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދު ﷲ ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުގައި ސަރުކާރު ކޯލިޝަންގެ ބައިވެރިޔާ، މާމިގިލި ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވޯޓު ނުދެއްވި އެވެ.

އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަގާމުން ވަކިކުރަން، ސަރުކާރު ކޯލިޝަނުގައި ހިމެނޭ މެމްބަރުންގެ ތެރެއިން، ވޯޓުގައި ބައިވެރިވެ، ވޯޓު ދެއްވާފައި ނުވަނީ ވެސް ގާސިމް އެކަންޏެވެ. އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން ވަކިވަކިން ނެގި ދެ ވޯޓުގައި ވެސް ގާސިމް ފިޔަވައި، ޖުމްހޫރީ ޕާާޓީއަށް ނިޞްބަތްވާ ހުރިހާ މެމްބަރުން ބައިވެރިވެވަޑައިގެން ވޯޓު ދެއްވާފައިވަނީ އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރުމަށެވެ. މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގައި ޖުމްހޫރީ ޕާޓީއަށް ނިޞްބަތްވާ 5 މެމްބަރު ތިއްބަވައެެވެ.

Advertisement - newsAdvertisement

މަޖިލީހުގެ ހިމެނޭ ވަކިޕާޓީއަކަށް ނިޞްބަތް ނުވާ، މެމްބަރުންގެ ތެރެއިން، އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން ވޯޓު ދެއްވާފައިވަނީ ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމާއި، ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ އާއި ،ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހީމް ނަސީމާއި، ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހުސިން ހަމީދުގެ އިތުރުން ވިލިގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން އެވެ.

ވަކި ސިޔާސީ ޕާޓީއަކަށް ނިޞްބަތް ނުވިނަމަވެސް މިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު، ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ވަކިގޮތަކަށް ވޯޓު ދެއްވާފައި ނުވާއިރު، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވެސް ވަކި ގޮތަކަށް ވޯޓު ދެއްވާފައި ނުވެއެވެ.

އިދިކޮޅު ޕީޕީއެމް ކޯލިޝަންގައި ހިމެނޭ ޕީޕީއެމާއި ޕީއެންސީ ކޯލިޝަނުގެ އެއްވެސް މެމްބަރަކު އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން ވޯޓު ދެއްވާފައެއް ނުވެއެވެ. މަޖިލީހުގައި ޕީޕީއެމަށް ނިޞްބަތްވާ ފަސް މެމްބަރުން ތިއްބަވާއިރު، ޕީއެންސީއަށް ނިޞްބަތްވާ 3 މެމްބަރުން ތިއްބަވަ އެވެ.

ސަން ސިޔާމްގެ އެމްޑީއޭއަށް ނިޞްބަތްވާ ދ. މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމު މުހައްމަދު ޖަލްސާގައި ބައިވެރިވެވަޑައި ނުގަންނަވާއިރު، ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރު ވޯޓު ދެއްްވީ އެ ދެ ފަނޑިޔާރުން މަގާމުން ވަކި ކުރުމާ ދެ ކޮޅަށެވެ.

ސަރުކާރާއި ސަރުކާރު ކޯލިޝަންގެ މައިޕާޓީ އެމްޑީޕީއާ ގުޅިގެން، ޖުޑީޝަރީ އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ޖުމްހޫރީ ޕާޓީއަކީ ސަރުކާރު ކޯލިޝަނުގައި އޮވެ، ބައެއް ފަހަރު ސަރުކާރާ ދެކޮޅަށް ބައެއް ނިންމުންތައް ނިންމަމުންދާ ޕާޓީ އެކެވެ.

އުއްތަމަ ފަނޑިޔާރު ޑރ އަހްމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ފަނޑިޔާރު ކަމުން ވަކިކުރަން ގާސިމް ވޯޓު ދެއްވާފައިނުވާއިރު، ސުޕްރީމް ކޯޓުގެ ބައެއް ނިންމުންތަކުން ޖުމްހޫރީ ޕާޓީއާއި ގާސިމް ވިލާ ކުންފުންޏަށް ބޮޑެތި މަންފާތަކެއް ލިބޭ މައްސަލަތަކެއް ލިބޭގޮތަށް ބައެއް ބޮޑެތި ނިންމުންތައް ނިންމާފައި ވެއެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް ނަޝީދުގެ ވެރިކަން ވައްޓާލުމަށް ކުރި މަސައްކަތްކަތުގައި ގާސިމުގެ ދައުރު ބޮޑުއިރު، ޖެހިގެން އައި 2013 ރިޔާސީ އިންތިޚާބު ބާޠިލު ކުރަން ޖުމްހޫރީ ޕާޓީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން ސުޕްރީމް ކޯޓުން ވަނީ އެ އިންތިޚާބު ބާޠިލު ކޮށްފަ އެވެ. ގާސިމުގެ ވިލާ ކުންފުނީގެ ހިއްސާ އޮންނަ ވޯލްޑް ލިންކް ޓްރެވަލްސް (ޑަބްލިއު އެލްޓީ) އަށް 130 މިލިއަން ރުފިޔާ ދައްކަން މިއަހަރުގެ ތެރޭގައި ހުކުމް ކޮށްފައިވާކަން ފާހަގަ ކޮށްލެވެއެވެ.

އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ، ފަނޑިޔާރުކަމުން ވަކިކުރުމަށް ފާސްކޮށްފައިވަނީ ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 69 މެމްބަރުންގެ ވޯޓާއިއެކުއެވެ. މަގާމުން ވަކިކުރަން ނުފެންނަ ކަމަށް 9 މެމްބަރުން ވޯޓު ދެއްވާފައިވެއެވެ.

އުއްތަމަ ފަނޑިޔާރު ޑރ. އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ނިންމީ، އެ ދެ ފަނޑިޔާރުންނާ ގުޅޭ މައްސަލަތަކަކާ ގުޅިގެން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން އެ ދެ ފަނޑިޔާރުން ވަކިކުރަން ނިންމާފައިވާ ނިންމުން، މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވެސް ޖޭއެސްސީގެ އެނިންމުން ދިރާސާކުރުމަށްފަހު، ޖޭއެސްސީގެ ނިންމުން ރަނގަޅުކަމަށް ނިންމާ، މަޖިލީހުގެ ޖަލްސާއަށް އެރިޕޯޓް ހުށަހެޅުމުން ނެވެ.

އުއްތަމަ ފަނޑިޔާރު ޑރ. އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު ފަނޑިޔާރުކަމުން ވަކިކުރުމަށް ޖޭއެސްސީން ނިންމާފައިވާ އެނިންމުމާއި ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީއަށް މަތިކޮށްފައިވާ ހަމައެކަނި ކަމަކީ، ޖޭއެސްސީން އެ ނިންމުން ނިންމާފައިވަނީ ޤާނޫނާއި ޤަވާއިދާ އެއްގޮތަށް ކަނޑައެޅިފައިވާ އިޖުރާޢަތުތަކާ އެގޮތަށްތޯ ބެލުން އެކަންޏެވެ. އެހެންކަމުން ޖުޑީޝަރީ ކޮމެޓީއަށް އެރިޕޯޓް ހުށަހެޅުމާއެކު އެކޮމެޓީން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެމްބަރުންވެސް ވިދާޅުވީ އުއްތަމަ ފަނޑިޔާރު ޑރ. އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު ފަނޑިޔާރު ކަމުން ވަކިކުރުމަށް ޖޭއެސްސީން ނިންމާފައިވަނީ ޤާނޫނާއި ޤަވާއިދާ އެއްގޮތަށް، އަދި ކަނޑައެޅިފައިވާ އިޖުރާޢަތާ އެއްގޮތަށް ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ

!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ

11 ފެބުރުއަރީ 2017
ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުން: ބެންކޮކް ދަތުރު، ފައިސާގެ އިނާމު، މަޖުބޫރު!

ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުން: ބެންކޮކް ދަތުރު، ފައިސާގެ އިނާމު، މަޖުބޫރު!

10 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ

މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ

09 ފެބުރުއަރީ 2017
 ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި

ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި

09 ފެބުރުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު