Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެޗްއާރްސީއެމް

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ބިލާއި، ކުޑަކުދިންގެ ޢަދުލުގެ ބިލު ފާސްވުމަކީ ކުރިއެރުމެއް: އެޗްއާރްސީއެމް

19 ނޮވެމްބަރު 2019 | އަންގާރަ 07:07

ދިވެހިރާއްޖޭގައި ކުޑަކުދިންނަށްކުރާ އަނިޔާގެ ގިނަ މައްސަލަތަކެއް ދައުލަތުގެ އިދާރާތަކަށް ހުށައެޅިފައިވޭ

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 19 ނޮވެމްބަރު 2019 | އަންގާރަ 07:07
ސްކޫލް ދަރިވަރުންތަކެއް

ސްކޫލް ދަރިވަރުންތަކެއް

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ބިލާއި، ކުޑަކުދިންގެ ޢަދުލުގެ ބިލު ފާސްވެގެންދިއުމަކީ ދިވެހިރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވިސް އިން ބުނެފިއެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރާ ދުވަސް 2019 ފާހަގަކުރުމަށް ނިންމާފައިވާކަން މީޑިއާއަށް ހާމަކޮށް އެޗްއާރްސީއެމްއިން ބުނެފައިވަނީ، ކުޑަކުދިންނަށްކުރާ އަނިޔާއާ ދެކޮޅަށް ބައިނަލްއަޤްވާމީ ފެންވަރުގައި މިފަދަ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ، ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކުޑަކުދިންނަށްކުރާ އަނިޔާއާ މެދު އާންމުން ހޭލުންތެރިކޮށް، ކުޑަކުދިންނަށް ހިމާޔަތާއި ރައްކާތެރިކަން ދިނުމަށް ބާރުއެޅުމާއި އަނިޔާއިން ކުޑަކުދިން ސަލާމަތްކުރުމަށް ކުރަމުންދާ މަސައްކަތް ހަރުދަނާކުރުންކަމަށެވެ.

Advertisement - newsAdvertisement

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ބިލާއި، ކުޑަކުދިންގެ ޢަދުލުގެ ބިލު ފާސްވެގެންދިއުމަކީ ދިވެހިރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަން ފާހަގަކޮށް އެޗްއާރްސީއެމްއިން ވިދާޅުވީ އެއީ ދިވެހިރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް އެޅުނު ހެޔޮ ބިންގަލެއްކަމުގައެވެ.

ދުވަހާ ގުޅޭ ގޮތުން ނެރެފައިވާ ބަޔާނުގައި ވަނީ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ދިވެހިރާއްޖޭގައި ކުޑަކުދިންނަށްކުރާ އަނިޔާގެ ގިނަ މައްސަލަތަކެއް ދައުލަތުގެ އިދާރާތަކަށް ހުށައެޅިފައިވާކަން ފާހަގޮށްފައެެވެ. އެގޮތުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށް ހުށައެޅޭ މައްސަލަތަކުގެތެރޭގައި އާއިލާގެ ފަރާތުންވާ އިހުމާލާއި، ކުޑަކުދިންނަށް ލިބޭ ނަފްސާނީ އަދި ޖިސްމާނީ އަނިޔާއާއި، އާއިލާގެ ފަރާތުންނާއި ނުދަންނަ ފަރާތްތަކުން ކުރާ ޖިންސީ އަނިޔާގެ މައްސަލަތައް ހިމެނޭކަމަށް ބަޔާނުގައިވެއެވެ. މީގެއިތުރުން ދައުލަތުގެ މުއައްސަސާތަކުންވާ އިހުމާލާއި، ކުޑަކުދިންނަށް ގޯނާކުރާކަމަށް ބުނެ ހުށަހަޅާ މައްސަލަތައް ހިމެނޭކަމަށްވެސް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ކުޑަކުދިންނަށްކުރާ އަނިޔާ ހުއްޓުވައި، އެކިއެކި ކުށްތަކުގައި ހައްޔަރުކުރެވޭ ކުޑަކުދިން ބަންދުގައި ތިބޭ ބޮޑެތި މީހުންނާ ވަކިން ބައިތިއްބާނެ އިންތިޒާމް ހަމަޖައްސަންޖެހޭކަން ފާހަގަކޮށް އެޗްއާރްސީއެމް އިން ބުނެފައިވަނީ ޤާނޫނާ ޚިލާފު ޢަމަލުތަކަށް ހުށަހެޅޭ ކުދިންނާއި، ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިން ކުށުގެ ވެއްޓާ ދުރުހެލިކޮށް، އެކުދިން ހެޔޮގޮތުގައި އަނބުރާ މުޖުތަމަޢުއަށް ގެނައުމަށް ކަނޑައެޅިފައިވާ ނިޒާމު އިތުރަށް ހަރުދަނާ ކުރަންޖެހިފައިވާކަން ފާހަގަކޮށްފަ އެވެ. އަދި އަނިޔާ ލިބޭ ކުދިންނަށް ބޭނުންވާ ނަފުސާނީ އެހީތެރިކަން ފަސޭހައިން ލިބޭނެ އިންތިޒާމްތައް ހަމަޖައްސައިދިނުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް އިލްތިމާސްކުރާކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން، ކުޑަކުދިންނަށް އަނިޔާކޮށްގެން ހުށަހަޅާ މައްސަލަތަކުގައި ތަޙުޤީޤު މަރުޙަލާ ލަސްވެ، މައްސަލައިގެ ހެކިގެއްލި، އިންސާފު ހޯދައިދިނުމަށް ހުރަސްއެޅޭކަން ފަހަގަކޮށްފައިވާއިރު، އަނިޔާގެ ޝިކާރައަކަށްވެފައިވާ ކުދިންނަށް އިންސާފު ނުލިބޭ މައްސަލަތައް މުރާޖަޢާކޮށް، މިފަދަ މައްސަލަތަކަށް ހައްލު ހޯދޭނެ ގޮތްތައް ޤާއިމުކޮށް، އަނިޔާގެ ޝިކާރައަކަށްވެފައިވާ ކުދިންނަށް އިންސާފު ހޯދައިދިނުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް އެޗްއާރްސީއެމްއިން ވަނީ ބުނެފައެވެ.

ކުޑަކުދިންނަކީ ޤައުމުގެ މުސްތަޤްބަލުކަމަށްވީ ހިނދު އަނިޔާއިން ކުޑަކުދިން ރައްކާތެރިކޮށް، އެކުދިންނަށް ލިބެންވާ ލޯތްބާއި، އަޅާލުމާއި، ރައްކާތެރިކަން ދިނުމަކީ މުޖުތަމަޢުގެ ކޮންމެ ފަރުދެއްގެ ޒިންމާއެއްކަމަށްދެކި، އެކުދިންނަށް ރައްކާތެރިކަންދިނުމަށް މައިންބަފައިން އަދި މުޖުތަމަޢުއިން މިހާރަށްވުރެ ހަރުދަނާ މަސައްކަތްތަކެއްކުރުމަށް އެންމެހާ ފަރާތްތަކަށް އެޗްއާރްސީއެމްއިން ވަނީ އިލްތިމާސްކޮށްފައެވެ. މީގެއިތުރުން، ކުޑަކުދިންނަށް ކުރާއަނިޔާ ހުއްޓުވުމަށްޓަކައި ދައުލަތުގެ ކަމާގުޅުންހުރި މުއައްސަސާތަކާއި، މަދަނީ ޖަމްޢިއްޔާތަކާއި މީޑިއާއިން މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރުމަށް އެ ފަރާތުން ވަނީ އިލްތިމާސްކޮށްފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2017

ޙައްޤުތައް ނިގުޅައިގެންފައިވުމަކީ މަޢާފުކުރެވޭނެ ކަމެއް ނޫން: ރައީސް މައުމޫން

10 ޑިސެމްބަރު 2017
ޙައްޤުތައް ނިގުޅައިގެންފައިވުމަކީ މަޢާފުކުރެވޭނެ ކަމެއް ނޫން: ރައީސް މައުމޫން
02 ސެޕްޓެމްބަރު 2017

ކުޑަކުދިންގެ ބަގީޗާ ގައި "ޖަނަވާރުތައް" ކަމަށް ބުނެ ބެހެއްޓި ތަކެތި މީހުންގެ މަލާމާތަށް ފަހު ކޮށިން ނެރެފި

02 ސެޕްޓެމްބަރު 2017
ކުޑަކުދިންގެ ބަގީޗާ ގައި "ޖަނަވާރުތައް" ކަމަށް ބުނެ ބެހެއްޓި ތަކެތި މީހުންގެ މަލާމާތަށް ފަހު ކޮށިން ނެރެފި
01 ސެޕްޓެމްބަރު 2017

މަރާމާތައް ފަހު ކުޑަކުދިންގެ ބަގީޗާ މިއަދު ހުޅުވަނީ

01 ސެޕްޓެމްބަރު 2017
މަރާމާތައް ފަހު ކުޑަކުދިންގެ ބަގީޗާ މިއަދު ހުޅުވަނީ
20 ޖޫން 2017

ދިރާގުން ކުޑަކުދިންގެ ހިޔާގެ ކުދިންނަށް ހާއްސަ ހަދިޔާތަކެއް

20 ޖޫން 2017
ދިރާގުން ކުޑަކުދިންގެ ހިޔާގެ ކުދިންނަށް ހާއްސަ ހަދިޔާތަކެއް
18 މެއި 2017

މިއަހަރުގެ ހަތަރު މަހުގައި ކުޑަކުދިންގެ 171 މައްސަލަ ހުށަހެޅިފައިވޭ: ޖެންޑަރ މިނިސްޓްރީ

18 މެއި 2017
މިއަހަރުގެ ހަތަރު މަހުގައި ކުޑަކުދިންގެ 171 މައްސަލަ ހުށަހެޅިފައިވޭ: ޖެންޑަރ މިނިސްޓްރީ
10 މެއި 2017

ސްކޫލުތަކުގައި ކުޑަކުދިންގެ ދުވަސް ފާހަގަކޮށްފި

10 މެއި 2017
ސްކޫލުތަކުގައި ކުޑަކުދިންގެ ދުވަސް ފާހަގަކޮށްފި
23 މާރިޗު 2017

ރައްޔިތުންގެ ޙައްޤުތައް އެންމެ ބޮޑަށް ކަތިލީ މި މަޖިލީހުން: ޙުސެއިން އަރީފް

23 މާރިޗު 2017
ރައްޔިތުންގެ ޙައްޤުތައް އެންމެ ބޮޑަށް ކަތިލީ މި މަޖިލީހުން: ޙުސެއިން އަރީފް
13 މާރިޗު 2017

އިންސާނީ ޙައްޤުތައް ޤާއިމްކޮށް، ކޮމަންވެލްތާއި އަލުން ގުޅެންޖެހޭ: ރައީސް ނަޝީދު

13 މާރިޗު 2017
އިންސާނީ ޙައްޤުތައް ޤާއިމްކޮށް، ކޮމަންވެލްތާއި އަލުން ގުޅެންޖެހޭ: ރައީސް ނަޝީދު
02 މާރިޗު 2017

ޙައްޤުތައް ނިގުޅައިގަތުމަށް ޤައުމީ ކަމެކޭ ނުކިޔޭނެ: މައުމޫން ފެކްޝަން

02 މާރިޗު 2017
ޙައްޤުތައް ނިގުޅައިގަތުމަށް ޤައުމީ ކަމެކޭ ނުކިޔޭނެ: މައުމޫން ފެކްޝަން
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް