Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓު

އިދިކޮޅުން ފާޑުފާޑުގެ ވާހަކަ ދައްކަނީ ހޯދި ކުރިއެރުން ހަޖަމް ނުވެގެން

ސަރުކާރުން އަންނަނީ ވީ ވައުދުތައް ފުއްދައި ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް, ރާއްޖެ އެމްވީ | 20 ނޮވެމްބަރު 2019 | ބުދަ 15:06
ގުޅީފަޅު: ޕޯޓް ބަދަލުކުރުމުން މުޅި މާލޭގެ މަލަމަތި ބަދަލުކޮށްލާނެ

ގުޅީފަޅު: ޕޯޓް ބަދަލުކުރުމުން މުޅި މާލޭގެ މަލަމަތި ބަދަލުކޮށްލާނެ

ސިޔާސީ މީހުންނަކީ ޒާތެއްގެ ބަޔެކެވެ. އެއިރެއްގައި ވެރިކަމުގައި ތިބޭ ބަޔަކު ކުރާ ކިތަންމެ ރަނގަޅު ކަންކަންވެސް، އިދިކޮޅުގައި ތިބެއްޖެ ނަމަ ފެންނާނީ މުޅިން ނުރަނގަޅު ކޮށެވެ. މިކަމަށް ސިޔާސީ މީހުންގެ ނަޒަރިއްޔާތޭ ކިޔަމާ ހިނގާށެވެ. އަބަދުވެސް މަސައްކަތް ކުރާނީ، އެއިރެއްގައި އޮތް ސަރުކާރަކީ، ވެރިކަމުގައި ބައިތިއްބަން ހެޔޮ ވާވަރުގެ ބަޔަކު ނޫންކަމަށް ދެއްކުމަށެވެ. ޒިންމާދާރު ކުރުމުގެ ނަމުގައި މުޅިންވެސް މަސައްކަތް ކުރަނީ އަވަހަށް ވެރިކަމަށް އާދެވޭނެ މަގެއް ފަހިވޭތޯއެވެ. މިއީ ހަމައެކަނި މި ރާއްޖޭގެ ސިޔާސީ ހާލަތެއް ނޫނެވެ. މިއީ ކިތަންމެ ތަހުޒީބަކަސް، ދުނިޔޭގެ ގިނަ ގައުމުތަކުގެ ސިޔާސީ މަޝްރަހުގެ ހަގީގަތެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަކަށް އަހަރެއް ވެފައިވާ އިރު، މި ސަރުކާރުން އެޅި ވަރުގެ ބިންގަލެއް އަދި މި ރާއްޖޭގައި ވެރިކަން ކުރި އެއްވެސް ބަޔަކަށް އެޅިފައި ނެތެވެ. މިހެން މި ދަންނަވަނީ ބަޔަކަށް ސަނާ ކިޔުމުގެ ނިޔަތުގައެއް ނޫނެވެ. މިއީ ހަމަ ސަރުކާރުން ކުރި މަސައްކަތްތަކާއި، ސަރުކާރުގެ މިސްރާބު ހުރިގޮތަށް ބުރަވެ ފާޅުކުރާ ޝުއޫރެކެވެ. ސިޔާސީ ނަޒަރިއްޔާތުން އެއްކިބާވެ، ފަރުދީ ނަޒަރިއްޔާތުން ވިސްނާއިރު ސަރުކާރުގެ މިސްރާބު ހުރީ ރައްޔިތުން ބޭނުންތައް ފުއްދައިދިނުމަށް ކަމާއި މެދު ޝައްކެއްވެސް ނެތެވެ.

ކޮންމެ ސަރުކާރަކުންވެސް، ވެރިކަމަށް އަންނަނީ ކޮށްދޭނެ އެތައް ކަމެއްގެ ވައުދާ އެކުގައެވެ. މި ކޯލިޝަން ސަރުކާރުވެސް އައީ ރައްޔިތު މީހާ ގާތަށް ގޮސް، އެ ރައްޔިތު މީހާ ބޭނުންވާ ކަންކަމުގެ ދިރާސާއެއް ހެދުމަށް ފަހު އެކަންކަން ކޮށްދޭނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެމުންނެވެ. އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ، ވެރިކަމަށް އައުމަށް ފަހު 100 ދުވަހުގެ ވައުދުތަކެއް ވެފައެވެ. އޭގެ ތެރެއިން ގިނަ ވައުދުތަކެއް ފުއްދަވައި ދެއްވިއެވެ. ހުރިހާ ކަމެއް ފުއްދާ ނިންމައިފިއޭ ބުނޭ ދޮގު ހަދާކަށް ނެތީމެވެ. ކަންކަން ނުވެ އެބަހުއްޓެވެ.

ކަންކަން ނުފެށި އޮތަސް، މިއަދުގެ ސަރުކާރު މަޖިލީހުގެ ޖަވާބުދާރީ ކުރެވެއެވެ. މީޑިއާގައި މައުލޫމާތު ހާމަކުރެއެވެ. ނުރަނގަޅު ކަންކަން ހިނގާނަމަ، އެކަމަށް ހާއްސަ ކުރެވިފައިވާ މުއައްސަސާއަކަށް އެކަންކަން ބެލެއެވެ. ހާމަކުރަން ބޭނުންވާ ޝުއޫރެއް އޮތް ނަމަ، އެކަންވެސް ބިރުވެރި ކަމެއް ނެތި ކުރެވެއެވެ. މި ސަރުކާރުގެ ޅަފަތުގައި މިކުރާހާ ކަންކަމުން ރައްޔިތުންނަށް ލިބިފައިވާ އުއްމީދު ބޮޑެވެ. އަދި ފުރާވަރަށް އަޅާލީމަ، ކުރާނެ ކަންކަމާއި މެދު އަންދާޒާ ކޮށްލަން ރައްޔިތުންނަށް ދޫކޮށްލާނަމަވެ.

ސަރުކާރުން ވަނީ ކުރިޔަށް އޮތް ހަތަރު އަހަރު ދުވަހު، ސަރުކާރު ހިންގާނެ ގޮތުގެ ޕްލޭން ރައްޔިތުންނާ ހަމައަށް ގެނެސްދީފައެވެ. އެ މަގުން ކަންކަން ނުހިނގާނަމަ، ހަމަ ޔަގީނުންވެސް ޖަވާބުދާރީ ކުރެވޭނެ އެއް ނޫންތޯއެވެ. މިއީ ސަރުކާރެއް ހިންގަން ޖެހޭނެ ގޮތެވެ. ސަރުކާރުން ކަންކަން ކޮށްދޭން ވާނީވެސް، ރައްޔިތުންނަށް ކޮށްދޭނީ ކޮން ކަންތައްތަކެއް ކޮން ގޮތަކަށްކަން އަންގައިގެނެއް ނޫންތޯއެވެ؟

އެއްކަލަ ސިޔާސީ ނަޒަރިއްޔާތުން ވިސްނާ އިރު، މިއިން އެއް ކަމެއް ކޮށްދޭ ކަމަކަށްވެސް ނުވެއެވެ. ކުރާ އެންމެ ރަނގަޅު ކަމެއް ނުފެންނަ އިރު، ރައްޔިތުން ބަލައިގަންނަ ކަންކަމަށްވެސް ގިނަ ފަހަރު ހަޖޫ ޖެހުން ނޫންކަމެއް ނުކުރެއެވެ. ސްކޫލް ކުދިންނަށް ފޯރުކޮށްދޭ ހެނދުނުގެ ނާސްތާ ޕްރޮގްރާމް ހެއްކަކަށް ފުދެއެވެ. އިލްމީ ކަރުދާހެއް ކިޔައިފި ކަމުގައި ވަނީ ނަމަ، މިކަމަށް ތައުރީފް ކުރުން ނޫން ކަމެއް ނުކުރާނެކަން ޔަގީނެވެ. ހަމަ އެހެން އެތައް ކަމެކެވެ. ކަމެއް ކޮށްފިއްޔާމުން ދެން ފާހަގަކުރަނީ ނުވެހުރި ހުރިހާ ކަމެކެވެ. ބިނާކުރަނިވި ފާޑުކުރުމެއް ރައްދު ވަނީ މަދު ފަހަރެކެވެ.

ރަނގަޅު ކުރަންޖެހޭ ކަންކަންވެސް އެބަ ހުއްޓެވެ. ހާމަކަންވެސް ބޮޑުވާން އެބަޖެހެއެވެ. އަދި ކަންކަން ކުރުމުގައި ރައްޔިތުންގެ ލަފަޔާއި، އިރުޝާދު ހޯދުންވެސް މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި ކުރަން އެބަ ޖެހެއެވެ. ރައްޔިތުންގެ ކަންބޮޑުވުންތަކަށް އިޖާބަދީ އެކަންކަމަށް ހައްލު ހޯދަައިދޭން ޖެހެއެވެ. އެކަމަކު، މިވަރުގެ ފުރިހަމަ އެއް އަހަރު ހަމަކުރި ސަރުކާރެއް އަދި މި ރާއްޖޭގައި ވެރިކަން ނުކުރާ ކަމީ ގިނަ ބަޔަކު ގަބޫލުކުރާ ހަގީގަތެކެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

 ޑިޕްރެޝަންގެ ވާހަކަ ދައްކަމާ!

ޑިޕްރެޝަންގެ ވާހަކަ ދައްކަމާ!

08 އެޕްރީލު 2017
އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން

އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން

07 އެޕްރީލު 2017
ދެއްކެނީ ކޮން ވާހަކައެއް، ނުދެއްކެނީ ކޮން ވާހަކަ ހެއްޔެވެ؟

ދެއްކެނީ ކޮން ވާހަކައެއް، ނުދެއްކެނީ ކޮން ވާހަކަ ހެއްޔެވެ؟

01 އެޕްރީލު 2017
މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ

މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ

30 މާރިޗު 2017
މީ ދައްކަން ވެއްޖެ ވާހަކައެކެވެ. ނުދައްކާ ވާކަށް ނެތެވެ.

މީ ދައްކަން ވެއްޖެ ވާހަކައެކެވެ. ނުދައްކާ ވާކަށް ނެތެވެ.

24 މާރިޗު 2017

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު