Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރަސްދޫ ފުޓުބޯޅަ އެކަޑަމީ

ރަސްދޫ ފުޓުބޯޅަ އެކަޑަމީއާއެކު ޒުވާން ޖީލަށް އާ ދިރުމެއް!

ރަސްދޫ ފުޓުބޯޅަ އެކަޑަމީ ވުޖޫދަށް އައިސްފައިވަނީ 09 ސެޕްޓެމްބަރ 2017 ވަނަ އަހަރު

ލީވާން އަލީ
ލީވާން އަލީ | 18 ނޮވެމްބަރު 2019 | ހޯމަ 11:28
ރަސްދޫ ފުޓުބޯޅަ އެކަޑަމީއަށް ދެ އަހަރު ފުރުން ފާހަނގަކުރުން

ރަސްދޫ ފުޓުބޯޅަ އެކަޑަމީއަށް ދެ އަހަރު ފުރުން ފާހަނގަކުރުން

ޒުވާނުންގެ އާބާދީ ބޮޑު އއ. ރަސްދޫ ގައި ކުރި އަރަމުން އަންނަ ގިނަ ފުޓުބޯޅަ ކުޅުންތެރިން އެބަ ތިއްބެވެ. އެ ޒުވާން ކުޅުންތެރިން ތަމްރީނު ވަމުން އަންނަނީ މީގެ ދެ އަހަރު ކުރިން އުފެދުނު ރަސްދޫ ފުޓުބޯޅަ އެކަޑަމީންނެވެ.

ރަސްދޫ ފުޓުބޯޅަ އެކަޑަމީ ވުޖޫދަށް އައިސްފައިވަނީ 09 ސެޕްޓެމްބަރ 2017 ވަނަ އަހަރެވެ. އެ އެކަޑަމީ އުފެއްދީ ރަށުގައި ފުޓުބޯޅަ ދިރުވައި އާލާކުރުމުގެ އިތުރުން ހުނަރުވެރި ފުޓުބޯޅަ ކުޅުންތެރިން އުފެއްދުމަށެވެ. އަދި ޅަފަތުގައި ކުދިންނަށް ފުޓުބޯޅަ ކުޅުމުގެ ފުރުޞަތު ހޯދައި ދިނުމުގެ އިތުރުން އެ ކުދިންގެ މެދުގައި އެއްބައިވަންތަކަން އުފެއްދުމަކީވެސް އެކަޑަމީ އުފެއްދި އެއް އަމާޒެވެ.

ރަސްދޫ ފުޓުބޯޅަ އެކަޑަމީ ވުޖޫދަށް ގެނައުމަށް އެންމެ އިސް ދައުރެއް އަދާކޮށްފައިވަނީ ކުރީގެ ކުޅުންތެރިޔާ އަދި ކޯޗު އިސްމާއިލް އާސިފް (ކުޑަ ހީނާ) އެވެ. އެގޮތުން އެކަޑަމީގެ ފަންނީ ހުރިހާ ކަމެއް މިހާރުވެސް ކުޑަ ހީނާގެ ބެލުމުގެ ދަށުން ކުރިޔަށްދާއިރު، ލިބޭ ޗުއްޓީ ތަކުގައި އޭނާ ރަސްދޫއަށް ގޮސް އެކަޑަމީގެ ކުދިން މޮނިޓަރ ކޮށް އެ ކުދިން ކުރިއަރާ މިންވަރު ވަޒަންކޮށް އަދި އިތުރަށް ކުދިން ކުރިއަރުވަން ބޭނުންވާ ތަމްރީނުތައްވެސް ކުރިޔަށް ގެންދެއެވެ.

ރަސްދޫ ފުޓުބޯޅަ އެކަޑަމީއަށް މިދިޔަ ސެޕްޓެމްބަރ މަހު ދެ އަހަރު ފުރިފައިވާއިރު، ދެއަހަރު ފުރުން ފާހަނގަ ކުރުމުގެ ގޮތުން ފުޓުބޯޅަ ފެސްޓިވަލެއް ވަނީ ބާއްވާފައެވެ. އެކަޑަމީގައި ހަ އަހަރުން ފެށިގެން 12 އަހަރުން ދަށުގެ އުމުރުފުރާގެ ކުދިންނަށް ބައިވެރިވެވޭއިރު، ރަސްދޫ ފުޓުބޯޅަ އެކަޑަމީން ހޮވާލެވުނު ޓީމަކާއި، މާލޭގެ އަރލީ ޓަޗް ފުޓުބޯޅަ އެކަޑަމީ (އީޓީއެފްއޭ) އާއެކު ވަނީ ރަހުމަތްތެރިކަމުގެ މެޗެއް ކުޅެފައެވެ. މިއީ އެ އެކަޑަމީއަށް ދެ އަހަރު ފުރުމުގެ ގޮތުން ރަސްދޫގައި ބޭއްވި ރަހުމަތްތެރިކަމުގެ މެޗެކެވެ. މި މެޗު 1-2 ގެ ނަތީޖާއިން ކާމިޔާބުކުރީ އީޓީއެފްއޭ އެވެ.

މި މެޗުގައި ރަސްދޫ ފުޓުބޯޅަ އެކަޑަމީން މޮޅު ކުޅުމެއް ދެއްކި އިރު، ފުރަތަމަ ހާފުގައި އެޓީމުން ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުޞަތުތައް ހޯދާފައެވެ. އަދި އެޓީމުން ކުޅުނީ ޕާސިންގ ރީތި ގޭމެކެވެ.

ނަމަވެސް ދެވަނަ ހާފުގައި އީޓީއެފްއޭއިން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. އެ ލަނޑާއެކު ރަސްދޫ ފުޓުބޯޅަ އެކަޑަމީން ވަނީ ކުޅުން އިތުރަށް ވަރުގަދަކޮށް ނަތީޖާ ހަމަހަމަ ކޮށްފައެވެ. ރަސްދޫ ފުޓުބޯޅަ އެކަޑަމީން ރަނގަޅަށް ކުޅެމުން ދަނިކޮށް އީޓީއެފްއޭ އިން ވަނީ ލީޑު އަނބުރާ ހޯދާފައެވެ. މި މެޗު ބެލުމަށް ރަސްދޫގެ ގިނަ އަދަދެއްދެ ރައްޔިތުން ދަނޑު ހިމެނޭ ސަރަހައްދަށް ޖަމާވިއެވެ.

މި މެޗުގެ ޝަރަފުވެރި މެހެމާނަކަށް ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒެއިން ބައިވެރިވިއިރު، ތޮއްޑޫ ދާއިރާގެ މެމްބަރ ހަސަން ޝިޔާނުވެސް މެޗު ބައްލަވާލެއްވުމަށް އެ ރަށަށް ވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސުޒެއިން ބުނީ، ރަސްދޫ ފުޓުބޯޅަ އެކަޑަމީއަކީ އެ ރަށުގެ ކުދިންނަށް އަދި ބެލެނިވެރިންނަށް ވަރަށް ބުރަ މަސައްކަތެއް ކޮށްދޭ ބައެއް ކަމަށެވެ. އަދި އެކަޑަމީއަށް ލިބިފައިވާ އެންމެ ބޮޑު ނަސީބަކީ ރާއްޖޭގައި ޓެކްނިކަލް ޑެވެލޮޕްމެންޓުން ފެނުނު އެންމެ މޮޅު ކޯޗު ކުޑަ ހީނާގެ ލަފައާއި އިރުޝާދު ލިބުންކަން ސުޒެއިން ވަނީ ފާހަގަކޮށްފައެވެ.

ސުޒެއިން ބުނީ، ކުޑަ ހީނާ ކޮށްދެމުން އަންނަ މަސައްކަތަށް ޝުކުރު ހައްގުވާ ކަމަށާއި، ރަނގަޅު ވަސީލަތެއް ނެތި ދެ އަހަރު ތެރޭގައި ރަސްދޫ ފުޓުބޯޅަ އެކަޑަމީން ތަފާތު ފެނުމަކީ އުފަލެއް ކަމަށެވެ. އަދި މިއީ ވަރަށް އުންމީދީ މަސައްކަތެއް ކަންވެސް އޭނާ ފާހަގަކުރިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދެއްކެވި ރަސްދޫގެ ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަދި އއ. އަތޮޅު ކައުންސިލުގެ ޑިރެކްޓަރ ޖެނެރަލް އަބްދުﷲ ސަމީރު ވިދާޅުވީ، ރަސްދޫ ފުޓުބޯޅަ އެކަޑަމީއަކީ ހަމައެކަނި ކުޅިވަރު ހަރަކާތެއް ނޫން ކަމަށާއި، އޭގެ ތެރެއިން ދަސްވާ އަޚުލާގީ ސިފަތަކަކީ ބޮޑުވެގެން މަސައްކަތުގެ މައިދާނަށް ނިކުންނައިރު ތަރުތީބެއްގެ ތެރެއިން މަސައްކަތް ކުރުމަށް ފުރުސަތު ލިބޭނެ ކަމަށެވެ.

ސަމީރު ވިދާޅުވީ، ރަސްދޫ އެކަޑަމީން ދެ އަހަރު ތެރޭގައި ކުދިންގެ ފަރާތުން ފެންނަމުން އަންނަ ކުޅުމަކީ އެ ފެންވަރުގެ ކުދިންގެ ފަރާތުން ފެންނަން ޖެހޭ އެންމެ ރަނގަޅު ކުޅުން ކަމަށާއި، ރަށުގައި ފުޓުބޯޅަ ކުޅެން ބޭނުންވާ ކުދިންނަށް އެ ކުދިންގެ ބެލެނިވެރިން ރަސްދޫ ފުޓުބޯޅަ އެކަޑަމީން ފުރުސަތު ހޯދައި ދޭން ޖެހޭ ކަމަށެވެ.

އެކަޑަމީއަށް ދެ އަހަރު ފުރުނުއިރު ހިތްހަމަޖެހޭ މިންވަރަށް ކުދިންގެ ހުނަރު ތަރައްގީ ވެފައިވާކަން ފާހަގަ ކުރައްވައި، ރަސްދޫ ފުޓުބޯޅަ އެކަޑަމީގެ ރައީސް އަހުމަދު ރަޝީދު ވިދާޅުވީ، ކޯޗުން ލިބުމުގެ ދަތިކަން އެއީ އެކަޑަމީއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުންކަމަށެވެ.

އަހުމަދު ރަޝީދު ވިދާޅުވީ، އަމާޒަކީ ރަސްދޫގައި އުޅޭ ކޮންމެ ކުއްޖަކީވެސް ފުޓުބޯޅަ ކުޅޭ ކުއްޖަކަށްވުން ކަމަށާއި، އެކަން ހާސިލުކުރުމަށް ރަސްދޫ ފުޓުބޯޅަ އެކަޑަމީއާ ގުޅުމުގެ ދައުވަތު ދޭ ކަމަށެވެ.

ރަސްދޫ ފުޓުބޯޅަ އެކަޑަމީގެ ބައެއް ކުޅުންތެރިން ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ބުނީ، އެކަޑަމީން ވޭތުވެދިޔަ ދުވަސްތަކުގައި ގިނަ ކަންކަން ދަސްވެފައިވާ ކަމަށާއި، އެކުދިންގެ އަމާޒަކީ ގައުމީ ޓީމާ ހިސާބަށް ދިޔުން ކަމަށެވެ. އަދި ބައެއް ކުދިން ބުނީ، އެކުދިން އެކަޑަމީއާ ގުޅުނުއިރު އެއްވެސް ވަރަކަށް ފުޓުބޯޅަ ކުޅޭ ހިތްނުވާ ކަމަށާއި، ނަމަވެސް އެކަޑަމީން ދެމުން އައި ތަމްރީންތަކާއެކު ފުޓުބޯޅަ ކުޅެން ހިތްޖެހުނު ކަމަށެވެ.

ރަސްދޫ ފުޓުބޯޅަ އެކަޑަމީގެ ކުދިންގެ މި ވާހަކަތަކުން އެނގިގެންދިޔައީ އެ އެކަޑަމީއާއެކު ކުދިން ދެކެމުން އަންނަ ހުވަފެނެއް އޮތް ކަމެވެ. އެކުދިން މޮޅެތި ފުޓުބޯޅަ ކުޅުންތެރިންނަށް ވާން ކެތްމަދުވެފައި ތިބި ކަމެވެ. އެކުދިން ބޭނުންވަނީ ފުރުސަތެވެ. އެ ފުރުސަތު ރަސްދޫ ފުޓުބޯޅަ އެކަޑަމީއާއެކު އެކުދިންނަށް ހާސިލުވުމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

އިތުރަށް ކިޔާލަން

27 ޑިސެމްބަރު 2018

ފުޓުބޯޅަ ސީޒަން ޖޫން މަހު ފަށަނީ ކުޅުންތެރިން ހާލުގައި ޖައްސަން؟

27 ޑިސެމްބަރު 2018
ފުޓުބޯޅަ ސީޒަން ޖޫން މަހު ފަށަނީ ކުޅުންތެރިން ހާލުގައި ޖައްސަން؟
13 ސެޕްޓެމްބަރު 2018

އިބޫއަށް ރަސްދޫ ތައްޔާރުކޮށްލި ގޮތް ވަރަށް ފުރިހަމަ!

13 ސެޕްޓެމްބަރު 2018
އިބޫއަށް ރަސްދޫ ތައްޔާރުކޮށްލި ގޮތް ވަރަށް ފުރިހަމަ!
09 މާރިޗު 2018

އއ. ރަސްދޫ ރައްޔިތުން ރާއްޖެޓީވީގެ މުވައްޒަފުންނަށް ހިތްވަރުދިނީ އަމަލާ ބަހުން !

09 މާރިޗު 2018
އއ. ރަސްދޫ ރައްޔިތުން ރާއްޖެޓީވީގެ މުވައްޒަފުންނަށް ހިތްވަރުދިނީ އަމަލާ ބަހުން !
22 ޑިސެމްބަރު 2017

ބައްސާމް ހިތްޕުޅާ ހަމަނުވިޔަސް ރާއްޖެ ފުޓުބޯޅަ ދަނީ ދަށަށް!

22 ޑިސެމްބަރު 2017
ބައްސާމް ހިތްޕުޅާ ހަމަނުވިޔަސް ރާއްޖެ ފުޓުބޯޅަ ދަނީ ދަށަށް!
16 ނޮވެމްބަރު 2017

ދިވެހި ފުޓުބޯޅައަށް ބޮޑު ލަދެއް؛ ހިރުވާތަން ކަހާލާނަމޭވެސް ބައްސާމްގެ ހިތްޕުޅަށް ނާރާ!

16 ނޮވެމްބަރު 2017
ދިވެހި ފުޓުބޯޅައަށް ބޮޑު ލަދެއް؛ ހިރުވާތަން ކަހާލާނަމޭވެސް ބައްސާމްގެ ހިތްޕުޅަށް ނާރާ!
08 ނޮވެމްބަރު 2017

ފުޓުބޯޅައަށް އިންޤިލާބެއް ގެންނަން ބުނި އެފްއޭއެމްގެ ލީޑަރޝިޕް ފެއިލްވެއްޖެ!

08 ނޮވެމްބަރު 2017
ފުޓުބޯޅައަށް އިންޤިލާބެއް ގެންނަން ބުނި އެފްއޭއެމްގެ ލީޑަރޝިޕް ފެއިލްވެއްޖެ!
17 އޮކްޓޯބަރު 2017

ޒުވާން ޖީލު ހަލާކުވެ ދިއުން: އެތައް ބައެއްގެ އިހްމާލެއް، ވިސްނާ

17 އޮކްޓޯބަރު 2017
ޒުވާން ޖީލު ހަލާކުވެ ދިއުން: އެތައް ބައެއްގެ އިހްމާލެއް، ވިސްނާ
23 ސެޕްޓެމްބަރު 2017

އެންމެ ފަހުން ސަރަހައްދީ ލެވެލްގައިވެސް ރާއްޖޭ ފުޓުބޯޅަ ފަހަތަށް؟

23 ސެޕްޓެމްބަރު 2017
އެންމެ ފަހުން ސަރަހައްދީ ލެވެލްގައިވެސް ރާއްޖޭ ފުޓުބޯޅަ ފަހަތަށް؟
09 މެއި 2017

ޒުވާން ރައީސް މެކްރޮންއަކީ ކޮން ބޭފުޅެއް؟

09 މެއި 2017
ޒުވާން ރައީސް މެކްރޮންއަކީ ކޮން ބޭފުޅެއް؟
13 އެޕްރީލު 2017

ފުޓްސަލް އާއި ފުޓުބޯޅަ ވަކިކުރަންވީތަ؟ ނުވަތަ ފުޓްސަލް މުބާރާތްތައް އޮފް ސީޒަނަށް ބަދަލުކުރަންވީތަ؟

13 އެޕްރީލު 2017
ފުޓްސަލް އާއި ފުޓުބޯޅަ ވަކިކުރަންވީތަ؟ ނުވަތަ ފުޓްސަލް މުބާރާތްތައް އޮފް ސީޒަނަށް ބަދަލުކުރަންވީތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު