Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަރު ކޮމިޝަންގެ ރިޕޯޓް

ބައެއް ފޫޓެޖްތައް ނެތް، ހެކިބަސް ދިނުމަށް ބައެއް ހެކިންވެސް އިންކާރު ކޮށްފައިވޭ

18 ނޮވެމްބަރު 2019 | ހޯމަ 06:31

ރިޕޯޓު އާއްމުކޮށްފައިވަނީ އާދިއްތަ ދުވަހު

| 18 ނޮވެމްބަރު 2019 | ހޯމަ 06:31
މަރު ކޮމިޝަނުން ބޭއްވި ޕްރެސްކޮންފަރެންސެއްގެ ތެރެއިން

މަރު ކޮމިޝަނުން ބޭއްވި ޕްރެސްކޮންފަރެންސެއްގެ ތެރެއިން

ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީގެ މަރުގެ ތަހުގީގަށް ބައެއް ސީސީ ފުޓޭޖްތަކާއި، އެ މައްސަލައާ ގުޅުންހުރި ބައެއް މީހުން ހެކިބަސްދޭން އިންކާރު ކޮށްފައިވާތީ މަރު ކޮމިޝަންގެ ތަހުގީގަށް ގޮންޖެހުންތަކެއް ކުރިމަތިވިކަން ހާމަވެއްޖެއެވެ.

މަރާލާފައިވާ މީހުންނާއި، ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދާފައިވާ މަރު ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމްގެ މަރުގެ މައްސަލަ ބެލުމަށް ފަހު އެކުލަވާލި ރިޕޯޓް، އާދިއްތަ ދުވަހު ރައީސް އޮފީހުން ވަނީ އާއްމު ކޮށްފައެވެ.

Advertisement - newsAdvertisement

ޑރ. އަފްރާޝީމް އަވަހާރަކޮށްލާފައިވަނީ 2012 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ދެވަނަ ދުވަހުގެ މެންދަމުގެ ވަގުތެއްގައި އޭނާ އާއި އޭނާގެ އާއިލާ ދިރިއުޅުއްވަމުން ގެންދެވި އެޕާޓްމެންޓު ހުންނަ ހ. ފުންވިލުގޭ އިމާރާތަށް އަރަން ހުންނަ ސިޑި ކައިރީގައެވެ. ޓީވީ މޯލްޑިވްސް އިން ވަގުތުން ދެއްކި "އިސްލާމީ ދިރިއުޅުން" ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަތުމަށްފަހު އެރޭ ދަންވަރު ގެއަށް ވަޑައިގަތް ވަގުތު އަފްރާޝީމް އަވަހާރަކޮށްލާފައިވަނީ ވަޅިން ހަމަލާދީއެވެ.

121 ސޮފްހާގެ މައްޗަށް ބިނާކޮށް މަރު ކޮމިޝަނުން އެކުލަވާލީ ރިޕޯޓު ބުރަވާގޮތުން ހ. ހިލްޓަން، އަޒްލިފް ރައޫފުގެ ރޭވުމުގެ މަތިން ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުގައި، ހ. ލޮބީ، ހުސައިން ހުމާމު އަހްމަދު އާއި، ހ. ހިކޯސްޓް، އަލީ ޝާން (ސަޓޯ) އަދި އިތުރުން ސިއްރު ހެކިވެރިޔާ #10 ވަނީ ބައިވެރިވެ އެހީތެރިވެދީފައެވެ. އެ ހަތަރު މީހުންގެ ތެރެއިން ހުމާމުގެ މައްޗަށް ދައުވާ ސާބިތުވެ އޭނާ މަރަން ހުކުމް ކޮށްފައިވާއިރު، ބުނެވޭ ގޮތުގައި ސީރިޔާ އަށް ގޮސް އުޅެނިކޮށް އަޒްލިފް ވަނީ މަރުވެފައެވެ.

މަރު ކޮމިޝަންގެ ރިޕޯޓު ބުނާ ގޮތުގައި ހާދިސާ ހިނގިފަހުން ގިނަ އަހަރުތަކެއް ފާއިތުވެފައިވުމުގެ ސަބަބުން ކޮމިޝަންގެ ތަހުގީގު ކުރިޔަށް ގެންދިޔުމަށް އިތުރު ހެކި ހޯދުމުގައި ގޮންޖެހުންތަކެއް ކުރިމަތިވިއެވެ. އަދި ފުލުހުން ހޯދައި, އެއްކޮށްފައިވާ ކަމަށް ގަބޫލުކުރެވޭ ސީސީޓީވީ ފުޓޭޖް އާއި އިންޓެލިޖެންސް މައުލޫމާތާއި ކޯލް ޑޭޓާގެ ތެރެއިން ބައެއް ތަކެތި ނުލިބޭ ކަމަށްވެސް ކޮމިޝަނުގެ ރިޕޯޓުން ހާމަވެފައިވާއިރު، ފުރާނާ އަށް ނުރައްކާ އޮތް ކަމަށް ބުނެ ހެކިބަސް ދިނުމަށް ބައެއް ފަރާތްތަކުން އިންކާރު ކޮށްފައިވާކަން ވެސް ހާމަވެފައިވެއެވެ.

ޑރ. އަފްރާޝީމްގެ މަރުގެ ތަހުގީގަށް ކޮމިޝަނަށް ބޭނުންވެ ބެލިފައިނުވާ ސީސީފުޓޭޖް އަކީ އަފްރާޝީމް އަވަހާރަކޮށްލުމަށް ސައްލާ ކޮށްފައިވާ ޖަލަޕީނޯ ރެސްޓޯރެންޓް ކުރިމަތީގައި ހުރި ޕޮލިސް ސީސީޓީވީ ކެމެރާ އިން، 2012 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހަ ރިކޯޑު ކުރެވިފައިވާ މަންޒަރުތަކެވެ.

މަރު ކޮމިޝަނުން އެ ފުޓޭޖް ހޯދަން މަސައްކަތް ކޮށްފައިވަނީ ސިއްރު ހެކި #10 ފުލުހުންނަށް ދީފައިވާ ބަޔާނުގެ މައްޗަށް ބިނާކޮށެވެ. އަފްރާޝީމް އަވަހާރަކޮށްލުމުގެ އެއް ދުވަސް ކުރިން އޮޕަރޭޝަން ހިންގާނެ ގޮތުގެ އެންމެ ފަހުގެ ތަފްސީލުތައް ދީ އެ ކަމުގައި ބައިވެރިވާނީ މޭޖަރ ތިން މީހުން ކަމަށާއި، އެއަށްފަހު ދެން ދެމީހުން ބައްދަލުވާނީ އޮޕަރޭޝަން ނިމުމުން ކަމަށް އަޒްލިފް ބުނި ކަމަށް #10 ހެކިބަސް ދީފައިވެއެވެ.

އެ ތިން މީހުންނަކީ ސިއްރު ހެކި 10# އާއި ޝާން އާއި ހުމާމުއެވެ. އަދި ތިން ސިމް ނަގާފައިވާ ކަމަށާއި އެ ތިން ސިމް އޮންނާނީ ޝާންއާއި، ސިއްރު ހެކި #10 އަދި އަޒްލިފް އަތުގައި ކަމަށް އަޒްލިފް ބުންޏެވެ. އެ މީހުން އެ ވާހަކަ ދެއްކީ އާޓިފިޝަލް ބީޗް ޖޯލިފަތި ކައިރީގައެވެ. މި ތިން ސިމަކީ އޮޕަރޭޝަން ހިންގުމުގެ ތިން ހަފްތާ ކުރިން އަޒްލިފް ފައިސާ ދީގެން ހުމާމް ގަނެފައިވާ ތިން ސިމެވެ.

ޑރ.އަފްރާޝީމް މަރާލީ އަޒްލިފް 1 މިލިއަން ރުފިޔާ ދޭނެ ކަމަށް ބުނެގެން ކަމަށް ހުމާމު ވަނީ ކޯޓުގައި އިއުތިރާފްވެފައެވެ.

ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒު ވިދާޅުވެފައިވާ ގޮތުގައި، އަފްރާޝީމް އަވަހާރަކޮށްލީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން، ސިޔާސީ ވިސްނުމެއްގައެވެ. އެކަމަކު އެކަމަށް ބާރުލިބޭ މިންވަރަށް ހެކި ހޯދިފައިނުވާތީ މަރު ކޮމިޝަނުން ނިންމާފައިވަނީ ދީނީ އިލްމުވެރިޔާ އަފްރާޝީމް އަވަހަރާކޮށްލީ ދީނީ ހިޔާލުތަފާތުވުންތަކެއް ތެރޭގައި ކަމަށެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް