Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެގޯޓާބަޔަ ރާޖަޕަކްސަ

ސްރީލަންކާގެ ރިޔާސީ އިންތިހާބު ގޯޓާބަޔަ ރާޖަޕަކްސަ ކާމިޔާބު ކުރައްވައިފި

ދާއިމީ ނަތީޖާ އިއުލާންކޮށްފައިވަނީ އާދިއްތަ ދުވަހުގެ ހަވީރު ލަންކާ ގަޑިން 16:00 ގައި

މުހައްމަދު މުސްތަފާ
މުހައްމަދު މުސްތަފާ | 17 ނޮވެމްބަރު 2019 | އާދީއްތަ 15:03
ގޯޓާބަޔަ ރާޖަޕަކްސަ

ގޯޓާބަޔަ ރާޖަޕަކްސަ

ސްރީލަންކާގައި ހޮނިހިރު ދުވަހު ބޭއްވި އެޤައުމުގެ 8 ވަނަ ރިޔާސީ އިންތިޚާބު ގޯޓާބަޔަ ރާޖަޕަކްސަ ކާމިޔާބު ކުރައްވައިފިއެވެ.

އާދިއްތަ ދުވަހުގެ ހަވީރު ސްރީ ލަންކާ ގަޑިން 16:00 ގައި ވަނީ އެ އިންތިޚާބުގެ ދާއިމީ ނަތީޖާ އިޢުލާންކޮށްފައެވެ.

ސްރީލަންކާގެ ނެޝަނަލް އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން ޢާންމު ކުރި ނަތީޖާއަށް ބަލާއިރު، އެންމެ ގިނަ ޢަދަދަށް ވޯޓި ލިބިފައިވަނީ ކުރީގެ ޑިފެންސް ސެކްރެޓަރީ ގޯޓާބަޔަ ރާޖަޕަކްސެއަށެވެ. އޭނާއަކީ ސްރީލަންކާ ޕޮޑުޖަނަ ޕެރަމުނަ (އެސްއެލްޕީޕީ)ގެ ކެންޑިޑޭޓެވެ. ނަތީޖާ ދައްކާ ގޮތުން އޭނާއަށް 52.25 އިން ސައްތަ، އަދި އޭނާއާއި އެންމެ ގާތުން ވާދަކުރި ސަޖިތް ޕްރެމަދާސައަށް 41.99 އިން ސައްތަ ވޯޓެވެ.

ސިޔާސީ ފަރާތްތަކުންނާއި ޢާންމުން ދަނީ އެމަނިކުފާނަށް މަރުޙަބާކިޔަމުންނެވެ. އެމަނިކުފާނު ނިޞްބަތްވާ ސްރީލަންކާ ޕޮޑުޖަނަ ޕެރަމުނަ (އެސްއެލްޕީޕީ) އިން ދަނީ މިހާރު ސްރީލަންކާ އެކި ކަންކޮޅުތަކުގައި އުފާފާޅުކުރަމުންނެވެ. މި އިންތިޚާބުގައި ގޯޓާބަޔަ ރާޖަޕަކްސެއަށް ތާއީދު ކުރީ އޭނާގެ ބޭބޭފުޅު، ކުރީގެ ރައީސް ރާޖަޕަކްސެގެ ވާގިވެރިންނާއި އަދި މިދިޔަ ސަރުކާރުގައި ވެރިކަން ކުރި ސްރީލަންކާ ފްރީޑަމް ޕާރޓީންނެވެ.

ގޯޓާބަޔަ ރާޖަޕަކްސެ އާންމުންގެ މެދުގައި މަޤްބޫލުވެފައިވަނީ ތަމަޅަ ޓައިގަރުންނާއި ދެކޮޅަށް ކުރި 26 އަހަރުގެ ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނައުމުގައި އެމަނިކުފާނު ގެންގުޅުއްވި ހިކުމަތްތެރި ސިޔާސަތުގެ ސަބަބުންނެވެ. ދާޚިލީ ހަނގުރާމަ ނިންމުމަށް އެމަނިކުފާނު ގެންގުޅުއްވި ސިޔާސަތުގެ ސަބަބުން ޢާންމުންގެ ރުހުން ވަރަށް ބޮޑަށް ލިބުނެވެ.

އިންތިޚާބަށް ކެމްޕޭން ކުރެއްވިއިރު ގޯޓާބަޔަ ރާޖަޕަކްސެ ވަނީ ސަލާމަތީ އަދި އިޤްތިޞާދީ ދާއިރާ އިޞްލާހު ކުރުމަށް ވަޢުދުވެވަޑައިގެންފައެވެ. އެއީ މިވަގުތު އެޤައުމަށް އެންމެ ބޭނުންވާ އިޞްލާޙުގެ ގޮތުގައި ގިނަ ބަޔަކު ބުނެއެވެ.

އިތުރަށް ކިޔާލަން

01 އޯގަސްޓު 2017

ޕާކިސްތާނުގެ ވަގުތީ ބޮޑުވަޒީރަކަށް އައްބާސީ އިންތިހާބުކޮށްފި

01 އޯގަސްޓު 2017
ޕާކިސްތާނުގެ ވަގުތީ ބޮޑުވަޒީރަކަށް އައްބާސީ އިންތިހާބުކޮށްފި
30 ޖޫން 2017

މުސްލިމް ހަ ގައުމަކުން އެމެރިކާ އަށް މީހުން އެތެރެވުން މަނާކުރާ ރިޔާސީ އަމުރަށް އަމަލު ކުރަން ފަށައިފި

30 ޖޫން 2017
މުސްލިމް ހަ ގައުމަކުން އެމެރިކާ އަށް މީހުން އެތެރެވުން މަނާކުރާ ރިޔާސީ އަމުރަށް އަމަލު ކުރަން ފަށައިފި
18 ޖޫން 2017

ސްރީލަންކާގެ މުސްލިމުންނަށް އަމާޒުކޮށް ދޭ ހަމަލާތައް އިތުރުވަނީ

18 ޖޫން 2017
ސްރީލަންކާގެ މުސްލިމުންނަށް އަމާޒުކޮށް ދޭ ހަމަލާތައް އިތުރުވަނީ
12 ޖޫން 2017

ފްރާންސް އިންތިހާބު: މިހާރުގެ ރައީސް މެކްރޮންގެ ޕާޓީ އަށް ބޮޑު ކާމިޔާބެއް

12 ޖޫން 2017
ފްރާންސް އިންތިހާބު: މިހާރުގެ ރައީސް މެކްރޮންގެ ޕާޓީ އަށް ބޮޑު ކާމިޔާބެއް
20 މެއި 2017

އީރާނުގެ ރިޔާސީ އިންތިޚާބު ރައީސް ރޫހާނީ ކާމިޔާބުކުރައްވައިފި

20 މެއި 2017
އީރާނުގެ ރިޔާސީ އިންތިޚާބު ރައީސް ރޫހާނީ ކާމިޔާބުކުރައްވައިފި
20 މެއި 2017

އީރާނުގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީީސް ހަސަން ރޫހާނީ ބޮޑުތަފާތަކުން ކުރި ހޯއްދަވައިފި

20 މެއި 2017
އީރާނުގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީީސް ހަސަން ރޫހާނީ ބޮޑުތަފާތަކުން ކުރި ހޯއްދަވައިފި
08 މެއި 2017

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ފްރާންސްގެ އެންމެ ޒުވާން ރައީސްއަކަށް މެކްރޮން

08 މެއި 2017
 ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ފްރާންސްގެ އެންމެ ޒުވާން ރައީސްއަކަށް މެކްރޮން
03 އެޕްރީލު 2017

އިކުއެޑޯގެ ރިޔާސީ އިންޚާބުގެ ނަތީޖާ އަޅޮވާލާފައިވާ އިދިކޮޅު ފަރާތްތަކުން ބުނެފި

03 އެޕްރީލު 2017
އިކުއެޑޯގެ ރިޔާސީ އިންޚާބުގެ ނަތީޖާ އަޅޮވާލާފައިވާ އިދިކޮޅު ފަރާތްތަކުން ބުނެފި
04 މާރިޗު 2017

ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް ފިއޮން ގެ ކެމްޕެއިން މެނޭޖަރު އިސްތިއުފާ ދެއްވައިފި

04 މާރިޗު 2017
ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް ފިއޮން ގެ ކެމްޕެއިން މެނޭޖަރު އިސްތިއުފާ ދެއްވައިފި
25 ޖެނުއަރީ 2017

އިންތިހާބުގައި ގަވާއިދާ ހިލާފަށް ވޯޓުލާފައިވާ ކަމަށް ޓްރަމްޕް ގަބޫލުކުރައްވާ: ވައިޓް ހައުސް

25 ޖެނުއަރީ 2017
އިންތިހާބުގައި ގަވާއިދާ ހިލާފަށް ވޯޓުލާފައިވާ ކަމަށް ޓްރަމްޕް ގަބޫލުކުރައްވާ: ވައިޓް ހައުސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު