Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސްރީލަންކާގެ ރިޔާސީ އިންތިޚާބު

ސްރީލަންކާގެ ރިޔާސީ އިންތިޚާބު: މިއަދު ހަވީރު ދާއިމީ ނަތީޖާ އިޢުލާން ކުރާނެ

17 ނޮވެމްބަރު 2019 | އާދީއްތަ 09:24

އިންތިޚާބު ކާމިޔާބު ކުރާނެ ކަމަށް ބެލެވެނީ ކުރީގެ ޑިފެންސް ސެކްރެޓަރީ ގޯޓާބަޔަ

ޒިހްނަތު ހަސަން
ޒިހްނަތު ހަސަން | 17 ނޮވެމްބަރު 2019 | އާދީއްތަ 09:24
ސްރީލަންކާގެ އިލެކްޝަން

ސްރީލަންކާގެ އިލެކްޝަން

ހޮނިހިރު ދުވަހު ބޭއްވި ސްރީލަންކާގެ 8 ވަނަ ރިޔާސީ އިންތިޚާބުގެ ދާއިމީ ނަތީޖާ މިއަދު އިޢުލާންކުރާނެކަމަށް އެޤައުމުގެ "ނެޝަނަލް އިލެކްޝަންސް ކޮމިޝަން" އިން ބުނެފިއެވެ.

އިންތިޚާބާއި ބެހޭ ގޮތުން އެކޮމިޝަނުން ޢާންމުކުރި ބަޔާނުގައި ބުނެފައިވަނީ މިއަދު ހަވީރު ސްރީލަންކާ ގަޑިން 1600 ގެ ކުރިން އިންތިޚާބުގެ ނަތީޖާ އިޢުލާން ކުރާނެކަމަށެވެ. އެކޮމިޝަނުގެ ޗެއަރމަން މަހިންދަ ޑެޝަޕްރިޔާ ވިދާޅުވެފައިވަނީ އިންތިޚާބުގެ ނަތީޖާ އިޢުލާންކުރައްވާނީ އިންތިޚާބުގައި ވާދަކުރެއްވި ހުރިހައި ކެންޑިޑޭޓުން އެއްތަނަކަށް ހާޟިރުވެވޭނެ އިންތިޒާމު ހަމަޖެހުމުންކަމަށެވެ.

އެކޮމިޝަނުގެ ކޮމިޝަނަރ ޖެނެރަލް ސަމަން ސްރީ ރަތުނާޔަކަ ވިދާޅުވީ އިއްޔެ ވޯޓު އިޢުލާންކުރުމުގެ ކަންކަން ވަރަށް ކާމިޔާބުކަމަށެވެ. އަދި ނެޝަނަލް އިލެކްޝަންސް ކޮމިޝަނުގެ ނިންމުމަަށް އިޙްތިރާމު ކުރުމަށް އޭނާ ވަނީ އިންތިޚާބުގައި ވާދަ ކުރެއްވި ކެންޑިޑޭޓުންނަށާއި، އެ ބޭފުޅުން ނިޞްބަތްވާ ސިޔާސީ ޕާޓިތަކަށާއި، ޕާޓީތަކަށް ތާޢީދުކުރާ ފަރާތްތަކާއި، ޢާންމު ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ.

އިންތިޚާބުގެ ދާއިމީ ނަތީޖާގެ އިންތިޒާރުގައި ގިނަ ބަޔަކު ތިބިއިރު، ސިފައިންނާއި ފުލުހުން ގުޅިގެން ވެރިރަށް ކޮލޮމްބޯގައި ވަނީ ސަލާމަތީ ފިޔަވަޅު ވަރަށް ވަރުގަދަކޮށްފައެވެ. އަދި ނަތީޖާއާއި ގުޅިގެން ހަމަނުޖެހުމެއް ހިނގާފާނެހެން ހީވާ ބައެއް ޞަރަޙައްދުތަކާއި މުސްލިމުންނާއި މޮންކުން ދިރިއުޅޭ ޞަރަޙައްދުތަކުގައިވެސް ސިފައިންނާއި ފުލުހުން ދަނީ ފޯރި މަރަމުންނެވެ.

ސްރީލަންކާގެ ފުލުހުންގެ ތަރުޖަމާނު އެސްޕީ ރުވާން ގުނަސޭކަރު ވަނީ މިހާރު ޢަމަލު ކުރަމުންދާ އިލެކްޝަނާއި ބެހޭ ޤާނޫނަށް ތަބާވެ، ހުރިހައި ފަރާތްތަކުން އެއަށް އިޙުތިރާމުކުރުމަށް ގޮވާލާފައެވެ. އަދި އިންތިޚާބަށް ފަހުވެސް ޤައުމުގައި ހަމަނެޖެހުން އުފެދޭފަދަ އެއްވެސް ޢަމަލެއް ނުހިނގުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. ސްރީލަންކާ ފުލުހުން ބުނެފައިވަނީ އިންތިޚާބާއި ގުޅުވައިގެން މިހާތަނަށް އައިއިރު ޤާނޫނާއި ޚިލާފު އެއްވެސް އަމަލެއް ހިނގާފައި ނުވާކަމަށެވެ.

ސްރީލަންކާގެ ނެޝަނަލް އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން ޢާންމު ކުރި ނަތީޖާއަށް ބަލާއިރު، އެންމެ ގިނަ ޢަދަދަށް ވޯޓި ލިބިފައިވަނީ ކުރީގެ ޑިފެންސް ސެކްރެޓަރީ ގޯޓާބަޔަ ރާޖަޕަކްސެއަށެވެ. އޭނާއަކީ ސްރީލަންކާ ޕޮޑުޖަނަ ޕެރަމުނަ (އެސްއެލްޕީޕީ)ގެ ކެންޑިޑޭޓެވެ. ނަތީޖާ ދައްކާ ގޮތުން އޭނާއަށް 51.66 އިން ސައްތަ، އަދި އޭނާއާއި އެންމެ ގާތުން ވާދަކުރި ސަޖިތް ޕްރެމަދާސައަށް 42.59 އިން ސައްތަ ވޯޓެވެ.

އިންތިޚާބުގެ ވަގުތީ ނަތީޖާއަށް ބަލާ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ ގޯޓާބަޔަ ރާޖަޕަކްސެކަމަށް ގިނަ ބަޔަކު ވަނީ ނިންމާފައެވެ. ސިޔާސީ ފަރާތްތަކުންނާއި ޢާންމުން ދަނީ އެމަނިކުފާނަށް މަރުޙަބާކިޔަމުންނެވެ. އެމަނިކުފާނު ނިޞްބަތްވާ ސްރީލަންކާ ޕޮޑުޖަނަ ޕެރަމުނަ (އެސްއެލްޕީޕީ) އިން ދަނީ މިހާރު ސްރީލަންކާ އެކި ކަންކޮޅުތަކުގައި އުފާފާޅުކުރަމުންނެވެ. މި އިންތިޚާބުގައި ގޯޓާބަޔަ ރާޖަޕަކްސެއަށް ތާއީދު ކުރީ އޭނާގެ ބޭބޭފުޅު، ކުރީގެ ރައީސް ރާޖަޕަކްސެގެ ވާގިވެރިންނާއި އަދި މިދިޔަ ސަރުކާރުގައި ވެރިކަން ކުރި ސްރީލަންކާ ފްރީޑަމް ޕާރޓީންނެވެ.

ގޯޓާބަޔަ ރާޖަޕަކްސެ އާންމުންގެ މެދުގައި މަޤްބޫލުވެފައިވަނީ ތަމަޅަ ޓައިގަރުންނާއި ދެކޮޅަށް ކުރި 26 އަހަރުގެ ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނައުމުގައި އެމަނިކުފާނު ގެންގުޅުއްވި ހިކުމަތްތެރި ސިޔާސަތުގެ ސަބަބުންނެވެ. ދާޚިލީ ހަނގުރާމަ ނިންމުމަށް އެމަނިކުފާނު ގެންގުޅުވު ސިޔާސަތުގެ ސަބަބުން ޢާންމުންގެ ރުހުން ވަރަށް ބޮޑަށް ލިބުނެވެ.

އިންތިޚާބަށް ކެމްޕޭން ކުރެއްވިއެރު ގޯޓާބަޔަ ރާޖަޕަކްސެ ވަނީ ސަލާމަތީ އަދި އިޤްތިޞާދީ ދާއިރާ އިޞްލާހު ކުރުމަށް ވަޢުދުވެވަޑައިގެންފައެވެ. އެއީ މިވަގުތު އެޤައުމަށް އެންމެ ބޭނުންވާ އިޞްލާޙުގެ ގޮތުގައި ގިނަ ބަޔަކު ބުނެއެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

އިތުރަށް ކިޔާލަން

14 މެއި 2017

މެކްރޮން މިއަދު ފްރާންސްގެ ވެރިކަމާ ހަވާލުވެވަޑައިގަންނަވާނެ

14 މެއި 2017
މެކްރޮން މިއަދު ފްރާންސްގެ ވެރިކަމާ ހަވާލުވެވަޑައިގަންނަވާނެ
08 މެއި 2017

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ފްރާންސްގެ އެންމެ ޒުވާން ރައީސްއަކަށް މެކްރޮން

08 މެއި 2017
 ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ފްރާންސްގެ އެންމެ ޒުވާން ރައީސްއަކަށް މެކްރޮން
24 އެޕްރީލު 2017

ފްރާންސްގެ އިންތިޚާބު: މެކްރޮން އާއި މެރިން ލެ ޕެން ދެވަނަ ބުރަށް

24 އެޕްރީލު 2017
ފްރާންސްގެ އިންތިޚާބު: މެކްރޮން އާއި މެރިން ލެ ޕެން  ދެވަނަ ބުރަށް
23 އެޕްރީލު 2017

އަހުމަދީނިޖާދަށް އިންތިޚާބުގައި ވާދައެއް ނުކުރެއްވުނު

23 އެޕްރީލު 2017
އަހުމަދީނިޖާދަށް އިންތިޚާބުގައި ވާދައެއް ނުކުރެއްވުނު
19 އެޕްރީލު 2017

ޖޫން 8ގައިި އާއްމު އިންތިޚާބު ބޭއްވުމަށް ގާނޫނުހަދާ މަޖިލީހުން ތާއީދުކޮށްފި

19 އެޕްރީލު 2017
ޖޫން 8ގައިި އާއްމު އިންތިޚާބު ބޭއްވުމަށް ގާނޫނުހަދާ މަޖިލީހުން ތާއީދުކޮށްފި
03 އެޕްރީލު 2017

އިކުއެޑޯގެ ރިޔާސީ އިންޚާބުގެ ނަތީޖާ އަޅޮވާލާފައިވާ އިދިކޮޅު ފަރާތްތަކުން ބުނެފި

03 އެޕްރީލު 2017
އިކުއެޑޯގެ ރިޔާސީ އިންޚާބުގެ ނަތީޖާ އަޅޮވާލާފައިވާ އިދިކޮޅު ފަރާތްތަކުން ބުނެފި
11 މާރިޗު 2017

އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި

11 މާރިޗު 2017
އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި
04 މާރިޗު 2017

ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް ފިއޮން ގެ ކެމްޕެއިން މެނޭޖަރު އިސްތިއުފާ ދެއްވައިފި

04 މާރިޗު 2017
ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް ފިއޮން ގެ ކެމްޕެއިން މެނޭޖަރު އިސްތިއުފާ ދެއްވައިފި
01 ފެބުރުއަރީ 2017

ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ

01 ފެބުރުއަރީ 2017
ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ
07 ޖެނުއަރީ 2017

ގެމްބިގާގެ އިންތިޚާބު:ސަރުކާރާ ދެކޮޅު ދެ ރޭޑިއޯ ސްޓޭޝަނެއް ބަންދުކޮށްފި

07 ޖެނުއަރީ 2017
ގެމްބިގާގެ އިންތިޚާބު:ސަރުކާރާ ދެކޮޅު ދެ ރޭޑިއޯ ސްޓޭޝަނެއް ބަންދުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް