Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސްރީލަންކާ ރިޔާސީ އިންތިޚާބު

ސްރީލަންކާގެ ރިޔާސީ އިންތިޚާބު: ވޯޓުލާން މުސްލިމުން ދަތުރުކުރަމުންދިޔަ ބަސްތަކެއްގައި ރޯކޮށްލައިފި

16 ނޮވެމްބަރު 2019 | ހޮނިހިރު 08:12

މުސްލިމުން ވޯޓުލާ މަރުކަޒަށް ދިއުމަށް ދަތުރުކުރަމުންދިޔަ 100 ބަހެއްގައި ރޯކޮށްލަން ހަތިޔާރު އެޅި މީހުން މަސައްކަތް ކުރި

ޒިހްނަތު ހަސަން
ޒިހްނަތު ހަސަން | 16 ނޮވެމްބަރު 2019 | ހޮނިހިރު 08:12
ސްރީލަންކާގެ ރިޔާސީ އިންތިޚާބުގެ ވޯޓުލާ މަރުކަޒެއް

ސްރީލަންކާގެ ރިޔާސީ އިންތިޚާބުގެ ވޯޓުލާ މަރުކަޒެއް

ސްރީލަންކާގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށްޓަކައި ދަތުރުކުރަމުން ދިޔަ މުސްލިމުންނަށް ޢަމާޒުކޮށް ހަތިޔާރު އެޅި ގްރޫޕަކުން ޙަމަލާތަކެއް ދީފިއެވެ.

ސްރީލަންކާ ފުލުހުންގެ އިދާރާއާއި ޙަވާލާދީ ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި، ސްރީލަންކާގެ ހުޅަނގު އުތުރުގައި ވަޒަންވެރިވެ އުޅޭ މުސްލިމުން ވޯޓުލާ މަރުކަޒަށް ދިއުމަށް ދަތުރުކުރަމުންދިޔަ 100 ބަހެއްގައި ރޯކޮށްލަން ހަތިޔާރު އެޅި ގްރޫޕަކުން މަސައްކަތް ކުރިއެވެ. މިޙަމަލާތަކުގައި އެއްވެސް މީހަކަށް އަނިޔާ ނުވާކަމަށް ސްރީލަންކާ ފުލުހުން ކަށަވަރުކޮށްދެއެވެ. ފުލުހުން ބުނެފައިވަނީ މުސްލިމުންނަށް އަމާޒުކޮށް ޙަމަލާދީ، ވޯޓުލުމަށް ހުރަސް އެޅުމުގެ މިފަދަ ޢަމަލުތައް ހަތިޔާރުއެޅި މީހުން ހިންގަމުންދަނީ އިންތިޚާބާއި ދިމާކޮށް ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގައި އިންތިޚާބީ މަސްއޫލުވެރިން ފެއިލްވެފައިވާތީކަމަށެވެ.

މުސްލިމުން ގޮވައިގެން ދަތުރުކުރަމުންދާ ބަސްތަކަށް ދަތުރުނުކުރެވޭ ގޮތައް، މަގުތަކުގައި ޓަޔަރު އަންދާ، މަގު ބްލޮކް ކުރުމުގެ މަސައްކަތް ހަތިޔާރު އެޅި ގްރޫޕުން ކުރަމުންދަނީ އިންތިޚާބުގައި މުސްލިމުންނަށް ވޯޓުލުމަށް ހުރައެސް އެޅުމުގެ ގޮތުން ކަމަށް ބައިނަލްއަޤުވާމީ މުޙައްލިލުން ބުނެއެވެ.

ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯގެ އުތުރުން 150 މޭލު ދުރުގައި އޮންނަ އަވަށެއް ކަމަށްވާ ޓަންޓިރިމަލީގައެވެ. ސްރީލަންކާގެ ބަނދަރުމަތީ އަވަށެއްކަމުގައިވާ ޕުއްޓަލަމުގެ މުސްލިމުން މިފަހަރު ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވަނީ އަވަށްޓެރި މައްނާރު އަވަށުގައެވެ. އެމީހުން ގޮވައިގެން މަައްނާރަށް ދަތުރުކުރަމުންދިޔަ 100 ބަހުގައި ރޯކޮށްލަން ހަތިޔާރު އެޅި މީހުން މަސައްކަތްކުރި ނަމަވެސް ރޯވީ އޭގެތެރެއިން ތެރެއިން ދެ ބަހެއްއެވެ. މި ޙަމަލާގައި ބަހުގައި ދަތުރުކުރި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށް ސްރީލަންކާ ފުލުހުން ބުނެއެވެ.

ސްރީލަންކާގެ ބައިމަދު މުސްލިމުންނާއި ތަމަޅައިންނަށް ވަނީ ރިޔާސީ އިންތިޚާބުގައި ވޯޓުދޭނެ ކެންޑިޑޭޓަކު އިޚްތިޔާރުކުރަން އުދަނގޫވެފައެވެ. އިންތިޚާބުގައި އެންމެ ގާތުން ވާދަކުރަނީ މިހާރުގެ ހައުސިން މިނިސްޓަރ ސަޖިތު ޕްރެމަދާސާ އާއި އިދިކޮޅު ކެންޑިޑެޓް ގޯޓާބަޔަ ރާޖަޕަކްސައެވެ.

ސްރީލަންކާގެ 8 ވަނަ ރިޔާސީ އިންތިޚާބުގެ ވޯޓުލުން މިއަދު ހެދުނު ވަނީ ފަށާފައެވެ. މިއީ ސްރީލަންކާގެ ތާރީޚުގައިވެސް ވެރިކަމުގައި އޭރު ހުންނަވާ ރައީސަކާއި ،ބޮޑުވަޒީރާއި، އިދިކޮޅު ލީޑަރު ރިޔާސީ އިންތިޚާބުގައި ވާދަނުކުރައްވާ ފުރަތަމަ ފަހަރެވެ. ސްރީލާންކާގެ މިހާރުގެ ރައީސްގެ ދައުރު ހަމަވާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 9 ވަނަ ދުވަހުއެވެ.

ސްރީލަންކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަނީ 35 ބޭފުޅުންނެވެ. އެއީ ސިޔާސީ ޕާޓިތަކުން 20 ކެންޑިޑޭޓުންނާއި އަމިއްލައަށް ވާދާކުރައްވާ 15 ކެންޑިޑޭޓުންނެވެ.

އިތުރަށް ކިޔާލަން

04 މާރިޗު 2017

ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް ފިއޮން ގެ ކެމްޕެއިން މެނޭޖަރު އިސްތިއުފާ ދެއްވައިފި

04 މާރިޗު 2017
ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް ފިއޮން ގެ ކެމްޕެއިން މެނޭޖަރު އިސްތިއުފާ ދެއްވައިފި
02 މާރިޗު 2017

މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ

02 މާރިޗު 2017
މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ
08 ފެބުރުއަރީ 2017

މުސްލިމުން އެމެރިކާއަށް ނޭރޭނެ ގޮތް ހެދުމަށް ސުޕްރީމް ކޯޓަށް ދަނީ

08 ފެބުރުއަރީ 2017
މުސްލިމުން އެމެރިކާއަށް ނޭރޭނެ ގޮތް ހެދުމަށް ސުޕްރީމް ކޯޓަށް ދަނީ
08 ފެބުރުއަރީ 2017

މުސްލިމުން އެތެރެވުން މަނާކުރުމަކީ ތަފަތުކުރުމެއްތޯ ފަނޑިޔާރު ސުވާލުކުރައްވައިފި

08 ފެބުރުއަރީ 2017
މުސްލިމުން އެތެރެވުން މަނާކުރުމަކީ ތަފަތުކުރުމެއްތޯ ފަނޑިޔާރު ސުވާލުކުރައްވައިފި
05 ފެބުރުއަރީ 2017

މުސްލިމުންނަށް އެމެރިކާއަށް ވަދެވޭގޮތް ހަދައިފި

05 ފެބުރުއަރީ 2017
މުސްލިމުންނަށް އެމެރިކާއަށް ވަދެވޭގޮތް ހަދައިފި
04 ފެބުރުއަރީ 2017

މުސްލިމުންނަށް އެމެރިކާއިން ދޫކުރި 60،000 ވިސާ ކެންސަލްކޮށްފި

04 ފެބުރުއަރީ 2017
މުސްލިމުންނަށް އެމެރިކާއިން ދޫކުރި 60،000 ވިސާ ކެންސަލްކޮށްފި
04 ފެބުރުއަރީ 2017

ކެނެޑާގެ މުސްލިމުން ތިބީ ބިރުގެންފައި އަދި ހިތްތައް ވަނީ ކުދިކުދި ވެފައި: ނެޝަނަލް ކައުންސިލް އޮފް ކެނޭޑިއަން މުސްލިމްސް

04 ފެބުރުއަރީ 2017
ކެނެޑާގެ މުސްލިމުން ތިބީ ބިރުގެންފައި އަދި ހިތްތައް ވަނީ ކުދިކުދި ވެފައި: ނެޝަނަލް ކައުންސިލް އޮފް ކެނޭޑިއަން މުސްލިމްސް
01 ފެބުރުއަރީ 2017

ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ

01 ފެބުރުއަރީ 2017
ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ
12 ޖެނުއަރީ 2017

މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ

12 ޖެނުއަރީ 2017
މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ
07 ޖެނުއަރީ 2017

ގެމްބިގާގެ އިންތިޚާބު:ސަރުކާރާ ދެކޮޅު ދެ ރޭޑިއޯ ސްޓޭޝަނެއް ބަންދުކޮށްފި

07 ޖެނުއަރީ 2017
ގެމްބިގާގެ އިންތިޚާބު:ސަރުކާރާ ދެކޮޅު ދެ ރޭޑިއޯ ސްޓޭޝަނެއް ބަންދުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް