Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ޔާމީން

މި ސަރުކާރުން ލޯކަލް ކައުންސިލް އިންތިޚާބެއް ނުބާއްވާނެ، ރައްޔިތުންގެ ތާއީދެއް ނެތް: ރައީސް ޔާމީން

މި ސަރުކާރުން ހުވަފެނީ ވާހަކަތަކެއް ދައްކާ ކަމަށް ޔާމީން ވިދާޅުވި

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 15 ނޮވެމްބަރު 2019 | ހުކުރު 17:58
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް

މި ސަރުކާރުން ލޯކަލް ކައުންސިލް އިންތިޚާބެއް ނުބާއްވާނެ ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ޕްރޮގްރެސިވް ކޮންގްރެސްއިން ހުކުރު ދުވަހުގެ ރޭ "ފުނޑާލައިފި" ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީނު ވިދާޅުވީ މި ސަރުކާރުން ދައްކަނީ ހުވަފެނީ ވާހަކަތަކެއްކަމަށާއި، ރައްޔިތުންގެ އެއްވެސް ތާއީދެއް މި ސަރުކާރެއް ނެތް ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ޔާމީނު ވިދާޅުވީ އެމަނިކުފާނާ ދޭތެރޭ ޙަސަދަވެރިވާން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި އެމަނިކުފާނު ކުރިން ވެރިކަމަށް ވަޑައިގަތީ ބޮޑެތި މައްސަލަތައް ނިންމާ ޙައްލު ހޯދައިދެއްވަން ކަމަށެވެ. އަދި މިހާރުގެ ސަރުކާރުގެ ބޭފުޅުން އެމަނިކުފާނާމެދު ޙަސަދަވެރިކަމުގައި ކަމެއް ކުރާނަމަ، އެކަން ހުއްޓާލަން ރައީސް ޔާމީނު ގޮވާލެއްވިއެވެ. މިސަރުކާރުން މަސައްކަތް ކުރަނީ ބަދަލު ހިފުމުގެ ރޫޙުގައި ކަމަށް ތުހުމަތު ކުރެއްވިއެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި، ކުރީ ސަރުކާރުތަކުން ހިންގާފައި ހުރި ކޮރަޕްޝަނުގެ ޢަމަލުތައް ބަލާ އެމީހުންގެ ފަހަތުން ނުދުވާކަމަށް ވިދާޅުވެ، އެހެން ސިޔާސީ ލީޑަރުންވެސް އެފަދަ ވާދަވެރިކަން ގެންގުޅުން ހުއްޓާލުމަށް އެމަނިކުފާނު ތަކުރާރުކޮށް ގޮވާލެއްވިއެވެ.

ރައީސް ޔާމީނު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ނިންމި މަޝްރޫޢުތަކުގެ ބަދަލު ހޯދުމަށްޓަކައި މި ސަރުކާރުން އެއްވެސް ކޯޓަކަށް މިހާތަނަށް މައްސަލަ ހުށަހަޅާފައިނުވާ ކަމަށާއި އެމަނިކުފާނުގެ ސަރުކާރުގައި ހިންގި ހުރިހާ މަޝްރޫޢުތައް ހިންގާފައިވަނީ ޤާނޫނީ ލަފާ ހޯދައިގެން އެއާ އެއްގޮތަށް ކަމަށެވެ.

އަދި ރައީސް ކަމާއި ހަވާލުވެވަޑައިގެންނެވީ އެންމެ މޮޅަށް ރައީސްކަން ކުރެވޭނެކަން ޤަބޫލް ކުރާތީ ނޫންކަމަށާއި، ވެރިކަން ކުރަން މާ ބޮޑު ޝައުޤުވެރިކަމެއް އޮވެގެން ނޫންކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ޞާލިޙުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ރައީސް ޔާމީނު ވިދާޅުވީ ފުލުހުންނާއި ސިފައިންނާއި ނުލާ އެއްވެސް ކަމެއް މި ސަރުކާރަށް ނުކުރެވޭ ކަމަށާއި މިއީ "ކަނދޮޅު އިންދުމުގެ" ސަރުކާރެއް ކަމަށެވެ. އަދި ސަރުކާރަށް ބަންދު ކަނޑާފައި ތިން މަސް ނުވާ ކަން ތަކުރާރުކޮށް ވިދާޅުވެ، އެ ކުރު މުއްދަތުގައި މި ސަރުކާރުން ހުރިހައި ކަމަކަށް އަތް ބާނާފައިވާކަމަށް ވިދާޅުވިއެވެ. އެގޮތުން ކުރަން ނުޖެހޭ ހުރިހައި ކަމެއް ކޯޓުތައް މެދުވެރިކޮށް ކުރުވާފައި އެތަންތަން ފުނޑާލުމުގެ މަސައްކަތް މި ސަރުކާރުން ކުރައްވާ ކަމަށް ޔާމީނު ތުހުމަތު ކުރެއްވިއެވެ.

ރައީސް ޔާމީނުގެ މައްޗަށް ހިންގަމުންދާ ޝަރީޢަތަށް އަލިއަޅުއްވާލައްވާ ވިދާޅުވީ ދައުވާ ކާމިޔާބު ކުރެވޭނެ ކަމުގެ ޔަޤީންކަން އެބައޮތްކަމަށެވެ. އަދި ރައްޔިތުންގެ ދަރުބާރުން މި މައްސަލައާ ދޭތެރޭގައި ޙުކުމް ކޮށްފި ކަމަށާއި އެކަން ޤަބޫލު ނުކުރެވިގެން އުޅޭ ކަމަށް ޔާމީނު ވިދާޅުވިއެވެ.

ރައީސް ޞާލީހުގެ ވެރިކަން މިހާރު ޚުދުމުހުތާރު ވެރިކަމަށް ބަދަލުވެފައި އޮތް ކަމަށް ވިދާޅުވެ، ޔާމީނު ވަނީ މި ސަރުކާރަށް ފާޑުވިދާޅުވެ، ސަރުކާރުގެ ޤާބިލުކަމާމެދު ސުވާލު އުފައްދަވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 މެއި
ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި
20251 އަހަރު ކުރިން
ރާއްޖެ

ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!
20242 އަހަރު ކުރިން
ރިޕޯޓު

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން
20233 އަހަރު ކުރިން
ރާއްޖެ

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ
20197 އަހަރު ކުރިން
ރާއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!
20188 އަހަރު ކުރިން
ރިޕޯޓު

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު