Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފަލަސުރުޚީ

ނުކުޅެދުންތެރިކަމުގެ ބާވަތްތައް ވަކި ކުރުމުގެ އުޞޫލު ޢާންމު ކުރުމުގެ މަސައްކަތްތައް އެބަކުރަން: ޖެންޑަރ މިނިސްޓަރ

މިނިސްޓަރ ވިދާޅުވީ މިއީ ބަޖެޓުގައި އެކަށިގެންވާ އަދަދެއް ޖަހާލަން ކެރުނު ފުރަތަމަ ސަރުކާރު ކަމަށް

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 13 ނޮވެމްބަރު 2019 | ބުދަ 05:28
މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް

މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް

ނުކުޅެދުންތެރިކަމުގެ ބާވަތްތައް ވަކި ކުރުމުގެ އުޞޫލު ޢާންމު ކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި އެކި ޚިދުމަތްތައް ފުޅާ ކުރުމުގެ މަސައްކަތް ކުރަމުންދާތާ ގިނަ ދުވަސްތަކެއް ވެއްޖެ ކަމަށާއި އެގޮތުން އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ދިޔަ ކަމަށެވެ. ނަމަވެސް ވޭތުވެ ދިޔަ އަހަރުތަކުގައި ވެސް އެކަށިގެންވާ ޙައްލެއް ނުލިބޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މި ސަރުކާރަކީ ރާއްޖޭގައި އިޖްތިމާޢީ ކަންކަން ރަނގަޅު ކުރުމަށްޓަކައި ބަޖެޓުގައި އެކަށިގެންވާ ޢަދަދެއް ޖަހާލަން ކެރުނު ފުރަތަމަ ސަރުކާރު ކަމަށެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި އިޖްތިމާޢީ ރައްކާތެރިކަމާއި ގުޅުން ހުރި ކަންކަމަށް 3.9 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. އޭގޮތުން، ކުޑަ ކުދިންނާއި ގުޅުން ހުރި ޚިދުމަތް ދިނުމަށް ބޭނުންވާ ފެސިލިޓީސް ޤާއިމުކުރުމަށް 37 މިލިއަން، އުމުރުން ދުވަސްވީ މީހުންގެ މަރުކަޒެއް ހުޅުމާލެއާއި ލ. އަތޮޅުގައި ޤާއިމުކުރުމަށް 14 މިލިއަން، އަންހެނުންނަށް ފަރުވާދޭ ރެޒިޑެންޝަލް ފެސިލިޓީސް ޤާއިމުކުރުމަށް 7 މިލިއަން، އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ ފައިސާގެ ގޮތުގައި 53 މިލިއަން އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ ފައިސާގެ ގޮތުގައި 216 މިލިއަން ރުފިޔާ ބަޖެޓުގައި ކަނޑައަޅާފައިވެއެވެ.

ފަލަ ސުރުޚީ ޕްރޮގުރާމުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސަރުކާރުން ދޭ އިނާޔަތްތަކާއި، ފޯރުކޮށްދޭ ޚިދުމަތްތައް ތަރައްޤީ ކުރުމަށް ކުރަމުންދާ މަސައްކަތައް އަލިއަޅުއްވާލައްވަމުން މިނިސްޓަރ ވިދާޅުވީ، ނުކުޅެދުންތެރިކަމުގެ ބާވަތްތައް ވަކި ކުރުމުގެ އުޞޫލެއް ޢާންމު ކުރުމުގެ މަސައްކަތައް ކުރަމުން އަންނަ ކަމަށެވެ.

މިހެން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ކައިރި މުސްތަޤުބަލެއްގައި އުޞޫލުތައް ޢާންމު ކުރެވޭނެ ކަމަށެވެ.

އުޞޫލްތައް ޤާއިމުކުރުމުގެ ކުރިންވެސް އިތުރު މަސައްކަތްތަކެއް ކުރެވޭ ކަމަށާއި އެގޮތުން އެ މަސައްކަތް ނިމުމުގެ ކުރިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެމުންދާ އިނާޔަތްތަކުގެ ބޭނުން އެންމެ ބޮޑަށް ޖެހިފައިވާ ފަރާތްތަކަށް އިތުރު އެހީތެރިކަންދޭނެ ގޮތްތައް ދެނެގަނެ އެކަންކަން ތަޢާރަފު ކުރެވޭނެގޮތް ބަލަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން އެ ކަންތައްތައް ދެނެގަތުމަށްޓަކައި ދިރާސާތައް ކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި އެކަންތައްތަކަށް އަވަސް ޙައްލެއް ލިބިގެންދާނެ ކަމަށް ޤަބޫލުފުޅު ކުރައްވާކަމަށެވެ.

މިނިސްޓަރ ޝިދާތާ ވިދާޅުވީ ސަރުކާރުގެ މައިގަނޑު ވިސްނުމަކީ ދައުލަތުން ދޭ އިނާޔަތް ބޮޑު ކޮށްގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދިރިއުޅުން ތަރައްޤީ ކުރުމުގެ ބަދަލުގައި، އެފަދަ ފަރާތްތަކަށް ފުރުޞަތުތައް ތަނަވަސްކޮށްދީ އަމިއްލަ ފައި މައްޗަށް ތެދުވެވޭނެ ގޮތްތައްފަހިކޮށްދިނުން ކަމަށެވެ. އެގޮތުން ވަޒީފާގެ ފުރުޞަތުތަކާއި، އިނާޔަތް ދިނުމުގައި އޭގެ އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ ފަރާތްތައް ކަނޑައަޅާ އެ ފަރާތްތަކަށް އެހީތެރިވޭނެ ގޮތްތައް ހޯދޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ވިދާޅުވިއެވެ.

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ(އެންސްޕާ) ގައި ޤާއިމުކޮށްފައިވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފްތަރުގައި 8 ހާހާއި ގާތްކުރާ ޢަދަދަކަށް އެކިބާވަތްތަކުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ކުދިން ރަޖިސްޓަރީކޮށްފައިވެއެވެ.ނުކުޅެދުންތެރިކަން ހުންނަމީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއިމާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެޤާނޫނު (8/2010) ގެ ދަށުން، ދަފްތަރުގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް ޚާއްޞަ އިނާޔަތެއްގެ ގޮތުގައި ސަރުކާރުން ކޮންމެ މަަހަކު 2000 ރުފިޔާގެ އެލަވަންސެއް ދެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު