Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބަޖެޓް 2020

ބަޖެޓު ބޭނުންކޮށްގެން ކައުންސިލް އިންތިޚާބަށް ސަރުކާރުން ނުފޫޒު ފޯރުވަން މަސައްކަތްކުރާ ކަމުގެ ތުހުމަތު

12 ނޮވެމްބަރު 2019 | އަންގާރަ 17:04

ބަޖެޓް ހުށަހަޅާފައިވަނީ ކުރިޔަށް އޮތް ކައުންސިލް އިންތިޚާބަށް ނުފޫޒު ފޯރުވަން ކަމަށް ގަބޫލުފުޅު ކުރައްވާކަމަށް ޝަރީފު ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 12 ނޮވެމްބަރު 2019 | އަންގާރަ 17:04
މަޑުއްވަރީ ދާއިރާގެ މެމްބަރ އާދަމް ޝަރީފް

މަޑުއްވަރީ ދާއިރާގެ މެމްބަރ އާދަމް ޝަރީފް

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ރަށްރަށަށް ހިމަނާފައިވާ ކަންތައްތަކުން އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބަށް ސަރުކާރުން ނުފޫޒު ފޯރުވަން މަސައްކަތް ކުރާކަމަށް އިދިކޮޅު މެމްބަރުން ތުހުމަތު ކުރައްވައިފި އެވެ.

އިދިކޮޅު މެމްބަރުން އެގޮތަށް ތުހުމަތު ކުރައްވާފައިވަނީ އަންގާރަ ދުވަހު ކުރިޔަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސް ކުރައްވަމުންނެވެ. އެގޮތުން ބަޖެޓަށް ބަހުސްކުރައްވަމުން މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރ އާދަމް ޝަރީފް ވިދާޅުވީ ކޮންމެ އަހަރެއްގައިވެސް ކަންތައް ހިނގާގޮތުގެ މަތިން މިފަހަރުގެ ބަޖެޓްވެސް ހުށަހަޅާފައިވަނީ ކުރިޔަށް އޮތް ކައުންސިލް އިންތިޚާބަށް ނުފޫޒު ފޯރުވަން ކަމަށް ގަބޫލުފުޅު ކުރައްވާކަމަށެވެ. ނަމަވެސް، މިހާރު މިއޮތްގޮތަށް ބަޖެޓްގައި ހިމަނާފައިވާ ގޮތަށް ކަންތައްތައް ކުރެވިއްޖެނަމަ އެމެމްބަރު ނިސްބަތްވެ ވަޑައިގެންނަވާ މަޑުއްވަރީ ދާއިރާއަށް ކުރިއެރުންތަކެއް އަންނާނެކަމަށް އޭނާ ވިދާލުވިއެވެ.

Advertisement - newsAdvertisement

މިއަހަރު ކަންތައްތައް ދިޔަ ގޮތަށް ބަލާއިރު ދާއިރާއަށް ގިނަ ކަންތައްތަކެއް ކޮށްދީފައިނުވާކަމަށް ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ މިއީ ހަމައެކަނި ރައީސް އިބްރާހީމް މުހައްމަދު ޞާލިހަށް އެނގިވަޑައިގެން ކުރައްވާ ކަމެއް ގަބޫލުފުޅު ނުކުރައްވާކަމަށާއި ކޮންމެސް ސިފައެއްގައި ނަމަވެސް މިކަންކަން ހިނގަމުންދަނީ މިގޮތަށްކަމަށް ޝަރީފް ވިދާޅުވި އެވެ. މީގެއިތުރުން ޝަރީފް ވިދާޅުވީ މީދޫގައި ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އެ އިމާރާތުގެ ކަޑަ ޖެހުމާއި ހިސާބަށް ދިޔަކަމަށާއި މަޖިލީހުގެ އިންތިޚާބު ނިމުމުން އެ މަސައްކަތް ވަރަށް ބޮޑަށް ލަސްވެގެންދިޔަ ކަމަށެވެ. އެކަމާގުޅޭގޮތުން ހެލްތު މިނިސްޓަރާއި މަޖިލީހުގައި ސުވާލުކުރުމުން އެތަނަށް ބޭނުންވާ ބީއޯކިޔު ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވި ކަމަށް ޝަރީފް ވިދާޅުވި އެވެ.

އެހެންނަމަވެސް މިފަހަރުގެ ބަޖެޓް އާއިރު މީދޫ ސިއްހީ މަރުކަޒާއި މަޑުއްވަރީ ސިއްހީ މަރުކަޒުގެ އާއިމާރާތް ބަޖެޓްގައި ހިމަނާފައި ނުވާކަމަށާއި އެހެންކަމުން މިއީ ސަރުކާރުގެ ސިޔާސަތަށް ބަދަލު އައުންކަމަށް ޝަރީފް ވިދާޅުވި އެވެ. ޝަރީފް ވިދާޅުވީ ސަރުކާރުގެ ސިޔާސަތަށް އެގޮތަށް ބަދަލު އައުމަކީ ކޮންމެ ސަރުކާރެއްގައިވެސް ހިނގާ ކަމެއްކަމަށާއި ނަމަވެސް އެ ސިޔާސަތު ރައްޔިތުންނާ ހިސާބަށް މުއާމަލާތްކުރަންޖެހޭ ކަމަށް ދެކެވަޑައިގަންނަވާކަމަށް ޝަރީފު ވިދާޅުވި އެވެ.

ޝަރީފްގެ ވާހަކަތަކަށް ރައްދުދެއްވަމުން ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެމްބަރ އަބްދުﷲ ޝަހީމް އަބްދުލްހަކީމް ވިދާޅުވީ މިބަޖެޓަކީ ރައްޔިތުން ބޭނުންވާ ގޮތަށް ރައްޔިތުންގެ ބޭނުންތަކަށް ހުށަހަޅާފައިވާ ބަޖެޓެއްކަމަށެވެ. ސަރުކާރު އައީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހިދުމަތް ކުރަންކަމަށާއި ސަރުކާރުން ދަނީ ރާއްޖޭގެ ކޮންމެ ރަށަކަށްވެސް އެހީތެރިވަމުން ކަމަށް ޝަހީމް ވިދާޅުވި އެވެ. އެއީ ވަކި މީހަކު ވަކި ޕާޓީއެއްގައި ހުރުމުންވާ ގޮތެއް ނޫންކަމަށް ވިދާޅުވެ ޝަހީމް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބަށް ނުފޫޒު ފޯރުވާނީ ބަޖެޓުން ނޫންކަމަށެވެ.

ޝަހީމް ވިދާޅުވީ ރާއްޖެ ބަދަލުކުރަން ބަޔަކު ބޭނުންނުވާ ކަމަށެވެ. އަދި މިބަޖެޓުން ގިނަ ކަންތައްތަކެއް ހާސިލު ވަމުންދާކަމަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
10 ޖެނުއަރީ 2017

އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

10 ޖެނުއަރީ 2017
އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް