Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުބައިސްކޯފު އެޕް

ބައިސްކޯފަށް އަހަރެއް! މިއީ ހަމަ ދިވެހި ނެޓްފްލިކްސް!

12 ނޮވެމްބަރު 2019 | އަންގާރަ 03:33

އެ އެޕް އަކީ ދިވެހި ނެޓް ފްލިކްސްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރޭ

މުހައްމަދު މުސްތަފާ
މުހައްމަދު މުސްތަފާ | 12 ނޮވެމްބަރު 2019 | އަންގާރަ 03:33
ގިނަ ބަޔަކު ބޭނުންކުރާ ބައިސްކޯފު އެޕް

ގިނަ ބަޔަކު ބޭނުންކުރާ ބައިސްކޯފު އެޕް

ރާއްޖޭގެ ގައި މިހާރު "ބައިސްކޯފު" އޭ ބުނުމުން ނޭނގޭ މީހަކު ހުންނާނެ ހެން ހިޔެއް ނުވެއެވެ. އުމުރުން ދުވަސްވީ މީހުންނާއި ހާއްސަކޮށް ގިނަ އަދަދެއްގެ ޒުވާނުން ދަނީ އެ އެޕް ބޭނުން ކުރަމުންނެވެ. ގިނަ ބަޔަކު ސިފަކުރަނީ އެއީ "ދިވެހި ނެޓްފްލިކްސް" ގެ ގޮތުގައެވެ.

މިއަދަކީ އެ ބައިސްކޯފު ވުޖޫދިވިތާ އެއް އަހަރުވީ ދުވަހެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު 12 ވަނަ ދުވަހުގެ ރޭ ރަސްމީކޮށް އެ އެޕް ލޯންޗުކުރީ ކުލަ ގަދަ ހަފުލާއަކާ ވެސް އެކުއެވެ. އެދުވަހަށް ފަހު ގިނަ ބައެއްގެ ފޯނަށް ބައިސްކޯފު އިންސްޓޯލްކޮށް ބޭނުން ކުރަން ފެށިކަން ފާހަގަކޮށްލެވެއެވެ.

ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނުވި އެ އެޕަށް އަހަރެއް ފުރުން މިއަދު ފާހަގަ ކުރާއިރު ބައިސްކޯފުން ބުނަނީ ވަރަށް ވެސް ކާމިޔާބު ކަމަށެވެ. މިވަގުތުވެސް އެއްލައްކައަށް ވުރެ ގިނަ މީހުން ބައިސްކޯފު ބޭނުން ކުރާ ކަމަށް ބައިސްކޯފުން ބުނެއެވެ. އެއީ ރާއްޖޭގެ ނިސްބަތުން ބަލާއިރު ބޮޑު އަދަދެކެވެ.

އެހާގިނަ މީހުން އެ އެޕް ބޭނުން ކުރަނީ ބައިސްކޯފުގެ ޕްރޮޑަކްޓްތައް ހަމަ އަސްލަށް ވެސް "ސަޅި" ކަމުންނެވެ. މީގެ ކުރިން ޔޫޓިއުބުން ވެސް ބަލާލަން ނުލިބި ހުރި ދިވެހި ފިލްމުތައް ވެސް އެ އެޕުން ބަލާލަން ލިބޭ ކަމުން ދިވެހި ފިލްމުތަކަށް ލޯބިކުރާ އޯޑިއަންސް މިއަދު ނުހަނު އުފާކުރެއެވެ.

ފިލްމުގެ އިތުރުން ރާއްޖޭގައި ފަނޑުވެފައިތިބި ފަންނުވެރިންގެ ފަންނު ވެސް އެ އެޕުން މިހާރު ފެނެއެވެ. ރީތި އަޑުތަކުން ކިޔާފައިވާ ލަވަތައް ބައިސްކޯފުގައި ގިނަ ކަން ފާހަގަކޮށްލެވޭ އިރު ވީޑިއޯ އަދި އޯޑިއޯ އަލްބަމްތައް ވެސް ބައިސްކޯފުގައި އެބަ ހުއްޓެވެ.

ބައިސްކޯފުން ގެނެސްދޭ ތަފާތު ޓީވީ ޝޯތަކަށް ބެލުންތެރިންގެ ތަރުހީބު ވަނީ އިންތިހާއަށް ބޮޑުވެފައެވެ. މިދިޔަ ރޯދަ މަހުގައި ވެސް ޝައުގުވެރި އެތައް ޑްރާމާތަކެއް ވެސް ބައިސްކޯފުން ގެނެސްދިންކަން ފާހަގަކޮށްލެވެއެވެ.

އޭގެ އިތުރުން ރާއްޖޭގައި ފުރަތަމަ އުފެއްދި ވެބް ސީރީޒް "ހުވާ" އަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނެވެ. ހުވާގެ އެޕިސޯޑުތައް އަޕްލޯޑްކުރާ ވަގުތު އެ ސީރީޒް ބަލަން ބައިސްކޯފަށް އެއްފަހަރާ މީހުން ވަންނަން އުޅުމުގެ ސަބަބުން އެޕުގެ ސަރވާއަށް ވެސް ނުކުޅެދިގެން ދިޔައެވެ. "އެހެނަސް" އަކީ ގިނަ ބައެއްގެ ސަމާލުކަން ދަމައިގަނެ ބައިސްކޯފުން ސްޓްރީމްކުރަމުންދާ ސީރީޒެކެވެ.

މަދަހަ އާއި ޓީވީ ޗެނަލްތަކުގެ އިތުރުން ކުޑަ ކުދިންގެ އެކި އެކި ޕްރޮގްރާމުތައް ވެސް ބަލާލެވޭނެ ގޮތަށް ބައިސްކޯފު ފަރުމާކޮށްފައިވަނީ ހުރިހާ އުމުރުފުރައެއްގެ މީހުންނަށް އެކަށީގެންވާ ގޮތަކަށެވެ. ގިނަ އަދަދެއްގެ ފިލްމު ތަކާއި އޯޑިއޯ ޕްރޮޑަކްޓްތައް އަދި ސީރީޒްތައް ލައިގެން 30 އަށް ވުރެ ގިނަ ބައިސްކޯފު އޮރިޖިނަލް ޕްރޮޑަކްޓްސް މިވަގުތުވެސް އެ އެޕުގައި ވެއެވެ.

ބައިސްކޯފުން އަންނަނީ އެއް އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ރީތި ދިވެހި ފިލްމުތަކެއް ވެސް ބެލުންތެރިންނަށް ގެނެސްދޭން ތައްޔާރުވަމުންނެވެ. އެގޮތުން ގިނަ ބައެއްގެ ތައުރީފާއި ބޮޑު ތަރުހީބެއް ލިބުނު "ބޮސް" އާއި އެތަކެއް އަހަރުތަކެއް ވަންދެން ރިލީޒްނުވެ އޮތް "މާޔޫސް" ވެސް މި މަހުގެ ތެރޭގައި ބައިސްކޯފަށް އަންނާނެއެވެ. އޭގެ އިތުރަށް ބިރުވެރި ފިލްމު "ދައުވަތު" ވެސް މިއަދު ބައިސްކޯފުގައި ސްޓްރީމް ކުރަން ހަމަޖެހިފައިވާއިރު މުޅިން އާ ޑްރާމާ ސީރީޒް "ހާސާ" ވެސް މި މަހުގައި ދައްކަން ފަށާނެއެވެ.

ކުރިޔަށް އޮތް ނުވަވަނަ ގައުމީ ފިލްމު އެވޯޑްސްގެ ޓައިޓަލް ސްޕޮންސަރަކީ ވެސް ބައިސްކޯފެވެ. ބައިސްކޯފުގެ ޓީމުން ތިބީ ކުރިޔަށް އޮތްތަނުގައި ވެސް ބެލުންތެރިން ޝައުގުވެރިވާނެ އެތައް ޕްރޮޑަކްޓަކެއް ގެނެސްދިނުމަށް އަތުކުރި އޮޅާލައިގެންނެވެ. ގިނަ ބަޔެއްގެ އިތުބާރު ހޯދާފައިވާ ބައިސްކޯފަކީ ފޯނަށް އިންސްޓޯލްކޮށްލަން ހަމަ އެއްވަނައިގެ އެޕެކެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

12 މާރިޗު 2017

ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު

12 މާރިޗު 2017
ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު
10 މާރިޗު 2017

ދިވެހި ވެލީގައި ގައުމީ އިހްސާސްވޭ ހެއްޔެވެ؟

10 މާރިޗު 2017
ދިވެހި ވެލީގައި ގައުމީ އިހްސާސްވޭ ހެއްޔެވެ؟
09 މާރިޗު 2017

އިދިކޮޅަށް ފުރުސަތު ނުދީ ކުރާ "ހަމަހަމަ" ކެމްޕެއިން!

09 މާރިޗު 2017
އިދިކޮޅަށް ފުރުސަތު ނުދީ ކުރާ "ހަމަހަމަ" ކެމްޕެއިން!
02 މާރިޗު 2017

މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން

02 މާރިޗު 2017
މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން
14 ފެބުރުއަރީ 2017

ނިމިދިޔަ އަހަރު ސަތޭކައަށް ވުރެ ގިނަ ނޫސްވެރިން މަރާލި އަހަރެއް

14 ފެބުރުއަރީ 2017
ނިމިދިޔަ އަހަރު ސަތޭކައަށް ވުރެ ގިނަ ނޫސްވެރިން މަރާލި އަހަރެއް
14 ފެބުރުއަރީ 2017

ހަމަ އެންމެ ފޮޓޯއަކުން ސަރުކާރުގެ ޙާލަތު!

14 ފެބުރުއަރީ 2017
ހަމަ އެންމެ ފޮޓޯއަކުން ސަރުކާރުގެ ޙާލަތު!
26 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތައް ސައިޒުކުރުމަށް ނާތަހުޒީބު އުކުޅުތަކެއް! މިއީ ގަޓްހުރުމެއް ނޫން

26 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތައް ސައިޒުކުރުމަށް ނާތަހުޒީބު އުކުޅުތަކެއް! މިއީ ގަޓްހުރުމެއް ނޫން
12 ޖެނުއަރީ 2017

މިހާރުގެ ހާލަތަށް ބަލާއިރު ދިވެހި ފިލްމީ ދާއިރާއަށް ކުރިއެރުމެއް ނެތް

12 ޖެނުއަރީ 2017
މިހާރުގެ ހާލަތަށް ބަލާއިރު ދިވެހި ފިލްމީ ދާއިރާއަށް ކުރިއެރުމެއް ނެތް
10 ޖެނުއަރީ 2017

ކޮރަޕްޝަން: ޔަހޫދީންނަށް ބޮޑުވަޒީރާ ސުވާލުކުރެވޭ، ދިވެހިންނަށް ރައީސްއާ ސުވާލުނުކުރެވޭ!

10 ޖެނުއަރީ 2017
ކޮރަޕްޝަން: ޔަހޫދީންނަށް ބޮޑުވަޒީރާ ސުވާލުކުރެވޭ، ދިވެހިންނަށް ރައީސްއާ ސުވާލުނުކުރެވޭ!
08 ޖެނުއަރީ 2017

ދިވެހި ދައުލަތް އޯވަހޯލް ކުރަން ޖެހިފައި!

08 ޖެނުއަރީ 2017
ދިވެހި ދައުލަތް އޯވަހޯލް ކުރަން ޖެހިފައި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް