Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ޖުމްހޫރިއްޔާއަށް 51 އަހަރު: އަދިވެސް ރައްޔިތުންގެ ވެރިކަމެއްގެ އިންތިޒާރުގައި!

11 ނޮވެމްބަރު 2019 | ހޯމަ 18:59

ނުރަނގަޅު ލޭބަލެއް ނޭޅުވޭ ވެރިއަކު ރައީސްކަން ކުރައްވާފައި ނުވޭ

އަމަން ހަލީމް
އަމަން ހަލީމް | 11 ނޮވެމްބަރު 2019 | ހޯމަ 18:59
ޖުމްހޫރީ މައިޒާން

ޖުމްހޫރީ މައިޒާން

މީގެ 51 އަހަރު ކުރިން ދިވެހިން ހިޔާރުކުރި ޖުމްހޫރީ ވެރިކަމަކީ އޭގެ ޒާތުގައި ރައްޔިތުންނާ ހިސާބުން އެ ވެރިކަމެއްގެ ބާރު ފެށިގެން އައިސް، ހަމަ އެ ރައްޔިތުންނާ ހިސާބުން އެ ވެރިކަމުގެ ބާރުތައް ނިމިގެންދާ ނިޒާމެކެވެ. ޒަމާނުއްސުރެން ރާއްޖޭގައި އޮތް ވިރާސީ ވެރިކަމުގެ ނިޒާމު ނިމުމަކަށް ގެނެސް އަލުން އަނބުރާ ޖުމްހޫރީ ވެރިކަމެއް ދިވެހިން އިހްތިޔާރު ކުރީ އޭގެ ފަހަތުގައި ބައިވަރު ސަބަބުތަކެއް އޮވެގެން ކަމާއި މެދު ޝައްކެއް ވެސް ނެތެވެ.

ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ޖުމްހޫރީ ވެރިކަމެއް ކުރެއްވީ ސުމުއްވުލް އަމީރު މުހައްމަދު ދޮށިމޭނާ ކިލޭގަފާނެވެ. މި ލިޔުމުގައި ރާއްޖެއަށް ފުރަތަމަ ޖުމްހޫރީ ވެރިކަމެއް އައި ގޮތައް ބަލާލުން ވެސް މުހިންމު ކަމުގައި ދެކެމެވެ. އެމަނިކުފާނު ރާއްޖޭގެ ވެރިކަމަށް އިސްކުރެވުނީ ރާއްޖޭގައި ވެރިއަކު ނެތި ދިހަ އަހަރު ވާން ގާތްވެފައި ވަނިކޮށެވެ. ނަމަވެސް، 1953 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ރާއްޖޭގެ ފުރަތަމަ ރައީސްގެ ގެތުގައި އިސްކުރެވުނު އަމީން ދީދީއަށް ރައީސްކަން ކުރެއްވުނީ އެންމެ ހަތް މަސް ވާންދެނެވެ. އަނެއްކާވެސް ދިވެހިރާއްޖޭގެ ނިޒާމު ރަސްކަމުގެ ނިޒާމަކަށް ބަދަލުވެގެން ދިޔައެވެ.

ރަސްކަމުގެ ތަހުތައް އިސްކުރެވުނު އައްސުލްތާން މުހައްމަދު ފަރީދުލް އައްވަލްގެ ރަސްކަމުގައި، އަނެއްކާވެސް ރާއްޖޭގައި އޮންނަން ފެންނަން ނިޒާމަކާއި މެދު ބަހުސް އުފެދުނެވެ. އޭރު ރާއްޖޭގެ ބޮޑުވަޒީރަކަށް ހުންނެވީ އިބްރާހިމް ނާސިރެވެ. ނިޒާމާ ބެހޭގޮތުން ދިވެހިންގެ ތެރޭގައި ކުރެވެމުންދިޔަ ބަހުހަށް ނިމުމެއް ގެނައުމުގެ ގޮތުން، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ނިންމިއެވެ. 1968 ވަނަ އަހަރުގެ މާޗް މަހު ނެގި ވޯޓުގައި، ވޯޓުލީ މީހުންގެ 97 އިންސައްތަ ނިންމީ ރާއްޖޭގައި ބާއްވަން ފެންނަނީ ރިޔާސީ ނިޒާމެއް ކަމަށެވެ. އެހިސާބުން އެ މަސައްކަތް ފެށިގެން ގޮސް، 1968 ވަނަ އަހަރުގެ ނޮވެމްބަރު 11 ވަނަ ދުވަހު ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސްއަކަށް އިބްރާހިމް ނާސިރު ހުވާކުރެއްވިއެވެ.

މިއަދާ ހަމައަށް ދެވަނަ ޖުމްހޫރިއްޔާގެ ރައީސްކަން ތަފާތު ފަސް ބޭފުޅަކު ކުރައްވައިފިއެވެ. މިއަދު ރައީސްކަމުގައި ހުންނެވި އިބްރާހިމް މުހައްމަދު ސޯލިހުއަކީ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ހަވަނަ ރައީސްއެވެ. ހިތާމަޔަކީ، އަދިވެސް ދިވެހި ރައްޔިތުން ބޭނުންވާ އަދި އެންމެހާ ރައްޔިތުން ފަހުރުވެރިވާ ވަރުގެ ވެރިޔަކު މި ރާއްޖޭގައި ވެރިކަން ކުރައްވާފައި ނެތުމެވެ. ބަޔަކު މިކަމާ ރުހުނަސް ނުރުހުނަސް މިއީ ހަގީގަތެވެ.

މި ރާއްޖޭގައި ވެރިކަން ކުރެއްވި ފަރާތްތަކުގެ ތެރެއިން ބޮލުގައި ބޮޑު އިލްޒާމެއް ނުވަތަ ނުރަނގަޅު ލޭބަލެއް އެޅުވިފައިނުވާ އެއްވެސް ރައީސަކު ނެތެވެ. އަދި ވެރިކަމަށް އައުމަށް ފަހު، ރައްޔިތުންގެ މަތިން ހަނދާން ނެތޭ ވާހަކައަކީ، ތާއަބަދުމެ ރައްޔިތުންގެ ތެރޭގައި ދެކެވޭ ވާހަކައެކެވެ. ވީ ވައުދުތައް މަތިން ހަނދާން ނެތި، ގާތް މީހުންނަށާ ސަޕޯޓަރުން އިސްކުރާ ވާހަކައެވެ.

ކޮންމެ ރައީސަކުވެސް ރާއްޖޭގެ ތަރައްގީއަށް ކޮންމެވެސް ކަމެއް ނުކޮށްދެއެކޭ އަޅުގަނޑު ނުދައްނަވަމެވެ. ރައީސް ނާސިރަކީ މި ރާއްޖޭ މިއަދު ދެކެމުން މިދާ ޒަމާނީ ތަރައްގީގެ ބިންގާ އެޅުއްވި ފަރާތެވެ. ރައީސް މައުމޫން އެ ބިންގާ އިތުރަށް ވަރުގަދަކޮށް ރާއްޖޭގެ އިގްތިސާދަށް ހެޔޮ ބަދަލުތަކެއް ގެންނެވިއެވެ. ރައީސް ނަޝީދު ރާއްޖޭއަށް ޒަމާނީ ޓެކްސްގެ ނިޒާމެއް ތައާރަފްކުރައްވާ ހަރުދަނާ ވެލްފެއަރ ނިޒާމެއް ދިވެހިންނާ ހަމައަށް ގެނެސްދެއްވިއެވެ. ރައީސް ޔާމީން ވެސް ރާއްޖެ ނުދެކޭހާ އުމްރާނީ ތަރައްގީ ގެނެސްދެއްވިއެވެ.

މިހާރުވެސް އެހާރުވެސް ދިވެހި ރައްޔިތުން އެދުނީ އެންމެ ކަމަކަށެވެ. އެއީ ރައްޔިތުންގެ އަޑުއަހާ ރައްޔިތުންނާ ގާތުން ވެރިކަން ކުރާ ވެރިއެއްގެ ވެރިކަމަކަށެވެ. އެއްވެސް ރައްޔިތަކު އިސްތިސްނާ ނުވާނެހެން، ރައްޔިތުންގެ އުދާސްތަކަށް ލުޔެއް ގެނެސްދޭނެ ވެރިކަމެކެވެ. އެންމެން ބޭނުންވާހާ ކަމެއް ނުވިޔަސް، އެންމެހާ ރައްޔިތުންގެ މަންފާއާ ލާބައަށް މަސައްކަތް ކުރާނެ ވެރިއެކެވެ. އަދިވެސް ދިވެހިން ތިބީ ހަމަ އެ އިންތިޒާރުގައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

20 މެއި 2017

އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟

20 މެއި 2017
އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟
15 އެޕްރީލު 2017

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް: އިސްލާހުވާން އެދޭނަމަ ފުރުސަތު ނަގާނުލާ!

15 އެޕްރީލު 2017
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް: އިސްލާހުވާން އެދޭނަމަ ފުރުސަތު ނަގާނުލާ!
03 އެޕްރީލު 2017

ފުލުހުން ލައްވާ ރައްޔިތުންގެ ލޮލަށް ގޮވުން

03 އެޕްރީލު 2017
ފުލުހުން ލައްވާ ރައްޔިތުންގެ ލޮލަށް ގޮވުން
30 މާރިޗު 2017

ޝަރީއަތް ނިމެންދެން ވާނުވާގައި ހަ އަހަރު: ދެ ފަރާތަށް ވެސް ދެވޭ އަނިޔާއެއް؟

30 މާރިޗު 2017
ޝަރީއަތް ނިމެންދެން ވާނުވާގައި ހަ އަހަރު: ދެ ފަރާތަށް ވެސް ދެވޭ އަނިޔާއެއް؟
18 މާރިޗު 2017

ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

18 މާރިޗު 2017
ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!
17 މާރިޗު 2017

ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

17 މާރިޗު 2017
ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!
19 ފެބުރުއަރީ 2017

19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 ފެބުރުއަރީ 2017
19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް
14 ފެބުރުއަރީ 2017

ނިމިދިޔަ އަހަރު ސަތޭކައަށް ވުރެ ގިނަ ނޫސްވެރިން މަރާލި އަހަރެއް

14 ފެބުރުއަރީ 2017
ނިމިދިޔަ އަހަރު ސަތޭކައަށް ވުރެ ގިނަ ނޫސްވެރިން މަރާލި އަހަރެއް
07 ފެބުރުއަރީ 2017

"ބަޣާވާތަށް" ފަސް އަހަރު: އެ ދުވަހަށް ވުރެ މިއަދުގެ ހާލަތު މާ ގޯސް!

07 ފެބުރުއަރީ 2017
"ބަޣާވާތަށް" ފަސް އަހަރު: އެ ދުވަހަށް ވުރެ މިއަދުގެ ހާލަތު މާ ގޯސް!
28 ޖެނުއަރީ 2017

މަންމަގެ އަނިޔާތަކުން އިބްތިހާލް މަރުވިތާ ދެއަހަރު، އިންސާފް ލިބޭނެ ދުވަހެއް ނޭނގޭ

28 ޖެނުއަރީ 2017
މަންމަގެ އަނިޔާތަކުން އިބްތިހާލް މަރުވިތާ ދެއަހަރު، އިންސާފް ލިބޭނެ ދުވަހެއް ނޭނގޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް