Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގާނޫނުއަސާސީއަށް ހުށަހެޅުނު އިސްލާހެއް

ކައުންސިލްތަކުގެ ދައުރު 5 އަހަރަށް އިތުރު ކުރުމަށް ކޮމެޓީން ފާސްކޮށްފި

11 ނޮވެމްބަރު 2019 | ހޯމަ 12:11

މިހާރު ގާނޫނުއަސާސީގައި އޮންނަނީ ތިން އަހަރުގެ ދައުރެއް ކަމަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 11 ނޮވެމްބަރު 2019 | ހޯމަ 12:11
ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީގެ މުގައްރިރު، އަދި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު-

ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީގެ މުގައްރިރު، އަދި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު-

ކައުންސިލްތަކުގެ ދައުރު ފަސް އަހަރަށް އިތުރު ކުރުމަށް ރައްޔިތުންގެ މަޖީހުގެ ކޮމެޓީން ފާސްކޮށްފި އެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އިންތިހާބު ކުރެވޭ ކައުންސިލްތަކުގެ މިހާރުގެ ދައުރަކީ ތިން އަހަރު ދުވަހެވެ. ތިން އަހަރުގެ ދައުރަކީ ކައުންސިލްތަކަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރުމަށާއި ގާބިލް މީހުން ކައުންސިލްތަކަށް ކުރިމަތި ލުމަށް އޮތް ހުރަހެއް ކަމަށްދެކި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފަރާތުން ވަނީ ކައުންސިލްތަކުގެ ދައުރު ފަސް އަހަރަށް އިތުރު ކުރުމަށް ގާނޫނުއަސާސީއަށް އެބަދަލު ގެނައުމަށް ހުށަހަޅާފަ އެވެ.

Advertisement - newsAdvertisement

ކައުންސިލްތަކުގެ އުމުރު ފަސް އަހަރަށް އިތުރު ކުރުމަށް ކޮމެޓީން ނިންމައި، މަޖިލީހުގައި އެމަސައްކަތް ކުރަމުންދާއިރު، މިއީ ރައީސް ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.

ކައުންސިލްތަކުގެ އުމުރު އިތުރުކުރުމަށް ގާނޫނުއަސާސީއަށް ސަރުކާރުން އިސްލާހު ހުށައެޅުއްވި ގޮތަށް އިތުރު ބަދަލުތަކެއް ނުގެނެސް ކޮމިޓިން ފާސްކޮށްފައިވަނީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.

ގާނޫނުއަސާސީއަށް ގެންނަން އިސްލާހަކަށް ވާތީ، އެބިލް ދިރާސާކޮށްފައިވަނީ މުޅި މަޖިލީހުގެ ކޮމެޓީން ހޮއްވެވި، 11 މެމްބަރުންގެ ވަގުތީ ކޮމެޓީއަކުން ނެވެ.

ސަރުކާރުގެ ފަރާތުން ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ހުށަހެޅުއްވި އެބިލްގެ މައިގަނޑު ބޭނުމަކީ، ކައުންސިލްތަކުގެ އުމުރު ފަސް އަހަރަށް އިތުރު ކުރުމާއި، ކައުންސިލްތަކުގެ ރައީސުންނާއި ނައިބު ރައީސުންނަކީ ސީދާ ރައްޔިތުންގެ ސިއްރު ވޯޓަކުން އިންތިހާބުކުރެވޭ ބައެއްކަމުގައި ހަމަޖެއްސުމަށްޓަކައި ހުށަހެޅުނު އިސްލާހެކެވެ.

މުޅި މަޖިލީހުގެ ވަގުތީ ކޮމެޓީން އެގޮތަށް ފާސްވިނަމަވެސް އެބިލް މަޖިލީހުން ފާސްވެ، ގާނޫނުއަސާސީއަށް އެބަދަލު ގެނެވޭނީ، މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަޣްލަބިއްޔަތުން ފާސްވެ، ރައީސުލްޖުމްހޫރިއްޔާ އެބިލް ތަސްދީގު ކުރެއްވުމުން ނެވެ.

އެބިލް ރައްޔިތުންގެ މަޖިލީހުން ފާސްވެ، ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމުން، އަންނަ އަހަރުގެ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ކޮންމެ ކައުންސިލެއްވެސް އިންތިޚާބުކުރާނީ ފަސްއަހަރު ދުވަހުގެ މުއްދަތަކަށެވެ.

ގާނޫނުއަސާސީއަށް ގެނެވޭ މިބަދަލާއެކު، ރާއްޖޭގެ ރައްޔިތުންގެ ވޯޓަކުން އިންތިހާބު ކުރެވޭ ކައުންސިލްތަކުގެ ދައުރާއި ރައްޔިތުންގެ މަޖިލީހުގެ ދައުރާއި ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ދައުރު ފަސް އަހަރު ދުވަހުގެ މުއްދަތު އެއްގޮތް ކުރެވިގެންދާނެ އެވެ.

ކައުންސިލްތަކުގެ އުމުރު ފަސް އަހަރަށް އިތުރު ކުރުމަށް ގާނޫނުއަސަސީއަށް ބަދަލު ގެންނައިރު، ލާމަރުކަޒީ ގާނޫނަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ވަނީ މަޖިލީހަށް އިސްލާހެއް ހުށަހަޅާފަ އެވެ. އެބިލްގެ މަސައްކަތް މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީން ދަނީ ކުރަމުން ނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ

31 ޖެނުއަރީ 2017
ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ
30 ޖެނުއަރީ 2017

ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި

30 ޖެނުއަރީ 2017
ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
24 ޖެނުއަރީ 2017

ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ

24 ޖެނުއަރީ 2017
ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް