Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕީޕީއެމް- މަގުމަތީ ހަރަކާތް

މަގުމައްޗަށް ނިކުމެ، މި ސަރުކާރާ ދެކޮޅަށް އަޑުއުފުލުމަށް ޕީޕީއެމުން ގޮވާލައިފި

ރައީސް ޔާމީނުގެ މައްޗަށް ކުރަނީ ސިޔާސީ ދަޢުވާއެއް ކަމަށް ޕީޕީއެމުން ބުނޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 11 ނޮވެމްބަރު 2019 | ހޯމަ 09:40
މީގެކުރިން ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

މީގެކުރިން ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމަކީ ހަމައެއް ލަމައެއްނެތް ވެރިކަމެއް ކަމަށްބުނެ، މިސަރުކާރާ ދެކޮޅަށް ދިވެހި ރައްޔިތުން މަގުމަށްޗަށް ނިކުންނަން އިދިކޮޅު ޕީޕީއެމާއި ޕީއެންސީ ކޯލިޝަނުން ގޮވާލައިފި އެވެ.

ޕީޕީއެމް އޮފީހުގައި ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވީ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް ޢަބްދުﷲ ޔާމީނުގެ މައްޗަށް ހިންގަވަނީ ސިޔާސީ ދައުވާއެއް ކަމަށާއި އެދަޢުވާއާ ދެކޮޅަށް، ހޯމަ ދުވަހުގެ ރޭ ޕީޕީއެމް އޮފީސް ދޮރުމަތީ މުޒާހަރާ ކުރުން އޮންނާނެ ކަމަށާއި ދިވެހި ރައްޔިތުން މިކަމުގައި ބައިވެރިވުމަށް އެދިލައްވާ ކަމަށެވެ.

Advertisement - newsAdvertisement

ޢަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީނުގެ އުފުލާފައިވާ މަނީ ލޯންޑަރ ކުރުމުގެ ކުށުގެ ދަޢުވާއަކީ ފުލުހުން ހިންގި ތަހުޤީޤުގެ މައްޗަށް ކޮށްފައިވާ ދަޢުވާއެއް ނޫން ކަމަށެވެ. ޢަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީނުގެ މައްޗަށް ފުލުހުން ހިންގި ތަހުޤީޤާއި ކޯޓުގައި އުފުލާފައިވާ ދަޢުވާއާ ދިމާ ނުވާކަމަށާއި، ފަޅުރަށެއް ކަމަށްވާ ގއ. ބޮޑުމުއްލާގެ މައްސަލައެއް ފުލުހުން ތަހުޤީޤު ކޮށްފައި ނުވާކަމަށެވެ. ނަމަވެސް ރައީސް ޔާމީނުގެ މައްޗަށް ކޮށްފައިވާ ދަޢުވާއަކީ ގއ.ބޮޑުމުއްލާ އާ ގުޅުންހުރި ދަޢުވާއެއް ކަމަށްވެސް ޢަބްދުރަހީމް ވިދާޅުވި އެވެ.

ޢަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީނުގެ މައްޗަށް ހިންގަނީ ސިޔާސީ ޝަރީއަތެއް ކަމަށާއި އެކަން އެންމެބޮޑަށް ކަށަވަރުވާ އެއްސަބަބަކީ އެދަޢުވާގެ ޙުކުމް ކުރަން ކުޑަ ވަގުތު ކޮޅަކަށް ވެފައިވަނިކޮށް، އެމައްސަލަ ބައްލަވާ، ކްރިމިނަލް ކޯޓުގެ އިސް ޤާޟީ އަޙްމަދު ހައިލަމް ސަސްޕެންޑް ކުރުން ކަމަށެވެ.

މީގެއިތުރުން، އަބްދުއްރަހީމް ވިދާޅުވީ އެމްޑީޕީއަށް ސަރުކާރު ހިންގަން ލިބޭއިރަށް، ކޯޓުތަކަށް އަތް ބާނަމުންދާ ކަމަށެވެ. އެގޮތުން މީގެކުރިން ވެސް އެމްޑީޕީން މަގުމަތީ ކޯޓެއް ވެސް ހެދި ކަމަށާއި، އަދި ސުޕްރީމް ކޯޓާއި ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގައި ތަޅު އެޅުވި ކަމަށެވެ. އަނެއްކާ ވެރިކަމަށް އައިސް ކޯޓުތަކަށް ނުފޫޒު ފޯރުވާ، ޖޭއެސްސީއަކީ އެމްޑީޕީގެ ގޮތްޕެއްގެ ގޮތުގައި ފެންނަމުންދާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ޢަބްދުއްރަހީމް ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަން ބަދަލު ކުރުމަށް ކުރަންޖެހޭ ހުރިހާކަމެއް އިދިކޮޅު ކޯލިޝަނުން ކުރާނެ ކަމަށެވެ.

ރައީސް ޔާމީނުގެ މައްޗަށް ކުރަނީ ސިޔާސީ ދަޢުވާއެއް ކަމަށް އަބްދުއްރަހީމް ވިދާޅުވާއިރު، ރައީސް ޔާމީނުގެ މައްޗަށް ކުރަނީ، ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަވައި، އަމިއްލަ ކުންފުންޏެއް ކަމަށްވާ އެސްއޯއެފް ކިޔާ ކުންފުންޏެއްގެ މެދުވެރިކޮށް، ދެ ފަހަރެއްގެ މަތިން އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށްފައިވާތީ، މަނީ ލޯންޑަރ ކުރުމުގެ ކުށުގެ ދަޢުވާއެވެ.

އެފައިސާ ރައީސް ޔާމީނުގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށްފައިވާއިރު، އެއީ ކޮންގޮތަކަށް ހޯދި ކޮން ފައިސާއެއްކަން ރައީސް ޔަމީނަށް ވިދާޅުވެ ނުދެވުނުއިރު، އެމަނިކުފާނު ވިދާޅުވަނީ އެއީ ޕީޕީއެމްގެ ކެމްޕެއިންނަށް ލިބިފައިވާ ފައިސާ ކަމަށެވެ.

ނަމަވެސް، އެފައިސާގެ މުޢާމަލާތުގައި ބައިވެރިވި، ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ކޯޓުގައި ހެކިބަސް ދެއްވަމުން ވިދާޅުވީ، އެފައިސާ ޖަމާކޮށްފައިވަނީ، ސީދާ ރައީސް ޔާމީން އަމިއްލަފުޅު ބޭނުމަށް އެމަނިކުފާނު އެދިވަޑައިގެންނެވުމުގެ މަތިން ކަމަށެވެ. އަދި އެދުވަސްވަރަކީ އެއްވެސް ކެމްޕެއިނެއް އޮތް ދުވަސްވަރެއް ނޫންކަމަށް ވެސް އަދީބު ވިދާޅުވެފައި ވެއެވެ.

ކުރީގެ ރައީސް ޔާމީނުގެ ސަރުކާރަކީ މިހާތަނަށް ދައުލަތުން ހިންގި އެންމެބޮޑު ޚިޔާނާތް ހިންގި ސަރުކާރު ކަމަށް ދައުލަތުގެ އިދާރާތަކުން ދަނީ ބުނަމުންނެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައި، ސިޔާސީ ފަރާތްތަކުންގެ މައްޗަށް ގިނަ ޝަރީޢަތްތަކެއް ހިންގިކަމުގެ ތުހުމަތުތަކެއް ކުރެވިފައިވާއިރު، އެފަދަ ބައެއް ސުލޫކީ މައްސަަލަތަކުގައި ލިބިފައިވާ ހެކިތަކާއި ގުޅިގެން ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲދީދީ ވަނީ މަޤާމުން ވަކިވެސް ކޮށްފަ އެވެ. އަދިވެސް ބައެއް ފަނޑިޔާރުންނާ ގުޅޭ ސުލޫކީ ގިނަ މައްސަލަތަކެއް ޖޭއެސްސީން ދަނީ ތަހުޤީޤު ކުރަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި

ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި

02 ފެބުރުއަރީ 2017
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

30 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

6 މެއި
"ޕްރިންސް އޮފް މަޑަގަސްކަރަ"!
20251 އަހަރު ކުރިން
ރިޕޯޓު

"ޕްރިންސް އޮފް މަޑަގަސްކަރަ"!

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!
20242 އަހަރު ކުރިން
ރިޕޯޓު

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް
20233 އަހަރު ކުރިން
މީހުން

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"
20224 އަހަރު ކުރިން
ރާއްޖެ

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް

ބިލެތުގެ ސިއްހީ ބައެއް ފައިދާ!
20197 އަހަރު ކުރިން
ސިއްހަތު

ބިލެތުގެ ސިއްހީ ބައެއް ފައިދާ!

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު