Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލިސް 2019

ކެމިކަލް ރެގިއުލޭޓް ކުރުމާއި ބެހޭ ބިލެއް ހުށަހެޅުމަކީ މުހިއްމު ކަމެއް: މަޖިލީހުގެ އެންވަޔަރަންމަންޓް ކޮމިޓީ

10 ނޮވެމްބަރު 2019 | އާދީއްތަ 07:07

ބިލް މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް | 10 ނޮވެމްބަރު 2019 | އާދީއްތަ 07:07
ކަރާ ދަނޑު

ކަރާ ދަނޑު

ކެމިކަލް ރެގިއުލޭޓް ކުރުމާއި ބެހޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަކީ މުހިއްމުކަމެއް ކަމަށް ކޮމެޓީގެ މެމްބަރުން ދެކި ވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީން ދިރާސާކޮށް "ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް އާއި ބެހޭ" ބިލް ދިރާސާކޮށް އެކުލަވާލި ރިޕޯޓުން ދައްކައިފިއެވެ.

ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރިއެރުވުމުގެ ބޭނުމުގައި "ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް އާއި ބެހޭ" ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީން ވަނީ މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ނިންމާފައެވެ. މި ބިލް މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާނެވެ.

Advertisement - newsAdvertisement

ކޮމެޓީއިން އެކުލަވާލި ރިޕޯޓުގައި ވަނީ ކެމިކަލް ރެގިއުލޭޓް ކުރުމާއި ބެހޭ ބިލެއް ހުށަހަޅަން ފެންނަ ކަމަށް ކޮމެޓީއަށް ފެންނަނީ ބިލާއި ގުޅެގޮތުން ފުޅާ ދާއިރާއެއްގައި ކުރެވުނު މަޝްވަރާ ތަކުން ފާހަގަ ކުރެވުމުން ކަމަށެވެ.

ބިލާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށާއި ޚިޔާލު ހޯދުމަށް ވަނީ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ، މިނިސްޓްރީ އޮފް ހެލްތުގެ އިތުރުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުގެ ބޭފުޅުންނާއި ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް ޑިފެންސާއި މޯލްޑިވްސް ކަަސްޓަމްސް ސަރވިސް އާއި ކަމާ ގުޅުން ހުރި އަމިއްލަ ފަރާތްތަކާއި ވެސް ބައްދަލު ކުރައްވާފައިވެއެވެ.

މި ބިލާގުޅޭގޮތުން ކޮމެޓީގެ މެމްބަރުންގެ މެދުގައި މަޝްވަރާ ކުރުމަށްފަހު އެ ބިލް ދިރާސާ ކުރުމަށް އެކުލަވާލި ސަބްކޮމެޓީން ބިލަށް ގެނައި އިސްލާޙުތަކާއެކު ކޮމެޓީއަށް ޙާޟިރުވެވަޑައިގެން ތިއްބެވި މެމްބަރުންގެ އިއްތިފާޤުން ވަނީ ފާސްކޮށްފައެވެ.

"ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް އާއި ބެހޭ" ބިލުގައި ދަނޑުވެރިކަމުގެ އުފެއްދުންތައް ކުރިއެރުވުމަށްޓަކައި، ޕެސްޓިސައިޑުގެ ގޮތުގައި ބޭނުންކުރާ ބާވަތްތައް ދަނޑުވެރިކަމުގައި ބޭނުންކުރުމާއި، ޕެސްޓިސައިޑް ދިވެހިރާއްޖޭގައި އުފެއްދުމާއި، ދިވެހިރާއްޖެއަށް އިމްޕޯޓް ކުރުމާއި، ވިއްކުމާއި، ބޭނުންކުރުމާއި، ނައްތާލުމާބެހޭ އުޞޫލްތައް ކަނޑައަޅައި ،ޕެސްޓިސައިޑް ބޭނުންކުރުމުގައި ޢާންމު ޞިއްޙަތާއި، ތިމާވެއްޓަށް ގެއްލުން ލިބޭ ފަދަ ގޮތަކަށް ކުރާ ޢަމަލުތައް ބަލައި ފިޔަވަޅު އެޅުމާއި، ޕެސްޓިސައިޑާއި ގުޅޭ އެނޫން ވެސް އުޞޫލްތައް ބަޔާންކޮށްފައިވެއެވެ.

މި ބިލު ޤާނޫނަކަށް ބަދަލުވެގެން ދިއުމުން ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް އިމްޕޯޓް ކުރުމާއި، އެކްސްޕޯޓް ކުރުމާއި، ވިއްކުމާއި، އުފެއްދުމާއި، ބޭނުންކުރުމާއި ބެލެހެއްޓުމާއި، ނައްތާލުމާއި ގުޅޭ އުޞޫލްތައް ކަނޑައެޅިގެންދާނެއެވެ. ބިލު ޤާނޫނަކަށް ބަދަލުވެގެން ދިއުމުން ޤާނޫނު ހިންގުމުގެ މައިގަނޑު މަސްއޫލިއްޔަތު ޙަވާލުވެގެންވާ ފަރާތަކީ މިނިސްޓަރެވެ.

ޕެސްޓިސައިޑް އާއި ބެހޭ ބޯޑެއް އެކުލަވާލުމަށް ބަޔާންކޮށްފައިވާއިރު، މި ބިލު ޤާނޫނަކަށް ބަދަލުވެ، ޤާނޫނަށް ޢަމަލުކުރަން ފަށާތާ ތިން މަސްދުވަހުގެ ތެރޭގައި ބޯޑު އުފައްދަންވާނެ ކަމަށް ބިލުގައި ބަޔާން ކޮށްފައިވެއެވެ. މި ބޯޑަކީ މިނިސްޓަރ ކަނޑައަޅާ ސިޔާސަތުތައް ތަންފީޒު ކުރުމުގައި މިނިސްޓަރަށް ލަފާ ދިނުމަށްޓަކައި އުފައްދަންޖެހޭ ބޯޑެކެވެ.

މި ބިލު ޤާނޫނަކަށް ބަދަލުވެގެން ދިޔުމުން ދިވެހިރާއްޖެއަށް އެކްސްޕޯޓް ކުރެވޭނެ ބާވަތުގެ ޕެސްޓިސައިޑަށް ހުއްދަދޭނީ ޤާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން އެ ބޯޑުންނެވެ. ޕެސްޓިސައިޑް ނައްތާލުމާއި، ޕެސްޓިސައިޑް ބަންދުކުރުމާއި ލޭބަލް ކުރުމާއި، އަލުން ބަންދުކުރުމާއި، ޕެސްޓިސައިޑް ރައްކާކޮށްފައި ބެލެހެއްޓުމާއި، އެއްތަނުން އަނެއް ތަނަށް ގެންދިއުމާއި، އިޝްތިހާރުކުރުމާއި، ލައިސަންސް ދޫކުރާނެ ގޮތްތައް ވެސް ބިލުގައި ބަޔާކޮށްފައިވެއެވެ.

އެންމެ ހިނގާ

1

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

2

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

5

ޑޮަލަރު ނުލިބެނީ ކުރީ ސަރުކާރާ ހެދި. ޕާސްޕޯޓް ނުލިބެނީ ޖަރުމަނުވިލާތާ ހެދި. މި ސަރުކާރުން ޒިންމާ ނަގާނީ ކޮންއިރަކު؟

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2017

އެމްޑީޕީން ސިލްސިލާކޮށް ކެމްޕެއިންތަކަށް އަހްލުވެރިކުރުމާ ބެހޭގޮތުން ބާއްވާ ވޯކްޝޮޕެއް ބާއްވައިފި

25 ފެބުރުއަރީ 2017
އެމްޑީޕީން ސިލްސިލާކޮށް ކެމްޕެއިންތަކަށް އަހްލުވެރިކުރުމާ ބެހޭގޮތުން ބާއްވާ ވޯކްޝޮޕެއް ބާއްވައިފި
22 ފެބުރުއަރީ 2017

އުމުރުން ދުވަސްވީ މީހެއްގެ މޫނަށް ކެމިކަލް ޖެހި މައްސަލާގައި މީހަކު ހައްޔަރެއް ނުކުރަން: ޕޮލިސް

22 ފެބުރުއަރީ 2017
އުމުރުން ދުވަސްވީ މީހެއްގެ މޫނަށް ކެމިކަލް ޖެހި މައްސަލާގައި މީހަކު ހައްޔަރެއް ނުކުރަން: ޕޮލިސް
21 ފެބުރުއަރީ 2017

އުމުރުން ދުވަސްވީ މީހެއްގެ މޫނަން ކެމިކަލް ޖަހައިފި

21 ފެބުރުއަރީ 2017
އުމުރުން ދުވަސްވީ މީހެއްގެ މޫނަން ކެމިކަލް ޖަހައިފި
13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި
13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި
08 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި

08 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
22 ޖެނުއަރީ 2017

އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ

22 ޖެނުއަރީ 2017
އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް