Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގާޒީ އަހުމަދު ހައިލަމް

ހައިލަމް އެ ހައްދަވަނީ އިތުރުފުޅެއް، ނުފޫޒެއް ނުފޯރުވާ: ގާޒީ އަލީ ރަޝީދު

9 ނޮވެމްބަރު 2019 | ހޮނިހިރު 12:57

ނުފޫޒު ފޯރުވިކަން ގާޒީ އަލީ ރަޝީދަށް އެނގިވަޑައިގަންނަވާނެ ކަމަށް ހައިލަމް ވަނީ ވިދާޅުވެފައި

އަލީ ސަމާޚް
އަލީ ސަމާޚް | 9 ނޮވެމްބަރު 2019 | ހޮނިހިރު 12:57
ކްރިމިނަލް ކޯޓު ހިންގެވުމާއި ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދު

ކްރިމިނަލް ކޯޓު ހިންގެވުމާއި ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދު

ކުރީގެ ރައީސް އަބްދުﷲ ޔާމީނު ޖަލަށްލުމަށް ހުކުމް އިއްވާނެ ކަމުގެ ކަށަވަރުކަން ދިނުމަށް ސަސްޕެންޑް ކޮށްފައިވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމްއަށް ސަރުކާރުގެ އެއްވެސް ފަރާތަކުން ނުފޫޒޯ ފޯރުވާފައިނުވާ ކަމަށާއި، އޭނާ ހައްދަވަނީ އިތުރުފުޅެއް ކަމަށް ކްރިމިނަލް ކޯޓާއި މިހާރު ހަވާލުވެވަޑައިގެން ހުންނެވި ގާޒީ އަލީ ރަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީނަށް ހުކުމް އިއްވަން ސަރުކާރުގެ އެކި ފަރާތްތަކުން ގުޅައި، ނުފޫޒޫ ފޯރުވާފައިވާ ކަމަށް ގާޒީ ހައިލަމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އަދި އެކަން ގާޒީ ރަޝީދު އަށް އެނގިވަޑައިގަންނަވާނެ ކަމަށްވެސް ހައިލަމް ނެރުއްވި ބަޔާނެއގައި ވަނީ ވިދާޅުވެފައެވެ.

ހައިލަމްގެ ވާހަކަތަކާއި ގުޅިގެން ރާއްޖެ.އެމްވީން ގުޅާލުމުން ގާޒީ ރަޝީދު ވިދާޅުވީ، ހައިލަމް އަށް ބަޔަކު ނުފޫޒޯ ފޯރުވިކަން އެނގިވަޑައިގެންފައިނުވާ ކަމަށެވެ. އަދި ހައިލަމް އެ ހައްދަވަނީ އިތުރުފުޅެއް ކަމަށް ގާޒީ ވިދާޅުވި އެވެ.

ފަނޑިޔާރުކަން ކުރައްވަމުން ގެންދަވާތާ ތޭރަ އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ގާޒީ އަލީ ރަޝީދު ވިދާޅުވީ، މިވީހާ ތަނަކަށް އެއްވެސް ފަރާތަކުން އޭނާއަށްވެސް ނުފޫޒު ފޯރުވާފައިނުވާނެ ކަމަށެވެ.

ސަރުކާރުގެ އެކި ފަރާތްތަކުން ނުފޫޒޯ ފޯރުވަމުންދާ ކަމަށް ހައިލަމް މީގެކުރިން ވިދާޅުވުމާއި ގުޅިގެން، އެ ފަރާތްތަކުގެ ނަންތައް ހާމަކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުރުން އެހެނިހެން ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.

ހައިލަމް ސަސްޕެންޑް ކޮށްފައިވަނީ، ނަސްރު ދުވަހުގެ ތަހުނިޔާ ކިޔުއްވަމުން ކްރިމިނަލް ކޯޓުގެ ވައިބަރ ގްރޫޕް އަށް ފޮނުވި މެސެޖަކާއި ގުޅިގެންނެވެ.

އިތުރަށް ކިޔާލަން

28 މެއި 2018

ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމަށް ގާޒީ ހައިލަމް އައްޔަން ކޮށްފި

28 މެއި 2018
ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމަށް ގާޒީ ހައިލަމް އައްޔަން ކޮށްފި
10 މެއި 2018

ދެ ފަނޑިޔާރުންނަށް ހުކުމް ކުރީ ނުފޫޒު ނުފޯރުވާ ކަމަށް ގާޒީއަކު ހުވާކޮށްފައި ވަނިކޮށް: ވަކީލުން

10 މެއި 2018
ދެ ފަނޑިޔާރުންނަށް ހުކުމް ކުރީ ނުފޫޒު ނުފޯރުވާ ކަމަށް ގާޒީއަކު ހުވާކޮށްފައި ވަނިކޮށް: ވަކީލުން
29 އެޕްރީލު 2018

އިބްތިހާލްގެ މަރުގެ ދައުވާއެއް ގާޒީ ހައިލަމް ބެލުމާ ޕީޖީން ދެކޮޅު ހަދައިފި

29 އެޕްރީލު 2018
އިބްތިހާލްގެ މަރުގެ ދައުވާއެއް ގާޒީ ހައިލަމް ބެލުމާ ޕީޖީން ދެކޮޅު ހަދައިފި
10 މާރިޗު 2018

ފާރިިސްގެ ރިޝްވަތުގެ ޝަރީއަތް ބައްލަވާ ގާޒީ ބަދަލުކޮށްފި، ދެން އެ މައްސަލަ ބައްލަވާނީ ގާޒީ ހައިލަމް!

10 މާރިޗު 2018
ފާރިިސްގެ ރިޝްވަތުގެ  ޝަރީއަތް ބައްލަވާ ގާޒީ ބަދަލުކޮށްފި، ދެން އެ މައްސަލަ ބައްލަވާނީ ގާޒީ ހައިލަމް!
10 ފެބުރުއަރީ 2018

އދ.ގެ ސަލާމަތީ މަޖިލީހާއި ގުޅޭ ގޮތުން ރައީސް ޔާމީން ހެއްދެވީ އިތުރުފުޅެއް: ޑރ. ޝަހީދު

10 ފެބުރުއަރީ 2018
އދ.ގެ ސަލާމަތީ މަޖިލީހާއި ގުޅޭ ގޮތުން ރައީސް ޔާމީން ހެއްދެވީ އިތުރުފުޅެއް: ޑރ. ޝަހީދު
23 ޖެނުއަރީ 2018

ޤާސިމްގެ ރައްދު އާޒިމާއަށް: އާޒިމާ ހައްދަވަނީ ކަނޑައެޅިގެން ބޮޑު ދޮގެއް

23 ޖެނުއަރީ 2018
ޤާސިމްގެ ރައްދު އާޒިމާއަށް: އާޒިމާ ހައްދަވަނީ ކަނޑައެޅިގެން ބޮޑު ދޮގެއް
17 ޖުލައި 2017

ފާރިިސްގެ މައްސަލަ ވަކިގޮތަކަށް ކުރިއަށް ގެންދިއުމަށް ނުފޫޒެއް ނެތް: ގާޒީ އިބްރާހިމް އަލީ

17 ޖުލައި 2017
ފާރިިސްގެ މައްސަލަ ވަކިގޮތަކަށް ކުރިއަށް ގެންދިއުމަށް ނުފޫޒެއް ނެތް: ގާޒީ އިބްރާހިމް އަލީ
12 ޖުލައި 2017

އަސޭލާގެ ރައްދު ރައީސް ޔާމީނަށް: ހައްދަވަނީ އިތުރުފުޅު، ފާރިސްގެ ބައިވެރިވުމެއް ނެތް، މަސައްކަތުގެ އަގު ދީ!

12 ޖުލައި 2017
އަސޭލާގެ ރައްދު ރައީސް ޔާމީނަށް: ހައްދަވަނީ އިތުރުފުޅު، ފާރިސްގެ ބައިވެރިވުމެއް ނެތް، މަސައްކަތުގެ އަގު ދީ!
03 ޖުލައި 2017

އަހްމަދު ރަޝީދު ހައްދަވަނީ އިތުރުފުޅު: ބައެއް މެމްބަރުން

03 ޖުލައި 2017
އަހްމަދު ރަޝީދު ހައްދަވަނީ އިތުރުފުޅު: ބައެއް މެމްބަރުން
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް