Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގާޒީ އަހުމަދު ހައިލަމް

ނޫފޫޒު ފޯރުވި ބޭފުޅުންގެ ނަންތައް ހާމަ ކުރެއްވުމަށް ހައިލަމަށް ގޮވާލައްވައިފި

8 ނޮވެމްބަރު 2019 | ހުކުރު 13:45

އެ މައްސަލަ ހުށަހުޅުއްވުމަށް ވަނީ އެދިވަޑައިގެންފައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 8 ނޮވެމްބަރު 2019 | ހުކުރު 13:45
އެމްޑީޕީގެ ޗެއަރ ޕާރަސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނަގު ދާއިރާގެ މެންބަރު ހަސަން ލަތީފް

އެމްޑީޕީގެ ޗެއަރ ޕާރަސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނަގު ދާއިރާގެ މެންބަރު ހަސަން ލަތީފް

ސަސްޕެންޑް ކޮށްފައިވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމަށް ނުފޫޒް ފޯރުވި ބޭފުޅުންގެ ނަންތައް ހާމަކުރެއްވުމަށް އެމްޑީޕީގެ ޗެއަރ ޕާރސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

ހައިލަމް ސަސްޕެންޑް ކޮށްފައިވަނީ ނަސްރުގެ ދުވަހުގެ ތަހުނިޔާ ރައްދުކޮށް ކްރިމިނަލް ކޯޓުގައި މަސައްކަތްކުރާ މުވައްޒަފުން އުޅޭ ވައިބަރ ގްރޫޕެއްގައި ޝެއަރކުރެއްވި ކުރެހުމެއްގެ ފޮޓޯއަކާއި ގުޅިގެންނެވެ.

ހައިލަމް ސަސްޕެންޑް ކުރުމާއި ގުޅިގެން ބުރާސްފަތި ދުވަހުގެ ރޭ އޭނާ ނެރުއްވާފައިވާ ބަޔާނުގައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނު ޖަލަށްލުމަށް ހުކުމް އިއްވާނެ ކަމުގެ ކަށަވަރުކަން ދިނުމަށް ސަރުކާރުގެ އިސްމަގާމުތަކުގައި ތިބި ފަރާތްތަކުން އެދުނު ކަމަށެވެ.

ބަޔާނުގައި ބުނެފައިވަނީ ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް މަނީ ލޯންޑްރިންގްގެ ތުހުމަތު ކުރެވުނު ހިސާބުން ފެށިގެން އެކި އެކި މަގާމުތަކުގައި ތިބި އެކި ފަރާތްތަކަކުން ސީދާގޮތުންނާއި ނުސީދާގޮތުން ގާތް މީހުން މެދުވެރިކޮށް އޭނާ އަށް ނޫފޫޒު ފޯރުވުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އެގޮތުން މެސެޖުކޮށްގެންނާއި ގުޅައިގެންވެސް އެކި މީހުން މެދުވެރިކޮށް ކުރީގެ ރައީސް ޔާމީން ޖަލަށް ލުމަށް ހުކުމް ކުރާނެ ކަމުގެ ކަށަވަރުކަން ދިނުމަށް އެދިފައިވާ ކަމަށް ވެސް ބަޔާނުގައި ވެއެވެ. އަދި ކަށަވަރުކަން ނުދެވޭނެ ކަމަށް ބުނުމުން އަލްހާން ފަހުމީއާއި ދެމެދު ހިނގާދިޔަ ފައިސާގެ ޓްރާންސެކްޝަންގެ މައްސަލަ ފޮލިހުގައި އޮތް ކަމަށާއި ހުކުމްގެ ކަށަވަރުކަން ނުލިބޭނަމަ އެ މައްސަލަ ބެލޭނެ ކަމަށާއި ސަސްޕެންޑުކުރާނެކަމުގެ އިންޒާރު ދިން ކަމަށްވެސް ވެއެވެ.

އޭގެއިތުރުން ބަޔާނުގައި ބުނެފައިވަނީ ނުފޫޒު ފޯރުވަމުންދާކަން މިވަގުތު ކްރިމިނަލް ކޯޓުގެ ހިންގެވުމާއި ހަވާލުވެ ހުންނެވި އިސް ގާޒީ އަލީ ރަޝީދަށްވެސް އެނގިލައްވާނެ ކަމަށެވެ.

އަލްހާން ފަހުމީ އާއިއެކު ކުރެވުނު ޓްރާންސެކްޝަންއަށް އިޝާރާތް ކުރައްވާ ބަޔާނުގައި ބުނެފައިވަނީ ސަރުކާރުގެ މަގާމެއްގައިހުރި ކޮންމެ ފަރާތެއްގެ ބޭންކް އެކައުންޓު ބަލައިފިނަމަ ހަމަ ކޮންމެ މީހެއްގެ އެކައުންޓްގައި ވެސް ގާތް މީހުން އެކި ކަންކަމުގައި ބަދަލުކޮށްފައި ހުންނަ ފައިސާގެ މުއާމަލާތްތައް ފެންނަން ހުންނާނެ ކަމަށެވެ. އަދި ވަކި ފަރާތެއް ޖަލަށްލާނެކަމުގެ ކަށަވަރުކަން ނުލިބިގެން ފަނޑިޔާރަކު ފަހާދުވާންވީ ޖޭއެސްސީގެ ހުރުމަތުންކޮންމެވެސް މިންވަރެއް ނަމަވެސް ބާކީ އޮންނާނެ ގޮތަކަށް ވިސްނާފަ ނޫންތޯ ގާޒީ ހައިލަމް ވަނީ ސުވާލު އުފައްދަވާފައެވެ.

ގާޒީ ހައިލަމް ނެރުއްވި ބަޔާނުގައި ވަނީ އަލްހާން އަކީ އެއްވެސް އިރެއްގައި އަދި އެއްވެސް ކަމެއްގައިވެސް އެއްވެސް ހައިސިއްޔަތަކުން ކްރިމިނަލް ކޯޓަށް ދާ މީހެއް ނޫން ކަމަށެވެ. އަދި އަލްހާން އަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށްވުމުގެ މާކުރިން ވެސް ގާޒީ ހައިލަމްގެ ރަހުމަތްތެރިއެއް ކަމަށް ބަޔާނުގައި ވެއެވެ. އަލްހާންގެ މަސްލަހަތެއް އޮތް އެއްވެސް މައްސަލައެއް އޭނާއަށް ނުބެލޭނެ ކަމަށާއި އަދި ބަލާފައިވެސް ނުވާނެ ކަމަށް ބަޔާނުގައި ވެއެވެ.

19 މެއި 2019 ވަނަ ދުވަހު ހިނގައިދިޔަ ފައިސާގެ ޓްރާންސެކްޝަނާއި ގުޅިގެން ފުލުހުންނަށް އޭގެ މައުލޫމާތު ތަފްސީލުކޮށްދެއްވި ކަމަށާއި ނަމަވެސް އެގައި އެއްވެސް ޖިނާއީ އެއްވެސް ކަމެއް ނުހިމެނޭތީ އޭރު އެ މައްސަލަ ނުބަލަން ފުލުހުން ނިންމި ކަމަށް ބަޔާނުގައި ވެއެވެ.

ޤާޟީ ހައިލަމް ގެ ބަޔާނާއި ގުޅިގެން ހުކުރު ދުވަހު ހަސަން ލަތީފް ކުރައްވާފައިވާ ޓްވީޓްގައިވަނީ ޤާޟީ ހައިލަމް ސަރުކާރުގެ ހުރިހާ ބޭފުޅުންގެ އިސްތަށިފުޅުގައި އިލްޒާމް ނާޅުއްވާ، ނުފޫޒް ފޯރުވިކަމަށް ވިދާޅުވަންޏާ އެކަން ކުރެއްވި ބޭފުޅުންގެ ހާމަ ކުރެއްވުމަށެވެ. އަދި މައްސަލަ ހުށަހެޅުއްވުމަށް ހަސަން ލަތީފް ގެ ޓްވީޓްގައި ވެއެވެ.

ޖުޑިޝަލް ސާރވިސް ކޮމިޝަނުން ހައިލަމް ސަސްޕެންޑް ކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީލޯންޑަރިންގެ ދައުވާގެ ހުކުމް ކުރާ ޝަރީއަތް ބޭއްވުމަށް ވަގުތު ކުޑަތަން ވެފައި ވަނިކޮށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ކަރުފުޅުގައި ޗޭނުޖަހާފައިވާ ފޮޓޮއެއް ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ ވައިބަރ ގުރޫޕަށް ލީ މައްސަލައާއި ގުޅިގެން އެކަން ހިނަގިތާ ދެދުވަސް ފަހުން ހައިލަމް ވަނީ މަޢާފަށް އެދިވަޑައިގެންފައެވެ.

ހައިލަމް މަޢާފަށް އެދި ނެރުއްވާފައިވާ ބަޔާނުގައި ހައިލަމް ވިދާޅުވެފައިވަނީ، ނަޞްރުގެ ދުވަހުގެ ތަހުނިޔާ ކިޔުމުގެ ގޮތުން ފޮޓޯ އެ ގްރޫޕަށް ލާފައިވަނީ އެ ފޮޓޯގައި ހ. ހާޖަރާގޭ ޢަބްދުﷲ ލުޠުފީ ހުރިކަން އެނގުމުން ދެން އެ ފޮޓޯގައި ތިބީ ކޮން ބައެއްކަން ބެލުމަކާއި ނުލާ ކަމަށެވެ. އަދި އެފޮޓޯގައި އެފަދަ ކުރެހުމެއް ހުރެދާނެ ކަމަށް ވިސްނާލެވިފައިނުވާކަމަށް ހައިލަމްގެ ބަޔާނުގައިވެއެވެ.

އެހެންކަމުން، އެކަމަށްޓަކައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙާއި ރައީސް ނަޝީދުގެ އިތުރުން ދިވެހި ރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންގެ އަރިހުން މަޢާފަށް އެދޭކަމަށް ބަޔާނުގައި ވެއެވެ.

އަދި އެފޮޓޯ ޝެއަރ ކުރި ވައިބަރ ގްރޫޕަކީ ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ ޕްރައިވެޓް ގްރޫޕެއް ނަމަވެސް އެ ފޮޓޯ ޝެއަރ ކޮށްފައިވަނީ ސޯޝަލް މީޑިއާގައި ނަޞްރުގެ ދުވަހުގެ ތަހުނިޔާ ކިޔުމުގެ ގޮތުން ކަމަށްބުނެ ސިޔާސީ ބައެއް ފަރާތްތައް ވަކިން ޚާއްޞަކޮށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން އޭނާ ބަލަމުންދާ މައްސަލައަކަށް ނުފޫޒުފޯރުމުގެ ގޮތުން މައްސަލައިގައި ރިޝްވަތު ނަގާފައިވާ ކަމަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވާހަކަ ދައްކަވާފައިވާކަން ބަޔާންކޮށްފައިވެއެވެ.

އަދި އެފަރާތްތަކުގެ ޢަމަލަކީ ކޯޓުގައި ކުރިއަށްދާ މައްސަލައަށާއި ފަނޑިޔާރެއްގެ ޙައިޞިއްޔަތުން އޭނާ ކުރަމުންދާ މަސައްކަތަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކޮށްފައިވާ ޢަމަލުތަކެއް ކަމުގައިވީނަމަވެސް، މަޤާމުގެ ހައިޞިއްޔަތު ބޭނުންކޮށްގެން އެއްވެސް ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމަށް އެއްވެސް އިރެއްގައި އެއްވެސް ސިފައެއްގައި މަސައްކަތް ކޮށްފައި ނުވާނެ ކަމަށް ބަޔާނުގައިވެއެވެ. ހަމަ އެހެންމެ އެފަދަ ކަމެއްގައި ބައިވެރިވެފައި ނުވާނެ ކަމުގެ ޔަޤީންކަން ދިވެހި އެންމެހާ ރައްޔިތުންނަށް އަރުވާ ކަމަށް ބަޔާނުގައި ވެއެވެ.

އިތުރަށް ކިޔާލަން

06 މާރިޗު 2017

އިލެކްޝަން ކޮމިޝަނުން ނާއިންސާފުން ކުރާކަންކަން ހާމަކުރާނީ އިއްތިހާދުން: ޝިފާ

06 މާރިޗު 2017
އިލެކްޝަން ކޮމިޝަނުން ނާއިންސާފުން ކުރާކަންކަން ހާމަކުރާނީ އިއްތިހާދުން: ޝިފާ
01 މާރިޗު 2017

ފ. އަތޮޅަށް އަންނަނީ 10 ބިލިއަން ޑޮލަރުގެ މަޝްރޫޢެއް، ތަފްޞީލް ހާމަކުރާވަރު ވުމުން ކުރާނަން: ރައީސް

01 މާރިޗު 2017
ފ. އަތޮޅަށް އަންނަނީ 10 ބިލިއަން ޑޮލަރުގެ މަޝްރޫޢެއް، ތަފްޞީލް ހާމަކުރާވަރު ވުމުން ކުރާނަން: ރައީސް
21 ފެބުރުއަރީ 2017

ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި

21 ފެބުރުއަރީ 2017
ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި
19 ފެބުރުއަރީ 2017

މައުމޫންގެ ހަަތަރު ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ބަޔާން ބަދަލުކޮށްފި

19 ފެބުރުއަރީ 2017
މައުމޫންގެ ހަަތަރު ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ބަޔާން ބަދަލުކޮށްފި
19 ފެބުރުއަރީ 2017

ކައުންސިލް އިންތިހާބުގެ ބަޖެޓާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ހާމަކުރެވޭނީ އިންތިހާބު ނިމުމުން: އީސީ

19 ފެބުރުއަރީ 2017
ކައުންސިލް އިންތިހާބުގެ ބަޖެޓާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ހާމަކުރެވޭނީ އިންތިހާބު ނިމުމުން: އީސީ
18 ފެބުރުއަރީ 2017

ދެ މިލިއަން ރުފިޔާ ހޯދަން ރައީސް މައުމޫނުގެ ހަތަރު ބޭފުޅުންގެ މައްޗަށް ދައުވާ ކޮށްފި

18 ފެބުރުއަރީ 2017
ދެ މިލިއަން ރުފިޔާ ހޯދަން ރައީސް މައުމޫނުގެ ހަތަރު ބޭފުޅުންގެ މައްޗަށް ދައުވާ ކޮށްފި
12 ފެބުރުއަރީ 2017

ޗެއާޕާސަން އިންތިހާބުން ޕާޓީއަށް ތަރުހީބް އޮތްކަން ހާމަވޭ: އެމްޑީޕީ

12 ފެބުރުއަރީ 2017
ޗެއާޕާސަން އިންތިހާބުން ޕާޓީއަށް ތަރުހީބް އޮތްކަން ހާމަވޭ: އެމްޑީޕީ
12 ފެބުރުއަރީ 2017

ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!

12 ފެބުރުއަރީ 2017
ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް