Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ވާލްޑް ބޭންކް

ތަރައްޤީގައި އިސްކަންދޭ ކަންކަމާ ގުޅޭ ގޮތުން ވާލްޑް ބޭންކްގެ އެގްޒެކްޓިވް ޑިރެކްޓަރުން މަޝްވަރާކުރައްވައިފި

ވާލްޑް ބޭންކް އެގްޒެކްޓިވް ޑިރެކްޓަރުންގެ ވަފުދެއް ދިވެހިރާއްޖެ އަށް ޒިޔާރަތް ކުރެއްވީ ތިން ދުވަހަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 8 ނޮވެމްބަރު 2019 | ހުކުރު 13:05
ވާލްޑް ބޭންކް އެގްޒެކްޓިވް ޑިރެކްޓަރުންގެ ވަފުދެއް ދިވެހިރާއްޖެ އަށް ޒިޔާރަތް ކުރެއްވި

ވާލްޑް ބޭންކް އެގްޒެކްޓިވް ޑިރެކްޓަރުންގެ ވަފުދެއް ދިވެހިރާއްޖެ އަށް ޒިޔާރަތް ކުރެއްވި

ވާލްޑް ބޭންކްގެ އެހީގައި ދިވެހިރާއްޖޭގައި ކުރިއަށްގެންދާ މަޝްރޫއުތަކުގައި ހޯދިފައިވާ ކުރިއެރުންތަކާއި ނަތީޖާތައް ކައިރިން ތަޖުރިބާކުރެއްވުމަށްޓަކައި ވާލްޑް ބޭންކް އެގްޒެކްޓިވް ޑިރެކްޓަރުންގެ ވަފުދެއް ދިވެހިރާއްޖެ އަށް ޒިޔާރަތްކުރައްވައިފިއެވެ.

ތިން ދުވަހުގެ މުއްދަތަކަށް ކުރެއްވި މި ޒިޔާރަތުގައި، ދިވެހިރާއްޖެ އިން ތަރައްޤީގެ މަގުގައި އިސްކަންދޭ ކަންތައްތަކާއި ހުރި ދަތިތަކާ ގުޅޭ ގޮތުން ދިވެހި ސަރުކާރާއި ކަމާ ބެހޭ އެހެނިހެން ފަރާތްތަކާ އެކު މަޝްވަރާކުރައްވައި، ވާލްޑް ބޭންކްގެ ސިޔާސަތު އެ ކަންކަމާ ގުޅުވާލެވިގެންދާނެކަން ވަނީ ފާހަގަކޮށްފައެވެ.

Advertisement - businessAdvertisement

އެގްޒެކްޓިވް ޑިރެކްޓަރުންގެ ވަފުދުގައި ހިމެނިވަޑައިގަންނަވަނީ:

މި ޒިޔާރަތުގައި، ވާލްޑް ބޭންކް އެގްޒެކްޓިވް ޑިރެކްޓަރުން ވަނީ، ރައީސުލްޖުމްޙޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހް އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އާއި މިނިސްޓަރު އޮފް ފިނޭންސް އަލްފާޟިލް ޢިބްރާޙިމް ޢަމީރް އާއި މިނިސްޓްރީ އޮފް ފިނޭންސްގެ އިސްބޭފުޅުން އަދި މިނިސްޓްރީ އޮފް އެންވާރަމަންޓްގެ އިސްބޭފުޅުންގެ އިތުރުން، އައްޑޫ ސިޓީގެ މޭޔަރު ޢަބްދުﷲ ސާދިޤް އާއި އައްޑޫ ސިޓީ ކައުންސިލްގެ އިސްބޭފުޅުންނާ ބައްދަލުކުރައްވާފައެވެ. އަދި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތްކުރާ އައްޑޫގެ ކައުންސިލް އާއި ޕާލޭ މޯލްޑިވްސްގެ މަންދޫބުންނާ އެކު ވެސް ޚިޔާލު ބަދަލުކޮށްފައިވެއެވެ.

ރައީސުލްޖުމްޙޫރިއްޔާއާ އެކު ބޭއްވި ބައްދަލުކުރެއްވުމުގައި، 40 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ތަރައްޤީގެ ގުޅުމުގެ މައްޗަށް އަލިއަޅުވާލެއްވި އެވެ. މިނިސްޓަރު އޮފް ފިނޭންސްއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، މާލީ ނިޒާމްގެ ތެރެއިން ތަރައްޤީ އާއި ކުރިއެރުމަށް ހުރި ފުރުޞަތުތައް އަދި ދަތިތަކުގެ އިތުރަށް، ސަރުކާރުން އިސްކަންދޭ އިޞްލާޙީ ފިޔަވަޅުތަކަށް ވާލްޑް ބޭންކުން އެހީތެރިވެދެވޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާކުރެއްވި އެވެ. ހަމަ އެއާ އެކު، އަމިއްލަ ފަރާތްތަކުން އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތަކާ ގުޅޭ ގޮތުން، މިނިސްޓްރީ އޮފް ފިނޭންސްގެ އިސްބޭފުޅުންނާ އެކު ބޭއްވެވި ބައްދަލުވުމެއްގައި މަޝްވަރާކުރައްވާފައިވެ އެވެ.

މި ވަފުދުން ވަނީ މާލެ އާއި ހުޅުމާލޭގެ އިތުރުން އެންމެ ދެކުނުގެ އަތޮޅު ކަމަށްވާ އައްޑޫ ސިޓީ އަށް ޒިޔާރަތްކުރައްވާފައެވެ. އައްޑޫގައި، އެހީދޭ އެކި ފަރާތްތަކުން ޤާއިމްކޮށްފައިވާ ޓްރަސްޓް ފަންޑެއް ކަމަށްވާކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓްމެދުވެރިކޮށް، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އައްޑޫ އަށް ލިބޭ އަދި ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށްޓަކައި ފުރިހަމަކޮށްފައިވާ ކަންކަން ބައްލަވާލެއްވިއެވެ. މި މަޝްރޫއު ކުރިއަށް ގެންގޮސްފައި ވަނީ، ޔޫރަޕިއަން ޔޫނިއަން އަދި ޑީއެފްޓީ (އޮސްޓްރޭލިއާ ސަރުކާރު) އާ ގުޅިގެން، ވާލްޑް ބޭންކުންނެވެ. ހުޅުމާލޭގައި، މިހާރު ކުރިއަށްދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި ވާލްޑް ބޭންކްގެ އެހީގައި ކުރިއަށް ގެންދާއިއާދަކުރަނިވި ހަކަތައިގެ މަޝްރޫއެއްބައްލަވާލެއްވިއެވެ.

ވާލްޑް ބޭންކް ގްރޫޕް ދިވެހިރާއްޖޭގައި:

ދިވެހިރާއްޖޭގައި މިވަގުތު ކުރިއަށް ދަނީ،އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އޭޖެންސީ (އައިޑީއޭ)ގެ 1 ގެރެންޓީ އާއި 6 އިންވެސްޓްމަންޓް މަޝްރޫއު އެވެ. މި މަޝްރޫއުތައް އަމާޒުކުރެވިފައި ވަނީ، މަސްވެރިކަމާއި، ކުނި މެނޭޖްކުރުމާއި، ދައުލަތުގެ މާލިއްޔަތު ބެލެހެއްޓުމުގެ ދާއިރާގެ އިތުރަށް، ފަތުރުވެރިކަމާއި އައިޓީ ދާއިރާ އަށް ޚާއްޞަ ސަމާލުކަމެއް ދީގެން ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމަށެވެ. މި ކަންކަމަށް، ޖުމްލަ 104 މިލިއަން އެމެރިކާ ޑޮލަރު ހަރަދުކުރުމަށް ނިންމާފައިވެ އެވެ. މީގެ އިތުރުން، މުޅި މާލީ ނިޒާމް އިޞްލާހުކުރުމަށް ކުރެވޭ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން،ކެޓެސްޓްރޮފީ-ޑިފާޑް ޑްރޯޑައުން އޮޕްޝަން (ކެޓް ޑީޑީއޯ)ހިމެނޭ ގޮތަށް ޑިޒާސްޓާ ރިސްކް މެނޭޖްމަންޓް ޑިވެލޮޕްމަންޓް ޕޮލިސީ ލޯނެއް ވެސް ހިމެނެ އެވެ. ހަމަ އެއާ އެކު، މޫސުމަށް އަންނަ ބަދަލުތަކާއި ގުދުރަތީ ކާރިސާތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމުގައި ސަރުކާރުގެ ޤާބިލްކަން އިތުރުކުރުމަށްޓަކައިޕެންޑެމިކް އިމަޖެންސީ ފައިނޭންސިން ފެސިލިޓީ (ޕީއީއެފް)އެއް ވެސް ހަމަޖައްސައިދީފައިވެއެވެ. މި ޕީއީއެފް މެދުވެރިކޮށް، ބޮޑު ސަރަހައްދަކަށް ފެތުރުމުގެ ބިރު އޮންނަ ބަލިމަޑުކަމާ ދެކޮޅަށް މަސައްކަތްކުރުމަށް އިތުރު ފައިސާ ހަމަޖެހިގެންދާނެ އެވެ.

އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ)–އަމިއްލަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭ ވާލްޑް ބޭންކް ގްރޫޕްގެ ގޮފި ކަމަށްވާ އައިއެފްސީ އިން ރާއްޖޭގައި އެއް މަޝްރޫއު ކުރިއަށްގެންދެ އެވެ. އެއީ، ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) ގެ ޙިއްޞާ (18 ޕަސެންޓް ޙިއްޞާ) ގަތުމަށް 2008 ވަނަ އަހަރު ކޮށްފައިވާ، މިހާރު 2.5 މިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި އިންވެސްޓްމަންޓެކެވެ. އޭޑީބީ އަދި އިންޑިއާގެ ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑްގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ އެޗްޑީއެފްސީ އިންވެސްޓްމަންޓްސް ލިމިޓެޑްއާ ގުޅިގެން، އައިއެފްސީން ވަނީ ފައިސާ އާއި ލޯނު އެހީގެ ޕެކޭޖެއް ފޯރުކޮށްދީފަ އެވެ. މި ޕެކޭޖުގެ އެހީގައި، ބޯހިޔާވަހިކަން ހޯދުމަށް އެހީތެރިވެދޭ ސަރުކާރު ކުންފުންޏެއްގެ ގޮތުގައި އޮތް އެޗްޑީއެފްސީ ވަނީ އަމިއްލަ ކުންފުންޏަކަށް ބަދަލުވެފަ އެވެ. އައިއެފްސީ އާއި އޭޑީބީ އިން 4.5 މިލިއަން އެމެރިކާ ޑޮލަރު އިންވެސްޓްކޮށްފައިވާއިރު، އެޗްޑީއެފްސީ އިންވެސްޓްމަންޓްސް ލިމިޓެޑް އިން 3.75 މިލިއަން އެމެރިކާ ޑޮލަރު އިންވެސްޓްކޮށްފައިވެ އެވެ. މި މަޝްރޫއަށް އެހީތެރިވެދިނުމަށްޓަކައި އައިއެފްސީ އާއި އޭޑީބީ އިން ވަނީ ކޮންމެ ފަރާތަކުން 7.5 މިލިއަން އެމެރިކާ ޑޮލަރު ލޯނުގެ ގޮތުގައި ވެސް ފޯރުކޮށްދީފަ އެވެ.

ވާލްޑް ބޭންކް ގްރޫޕްގެ ބޯޑު މެންބަރުންނަށް ޖުމްލަ ގޮތެއްގައި މުޚާތަބުކުރެވެނީ އެގްޒެކްޓިވް ޑިރެކްޓަރުންގެ ގޮތުގައެވެ. ޑިރެކްޓަރުންގެ ބޯޑުގައި ހިމެނިވަޑައިގަންނަވަނީ ވާލްޑް ބޭންކްގެ ރައީސްގެ އިތުރުން، 25 އެގްޒެކްޓިކް ޑިރެކްޓަރުންނެވެ. އައިބީއާރްޑީ، އައިޑީއޭ، އައިއެފްސީ އަދި މަލްޓިލެޓްރަލް އިންވެސްޓްމަންޓް ގެރެންޓީ އޭޖެންސީ (މީގާ) ގެ ޑިރެކްޓަރުންގެ ބޯޑަށް އެގްޒެކްޓިވް ޑިރެކްޓަރުން އައްޔަން ނުވަތަ އިންތިޚާބް ކުރަނީ ވާލްޑް ބޭންކް ގްރޫޕްގެ މެންބަރު ޤައުމުތަކުންނެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Click Computers
Acer Travelmate P2

Acer Travelmate P2

i3 • 4GB • 256GB SSD • 14" FHD

Tap

އިތުރަށް ކިޔާލަން

އިސްލާމިކް ކެޕިޓަލް މާކެޓާ ގުޅޭ ތަމްރީން ޕްރޮގްރާމް ނިންމާލައިފި

އިސްލާމިކް ކެޕިޓަލް މާކެޓާ ގުޅޭ ތަމްރީން ޕްރޮގްރާމް ނިންމާލައިފި

27 ޖޫން 2018
އިސްލާމިކް ކެޕިޓަލް މާކެޓާ ގުޅޭ ތަމްރީން ޕްރޮގްރާމެއް ފަށައިފި

އިސްލާމިކް ކެޕިޓަލް މާކެޓާ ގުޅޭ ތަމްރީން ޕްރޮގްރާމެއް ފަށައިފި

25 ޖޫން 2018
އެމެރިކާގެ ކިބައިން ބަދަލު ހިފުމުގެ ގޮތުން އީޔޫއިން އިމްޕޯޓް ޓެކްސް ބޮޑު ކޮށްފި!

އެމެރިކާގެ ކިބައިން ބަދަލު ހިފުމުގެ ގޮތުން އީޔޫއިން އިމްޕޯޓް ޓެކްސް ބޮޑު ކޮށްފި!

22 ޖޫން 2018
ޔެލޯ ސަބްމެރީން ދިވެހިންގެ ރަހަތަކާއި ގުޅޭ އަމިއްލަ އުފެއްދުމެއް!

ޔެލޯ ސަބްމެރީން ދިވެހިންގެ ރަހަތަކާއި ގުޅޭ އަމިއްލަ އުފެއްދުމެއް!

10 އެޕްރީލު 2018
ޕޭމަންޓް ސިސްޓަމާގުޅޭ ސަރވޭ ކުރަނީ

ޕޭމަންޓް ސިސްޓަމާގުޅޭ ސަރވޭ ކުރަނީ

04 ޖެނުއަރީ 2018

އަހަރުތަކުން މިއަދު

14 މާރިޗު
ޕޮޓޭޓޯ ޕޭން ކޭކް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ޕޮޓޭޓޯ ޕޭން ކޭކް

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް
20233 އަހަރު ކުރިން
ކުޅިވަރު

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!
20215 އަހަރު ކުރިން
ރާއްޖެ

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!
20197 އަހަރު ކުރިން
ރިޕޯޓު

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!
20188 އަހަރު ކުރިން
ރިޕޯޓު

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު