Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުކްރޫޒް ލައިނަރ

ކްރޫޒް ލައިނަރތަކުން ރާއްޖެއަށް ބޮޑު ފައިދާއެއް

ކްރޫޒް ލައިނަރ އަކުން ދުވާލެއްގެ މައްޗަށް 1.5 މިލިއަން ރުފިޔާގެ ފައިދާވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 8 ނޮވެމްބަރު 2019 | ހުކުރު 06:53
އެމްއެސްސީ ކްރޫޒް ލައިނަރ

އެމްއެސްސީ ކްރޫޒް ލައިނަރ

މި ދުވަސްވަރަކީ ރާއްޖެއަށް ގިނަ ކްރޫޒް ލައިނަރތައް އަންނަ ދުވަސްވަރެކެވެ. މި ކްރޫޒް ލައިނަރތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިސާދަށް ބޮޑު ފައިދާއެއް ކުރެއެވެ. އާންމު ގޮތެއްގައި ކްރޫޒް ލައިނަރއެއް ރާއްޖޭގެ ބަނދަރުގައި އޮންނަނީ ގިނަވެގެން ތިން ދުވަހަށެވެ. ކްރޫޒް ލައިނަރތައް މެދުވެރިކޮށް ރާއްޖެއަށް އެތައް ހާއްސަ ފަތުރުވެރިނެއް ފައިބައެވެ. މި ފަތުރުވެރިން ޖުމްހޫރީ މައިދާނު ކައިރީގައި ހުންނަ ގެސްޓް ސޮޕްތަކަށް ގޮސް ވިޔަފާރީ ކުރެއެވެ. އަދި ބައެއް ފަހަރު ރާއްޖޭގެ މޫދުގެ ރީތިކަން ތަޖުރިބާ ކޮށްލުމަށްޓަކައި ކައިރީގައި އޮންނަ ރަށްތަކަށް ވެސް ދަތުރުކުރެއެވެ. ރާއްޖެއަށް އަންނަ ކޮންމެ ކްރޫޒް ލައިނަރ އަކުން ދުވާލެއްގެ މައްޗަށް 1.5 މިލިއަން ރުފިޔާގެ ފައިދާވާ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންސީ (މާޔާ) އިން މައުލޫމާތުދެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންސީ (މާޔާ) ގެ ސެކެޓްރީ ޖެނެރަލް މުޙައްމަދު އަލީ (ބަނީ) ވިދާޅުވީ ޕެސެންޖަރ ލައިނެއް ރާއްޖެ ވަދެ އޮންނައިރު ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަނީ މާޔާ އިން ކަމަށެވެ. އެގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތަކާއި އެ އަންނަ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ ވެސް މާޔާގެ ޒިންމާއެއް ކަމަށެވެ.

ދާދި ފަހުން ރާއްޖެއަށް މަޝްހޫރު އޮކެސްޓްރަރ ކްރޫޒް ލައިނަރ އެމްއެސް އެމްސީއެސް ވަނީ އައިސްފައެވެ. މި ކްރޫޒްލައިނަރ ރާއްޖެ އައިއިރު މީގައި 2550 ފަތުރުވެރިން ތިބިކަމަށް މައުލޫމާތު ލިބެއެވެ. ޖުމްލަ 16 ފަންގިފިލާ ފަރުމާކޮށްފައިވާ މި ކްރޫޒްލައިނަރގައި 1,275 ކެބިން ހުރެއެވެ. ބައެއް ކެބިންތަކަށް ދެ ބަންކްގެ އެނދަށް ބަދަލުކުރުމާއި ގުޅިގެން މިހާރު 3200 ފަސިންޖަރުންގެ ޖާގަ ލިބެން ހުންނާނެއެވެ. ކްރޫޒް ލައިނަރ އިން އެންމެ ތަފާތު ކަމެއްގެ ގޮތުގައި ފާހަގަކުރެވުނީ ކްރޫޒް ލައިނަރގައި ހުރި އާރޓް ގެލަރީއެވެ. މި ގެލަރީން ވަރަށް ފުރިހަމަ އަދި އެހާމެ ރީތި ފޮޓޯތައް ފެނިގެންދިޔައެވެ.

މި ކްރޫޒް ލައިނަރއަށް ދިޔުމުގެ ފުރުސަތު އަޅުގަނޑަށް ވެސް ލިބިގެންދިޔައެވެ. ކްރޫޒް ލައިނަރތަކަށް އަރާލުމުން އެތަންތަނުގެ އިންތިޒާމްތައް އެހާމެ ފުރިހަމަކަން އެނގިގެން ދިޔައެވެ. ކްރޫޒް ލައިނަރ އަށް ވަންނައިރު ސެކިއުރިޓީ އެހާ ވަރުގަދައެވެ. އެކި ޤައުމުތަކަށް ނިސްބަތްވާ މީހުން ކޮންމެ ޑިޕާޓްމަންޓެއްގައި ހީވާގިކަމާއެކީ މަސައްކަތް ކުރަމުންދިޔަ މަންޒަރު ފެނިގެންދިޔައެވެ. އެ ކްރޫޒް ލައިނަރއަށް އެރުމުން ސިފަވެގެންދިޔައީ ބޮޑު ހޮޓަލަކަށް ވަދޭވެހެންނެވެ. ފަތުރުވެރިން މުނިފޫހިފިލުވަން ކުރާނެ ކަންތައްތައް ބައިވަރެވެ. އެކި ލައިވް ޝޯތައް ބެލުމުގެ އިންތިޒާމާއި ޖިމާއި ސެލޫން ފަދަ އެކި ހިދުމަތްތައް ލިބެން ހުއްޓެވެ. ވިޔަފާރި ކުރަން ބޭނުންވާ ފަތުރުވެރިންނަށް އެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ. އެގޮތުން އެކި ކަހަލަ އަތް ދަބަހާއި ސެންޓު މި ކްރޫޒް ލައިނަރ އިން ވިއްކަން ހުރެއެވެ.

އެމްއެސްސީ ކްރޫޒް ލައިނަރ އަކީ ސުވިޓްޒަލޭންޑްގައި ރަޖިސްޓްރީކޮށްފައިވާ ކްރޫޒް ލައިނަރއަކަށްވާއިރު އެ ކްރޫޒް ލައިނަރގެ 23،500 މުވައްޒަފުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރެއެވެ.

އިތުރަށް ކިޔާލަން

01 އެޕްރީލު 2017

ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟

01 އެޕްރީލު 2017
ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟
16 މާރިޗު 2017

މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!

16 މާރިޗު 2017
މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!
11 މާރިޗު 2017

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!
06 މާރިޗު 2017

ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

06 މާރިޗު 2017
ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!
19 ފެބުރުއަރީ 2017

19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 ފެބުރުއަރީ 2017
19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު