Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަދީބުގެ ޝަރީއަތް

އަދީބުގެ ޝަރީއަތުން އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ކަން ހިނގިގޮތް ރައްޔިތުންނަށް އެނގިގެންދާނެ: މަހްފޫޒު

ތަހުގީގަށް އެއްބާރުލުން ދިނުމަށް ފުރަތަމަ އެއްބަސްވުން ހެދީ 06 ޖޫން 2019 ގައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 7 ނޮވެމްބަރު 2019 | ބުރާސްފަތި 13:03
ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގެ މައްސަލާގައި ކަން ހިނގާދިޔަގޮތް ވަރަށް ރަނގަޅަށް ރައްޔިތުންނަށް ހާމަވެގެންދާނެ ކަމަށް އެމްއެމްޕީއާރުސީގެ ހިޔާނާތުގައި އެންމެ ބޮޑެތި ތުހުމަތުތަށް ކުރެވިފައިވާ އެއް ފަރާތްކަމަށްވާ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ ގާނޫނީ ވަކީލު މަހްފޫޒު ސައީދު ވިދާޅުވެއްޖެ އެވެ.

މަހްފޫޒު މިހެން ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން އަދީބުގެ މައްޗަށް ކޮށްފައިވާ ދައުވާތަކާއި ގުޅިގެން ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އިބްތިދާއީ ފުރަތަމަ އަޑުއެހުމުގަ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން ދައުލަތުން ވަނީ އަދީބުގެ މައްޗަށް ހަތް ދައުވާއެއް ކޮށްފަ އެވެ. އެ ދައުވާތަކުގެ އިބްތިދާއީ ފުރަތަމަ އަޑުއެހުން ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަަށް ގެންދިޔަ ނަމަވެސް ދައުވާ އިއްވުމާ ހަމައަށް ނުގޮސް، އިބްތިދާއީ އަޑުއެހުން ނިންމާލީ، އަޑުއެހުންތައް ޓީވީން ލައިވް ނުކުރަން ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުން އަލުން މުރާޖައާ ކޮށްދިނުމަށް ދައުލަތުގެ ފަރާތުންނާއި ދައުވާތައް ރައްދުވާ އަދީބުގެ ފަރާތުން އެދިފައިވާތީ، ކްރިމިނަލް ކޯޓުގެ ގާޒީންގެ މަޖިލީހުން ގޮތެއް ނިންމުމުން އަލުުން އެހެން ދުވަހަކުން އިބްތިދާއީ އަޑުއެހުން ބޭއްވުމަށެވެ.

މި އަޑުއެހުމުގައި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ގެ އޮފީހުގެ ގާނޫނީ ވަކީލާ ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތަކީ މިހާތަނަށް ދައުލަތުން ހިންގާފައިވާ އެންމެބޮޑު ޖަރީމާ ކަމަށެވެ.

ދައުލަތުން ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން އަދީބުގެ މައްޗަށް އުފުލާފައިވާ އެ ހަތް ދައުވާއަށް އަދީބުގެ އިއުތިރާފުގެ އެއްބަސްވުމެއް ހަދައި، އެ އެއްބަސްވުން ޝަރީއަތަށް ވެސް ހުށަހަޅާފަ އެވެ.

އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ، ޚިޔާނާތްތެރިވުމުގައި ބައިވެރިވެފައިވާ ކަމަށްބުނާ ދެ ދައުވާއަކާއި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ތުހުމަތުގައި އުފުލާފައިވާ ދެ ދައުވާއަކާއި، މަނީ ލޯންޑަރ ކުރުމުގެ ކުށުގެ ދެ ދައުވާ އެވެ. އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރިކަމުގެ ތުހުމަތުގައި އުފުލާފައިވާ ދައުވާ އެއްވެސް ހިމެނެއެވެ.

އެމައްސަލަތަކާމެދު އަދީބުގެ ގާނޫނީ ވަކީލު މަހްފޫޒު ސައީދު ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައަކީ ދިވެހި ރައްޔިތުންގެ އިންތިހާއަށް ކަންބޮޑުވުން އޮތް މައްސަލައަކަށްވާތީ އާއި އަދި އަދީބުގެ މައްޗަށް ހިންގާ ޝަރީއަތުން، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ވަރަށް ގިނަ ކަންކަން ހާމަވެގެންދާނެތީ، އަދީބުގެ މައްޗަށް ހިންގާ ޝަރީއަތްތައް ޓީވީން ލައިވް ކުރުމަށް އެދިލައްވާ ކަމަށެވެ.

މަހްފޫޒު ވިދާޅުވީ މި ޝަރީއަތުން އެމްއެމްޕީއާރުސީގެ ހިޔާނާތުގައި އަދީބުގެ ބައިވެރިވުން އޮތް މިންވަރާއި، އެމްއެމްޕީއާރުސީގެ ހިޔާނާތުގައި އަދީބަށް ވައިވެރިވާން ދިމާވި ހާލަތާއި، ކަން ހިނގިގޮތް ވަރަށް ރަނގަޅަށް މިޝަރީއަތުން ރައްޔިތުންނަށް އެނގިގެންދާނެ ކަމަށެވެ.

މަހްފޫޒު ވިދާޅުވީ "އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައަކީ އަދީބުއާ ހަމައިން ނިމޭނެ މައްސަލައެއް ނޫން" ކަމަށެވެ. އެހެންކަމުން އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ކަން ހިނގިގޮތާއި، ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދެއްވުމަށް އަދީބު އެއްބަސްވި އެއްބަސްވުންތަކުގެ ހަގީގަތް މިޝަރީއަތުގެ މަޖިލިސް މެދުވެރިކޮށް ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށެވެ. އަދި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގުތަކަށް އެއްބާލުން ދެއްވުމަށް އަދީބު އެއްބަސްވެ، ފުލުހުންނާއެކު ދެ އެއްބަސްވުމެއް ހެދިފައިވާ ކަމަށް އަދީބް ވިދާޅުވި އެވެ. އެގޮތުން ފުރަތަމަ އެއްބަސްވުން ހެދުނީ މިއަހަރުގެ ޖޫން 6 ވަނަ ދުވަހު ކަމަށާއި އޭގެ ފަހުން 9 ސެޕްޓެމްބަރުގައި ދެވަނަ އެއްބަސްވުމެއް ފުލުހުންނާއެކު ހެދިފައިވާ ކަމަށެވެ.

އެ އެއެއްބަސްވުންތާއެކު، އަދީބު ވަނީ، ޕީޖީއާއެކު އިއުތިރާފުގެ އެއްބަސްވުމެއް ވެސް ހަދާފަ އެވެ. އެ އެއްބަސްވުން ހަދާފައިވަނީ 25 ސެޕްޓެމްބަރު 2019ގަ އެވެ.

އިއުތިރާފުގެ އެއްބަސްވުމަކީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 104 ވަނަ މާއްދާގެ ދަށުން ހެދޭ އެއްބަސްވުމެކެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 104 ވަނަ މާއްދާގެ (ހ)ގައި ބުނަނީ، ތުހުމަތު ކުރެވޭ މީހާއާއި ޕްރޮސެކިއުޓަރ ޖެނެރަލްއާ ދެމެދު ވާހަކަ ދެކެވި، ތުހުމަތު ކުރެވޭ މީހާ ކުށަށް އިއުތިރާފް ވެއްޖެނަމަ. ދެ ފަރާތުގެ ދެމެދުގައި ދެކެވުނު ވާހަކަތަކުގެ މައްޗަށް ބިނާކޮށް، އެއްބަސްވުމެއް ވެވިދާނެ ކަމަށެވެ. މި އެއްބަސްވުމުގައި ދެފަރާތުން ސޮއިކުރަންވާނެ ކަމަށްވެސް އެމާއްދާގައި ބުނެފައި ވެއެވެ.

ހަމަ އެމާއްދާގެ (ށ)ގައި ބުނަނީ، އެގޮތަށް ވެވޭ އެއްބަސްވުމެއްގެ ދަށުން އަދަބު ލުއިކޮށްދެވޭނީ، އެ ކުށަކަށް ގާނޫނުގައި ކަނޑައެޅިފައިވާ އެންމެ ކުޑަ އަދަބަށްވުރެ ދަށް ނުވާނެ އަދަބެެއް ކަމަށެވެ. ނުވަތަ ގާނޫނުގައި އެ ކުށަށް ކުޑަ އަދަބެއް ކަނޑައެޅިފައިނުވާނަމަ، އެ ކުށަށް ކަނޑައެޅިފައިވާ އަދަބުގެ ދެބައިކުޅައެއްބަޔަށްވުރެ ކުޑަނުވާނެ އަދަބެއް ކަމަށެވެ.

އިތުރަށް ކިޔާލަން

14 ޖޫން 2017

އަދީބަށް ކެއުމަށްދޭ ބޭސްތަކުގެ ތަފްސީލާއި ހުންނަ މާހައުލުގެ ހާލަތު ބެލަންޖެހޭ: އަދީބުގެ އާއިލާ

14 ޖޫން 2017
އަދީބަށް ކެއުމަށްދޭ ބޭސްތަކުގެ ތަފްސީލާއި ހުންނަ މާހައުލުގެ ހާލަތު ބެލަންޖެހޭ: އަދީބުގެ އާއިލާ
13 ޖޫން 2017

އަދީބުގެ ސިއްހީ ފަރުވާ ނުލިބޭ މައްސަލަ ޓްރާންސްޕޭރެންސީ އަށް ހުށައަޅައިފި

13 ޖޫން 2017
އަދީބުގެ ސިއްހީ ފަރުވާ ނުލިބޭ މައްސަލަ ޓްރާންސްޕޭރެންސީ އަށް ހުށައަޅައިފި
31 މެއި 2017

އަދީބުގެ ސިއްޚީ ހާލުކޮޅާ މެދު އިހުމާލުވަމުންދާ މައްސަލަ އެޗްއާރްސީއެމްއަށް ހުށަހަޅައިފި

31 މެއި 2017
އަދީބުގެ ސިއްޚީ ހާލުކޮޅާ މެދު އިހުމާލުވަމުންދާ މައްސަލަ އެޗްއާރްސީއެމްއަށް ހުށަހަޅައިފި
30 މެއި 2017

އަދީބުގެ ބޭސްފަރުވާގެ ކަންތައްތަކާ ގުޅިގެން މުސްތަފާގެ ފާޑުކިޔުން ސަރުކާރަށް!

30 މެއި 2017
އަދީބުގެ ބޭސްފަރުވާގެ ކަންތައްތަކާ ގުޅިގެން މުސްތަފާގެ ފާޑުކިޔުން ސަރުކާރަށް!
27 މެއި 2017

އަދީބުގެ ސިއްޚީ ހާލުކޮޅާ ގުޅޭ ގޮތުން ބުނާނެ އެއްޗެއް ނެތް: ފުލުހުން

27 މެއި 2017
އަދީބުގެ ސިއްޚީ ހާލުކޮޅާ ގުޅޭ ގޮތުން ބުނާނެ އެއްޗެއް ނެތް: ފުލުހުން
15 މެއި 2017

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގުގެ ހުލާސާ ރިޕޯޓް އާންމުކުރާނީ މައްސަލަ ޕީޖީ އަށް ފޮނުވުމަށް ފަހު: އޭސީސީ

15 މެއި 2017
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގުގެ ހުލާސާ ރިޕޯޓް އާންމުކުރާނީ މައްސަލަ ޕީޖީ އަށް ފޮނުވުމަށް ފަހު: އޭސީސީ
30 އެޕްރީލު 2017

އެމްއެމްޕީއާރުސީގެ ހިޔާނާތް ތަހުގީގުކޮށް ނިމިއްޖެ، މައްސަލަ ވަނީ ދައުވާ ކުރަން ފޮނުވުމުގެ މަރުހަލާގައި: އޭސީސީ

30 އެޕްރީލު 2017
އެމްއެމްޕީއާރުސީގެ ހިޔާނާތް ތަހުގީގުކޮށް ނިމިއްޖެ، މައްސަލަ ވަނީ ދައުވާ ކުރަން ފޮނުވުމުގެ މަރުހަލާގައި: އޭސީސީ
24 އެޕްރީލު 2017

ފިސްތޯލަ ގެންގުޅުއްވި ކަމަށް ބުނެ އަދީބުގެ މައްޗަށް އިއްވި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފި

24 އެޕްރީލު 2017
ފިސްތޯލަ ގެންގުޅުއްވި ކަމަށް ބުނެ އަދީބުގެ މައްޗަށް އިއްވި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފި
06 އެޕްރީލު 2017

ފައިސާ ގޯނި ހިފައިގެން ފައިސާ ބެހި ކަމަށް ބުނާ މައްސަލަ ބަލަނީ އެމްއެމްޕީއާރުސީގެ މައްސަލައިގެ ތެރެއިން: އޭސީސީ

06 އެޕްރީލު 2017
ފައިސާ ގޯނި ހިފައިގެން ފައިސާ ބެހި ކަމަށް ބުނާ މައްސަލަ ބަލަނީ އެމްއެމްޕީއާރުސީގެ މައްސަލައިގެ ތެރެއިން: އޭސީސީ
09 މާރިޗު 2017

އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލައިގެ ތަހުގީގު ރިޕޯޓް އަންނަ މަހު ނެރޭނަން: އޭސީސީ

09 މާރިޗު 2017
އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލައިގެ ތަހުގީގު ރިޕޯޓް އަންނަ މަހު ނެރޭނަން: އޭސީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު