Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާސްބެރީ

ފަސޭހައިން ގައިންގަޔަށް އަރާ ވައިރަސްއެއް ހުރި ރާސްބެރީއެއް ރާއްޖޭގައި!

އެ ބާވަތުގެ ރާސްބެރީ އަދި އެތެރެވެފައިވަނީ ހަމަ އެކަނި ރިސޯޓްތަކަށް

މުހައްމަދު މުސްތަފާ
މުހައްމަދު މުސްތަފާ | 6 ނޮވެމްބަރު 2019 | ބުދަ 18:45
ރާސްބެރީ

ރާސްބެރީ

ފަސޭހައިން ފެތުރޭ ވައިރަސް އެއް ކަމަށްވާ ނޯރޯވައިރަސް އިން ތަޣައްޔަރުވެފައިވާ ހިމްބީގަންޒް ބްރޭންޑުގެ ގަނޑުކުރި ރާސްބެރީއެއް ރާއްޖެއަށް އެތެރެވެފައިވާ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.

އެ އޮތޯރިޓީން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނޯރޯވައިރަސް އިން ތަޣައްޔަރު ވެފައިވާ ގަނޑުކުރި ހިމްބީގަންޒް، ރާސްބެރީ ރާއްޖެ އެތެރެވެފައިވާ ކަމަށް ޔޫރަޕުގެ ރެޕިޑް އެލަރޓް ސިސްޓަމް ފޮރ ފުޑް އެންޑް ފީޑް އިން އެ އިދާރާއަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެމްއެފްޑީއޭ އިން ވަނީ މި ބާވަތުގެ ރާސްބެރީ އެތެރެކުރުމާއި ވިއްކުން ހުއްޓާލަން އަންގައިފަ އެވެ. އަދި ކާބޯތަކެތި އެތެރެކުރާ ފަރާތްތަކުން މި ބާވަތުގެ ރާސްބެރީ އަށް ހާއްސަ ސަމާލުކަމެއް ދޭން ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

އެ ބަޔާނުގައި ބުނީ އެ ބާވަތުގެ ރާސްބެރީ ފޯރުކޮށްދީފައި ވަނީ ހަމައެކަނި ރިސޯޓުތަކަށް ކަމަށެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގައި ކާބޯތަކެތި އެތެރެކުރާ، ވިއްކާ އަދި ބޭނުންކުރާ ފަރާތްތަކުން، ފުރިހަމަ މައުލޫމާތު ނެތް ރައްކާތެރިކަން ކަށަވަރު ނުވާ ގަނޑުކުރި ރާސްބެރީ އެތެރެ ނުކުރުމަށާއި، ނުވިއްކުމަށާއި އަދި ބޭނުން ނުކުރުމަށް އެމްއެފްޑީއޭ އިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އެމްއެފްޑީއޭ އިން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ ހިމްބީގަންޒް ބްރޭންޑްގެ ގަނޑުކުރި ރާސްބެރީ ރާއްޖެ އެތެރެކުރާއިރު ހާއްސަ ސަމާލު ކަމެއް ދީގެން ބަލަމުން ގެންދާނެ ކަމަށާއި މިއާ ގުޅޭ މައުލޫމާތެއް އޮޅުން ފިލުވުމަށް ބޭނުންވާ ނަމަ އެ އޮތޯރިޓީއަށް ގުޅުމަށެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި

23 ޖެނުއަރީ 2017
ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި
22 ޖެނުއަރީ 2017

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

22 ޖެނުއަރީ 2017
ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު