Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނަސްރުގެ ދުވަސް

ނޮވެމްބަރ 3 ވަނަ ދުވަހުގެ އިރު އުދަރެހާއި ފަރުދާވެގެންދިޔައީ ދިވެހި އުޑުގައި ކާމިޔާބީގެ ރަން ދޯދިތައް ފަތުރަމުން: ރައީސް ސޯލިހު

3 ނޮވެމްބަރު 2019 | އާދީއްތަ 18:17

ދިވެހި ސިފައިންނާއި ރައްޔިތުން އެ ދުވަހު ނަމޫނާ ދެއްކެވި

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 3 ނޮވެމްބަރު 2019 | އާދީއްތަ 18:17
ރައީސް ޞާލިޙް ޖަލްސާއަށް ވަޑައިގަތުން

ރައީސް ޞާލިޙް ޖަލްސާއަށް ވަޑައިގަތުން

ނޮވެމްބަރ 3 ވަނަ ދުވަހުގެ އިރު އުދަރެހާއި ފަރުދާވެގެންދިޔައީ ދިވެހި އުޑުގައި ކާމިޔާބީގެ ރަން ދޯދިތައް ފަތުރަމުންކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ނޮވެމްބަރ 3 1988 ގައި ރާއްޖެއަށް ދިން ޢުދުވާނީ ޙަމަލާ ދިފާޢުކުރެއްވުމުގައި ޖިހާދުވެގެން ދިޔަ ފަރާތްތަކުގެ ޒިކުރާ އައުކުރުމަށް ކޮންމެ އަހަރެއްގައިވެސް ފާހަގަކުރަމުން ދާ ނަޞްރުގެ ދުވަހުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، އެ ކަޅު އަނދިރި ދުވަހުގެ ނަޞްރާއި ނަސީބާއި ކާމިޔާބަކަށް ވެގެންދިޔައީ، އަސްކަރިއްޔާގެ ހިއްވަރާއި ދިވެހި ލޮބުވެތި ރައްޔިތުންގެ ފަންވަރުންކަމަށެވެ. ރައީސް ޞާލިޙް ވަނީ އެ ދުވަހު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުރެ ރައީސް މައުމޫން ދެއްކެވި ޙިކްމަތްތެރިކަމަށް ރައީސް ޞާލިޙުގެ އަމިއްލަ ނަންފުޅާއި ދިވެހި ރައްޔިތުންގެ ނަމުގައި ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ.

Advertisement - newsAdvertisement

މީގެއިތުރުން ރައީސް ޞާލިޙް ވަނީ އެ ދުވަހު ދިވެހި ސަރުކާރަށް އެހީތެރިވެދިން ހުރިހާ ޤައުމަތަކަށް ޝުކުރު އަދާކުރައްވައި ޚާއްޞަކޮށް އިންޑިއާއިން ވެދިން އެހީތެރިކަމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ. ރައީސް ވިދާޅުވީ އެކަމުން ލިބުނު ފިލާވާޅަކީ ދެވަނަ ފަހަރަށް އެކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި ކުރަންވީ ކަންކަމަކީ ކޮބައިކަން ދެނެގަނެ އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުންކަމަށެވެ. މި ދިވެހި ފަސްގަނޑަކީ ޤައުމީ އެތައް ބަޠަލުންތަކެއްގެ ފުރާނައާއި ލެއިން ދިރުން ލިބެމުން އަންނަ ފަސްގަނޑެއްކަން ފާހަގަކޮށް ރައީސް ޞާލިޙް ވިދާޅުވީ، ނުވެމްބަރ 3 ގެ ޢުދުވާނީ ޙަމަލާގައިވެސް ސިފައިންނާއި ރައްޔިތުން ސާބިތުކޮށްދިނީ ޤައުމު ގުޅުން އަދިވެސް ބަދަހިކަންމަތީ ދެމިއޮތުން ކަމަށެވެ.

ރައީސް ވިދާޅުވީ ޤައުމަށް ދިމާވާ ކޮންމެ ކަމެއްގައި ހަށިގަނޑާއި ފުރާނައިން ޤުރުބާންވާން ތައްޔާރަށް ތިބި ފަޚުރުވެރި ބަޔަކު ޤައުމުގައި ދިރި އާލާވަމުން ދާކަމީ ހަމަޖެހުމާއި ޞުލްޙަ މަސަލަސްކަމަށް ރައްޔިތުން އިސްކަންދޭކަމުގެ އަލިގަދަ ހެއްކެއްކަމަށެވެ. ދިވެހި އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކުރުމަށް ގިނަ ކަންތައްތަކެއް މިހާރުވެސް ރޭވިފައި އެބަހުރިކަން ފާހަގަކޮށް ރައީސް ވަނީ ކޯސްޓްގާޑު ރާއްޖޭގެ ކަނޑުގެ ޞަަރަޙައްދުގެ ބޯޑަރ ބަލަހައްޓަން ކުރާ މަސައްކަތް ފާހަގަކޮށް ވަޞީލަތްތައް އިތުރު ކުރަންޖެހޭ ކަމަށް ޤަބޫލުކުރައްވާކަމަށް ވިދާޅުވެފައެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލައްވާފައިވަނީ ސިފައިންގެ ހުވަޔާއި އެކު ކޮންމެ ސިފައިންގެ މީހެއްގެ ކޮޑުގައި ވަރަށްބޮޑު ޤައުމީ ވާޖިބެއް ކަނޑައެޅިފައިވާ ކަމަށް ވިދާޅުވެ، ދުޅަހެޔޮ ހަށިހެޔޮ ބައެއްގެ ގޮތުގައި ދެމިތިބެ ޤައުމުގެ މިނިވަންކަމާއި ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދެއްވުމަށް އަބަދުމެ ސާބިތުކަންމަތީ ދެމިތިއްބެވުމަށް ސިފައިންނަށް އިލްތިމާސްކުރައްވާފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ފެބްރުއަރީ ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި

08 ފެބުރުއަރީ 2017
ފެބްރުއަރީ  ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި
07 ފެބުރުއަރީ 2017

ޝާޑުއާއި އިރުތިޝާމްގެ ކައިވެނީގެ ރަން ކިޔައިފި

07 ފެބުރުއަރީ 2017
ޝާޑުއާއި އިރުތިޝާމްގެ ކައިވެނީގެ ރަން ކިޔައިފި
04 ފެބުރުއަރީ 2017

ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި

04 ފެބުރުއަރީ 2017
ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
30 ޖެނުއަރީ 2017

މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

30 ޖެނުއަރީ 2017
މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!
28 ޖެނުއަރީ 2017

މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!

28 ޖެނުއަރީ 2017
މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!
25 ޖެނުއަރީ 2017

އިރުޝާން މަރާލި މަރާމާރީގައި ބައިވެރިވި މީހަކު އެންމެ 27 ދުވަހަށް ޖަލަށް!

25 ޖެނުއަރީ 2017
އިރުޝާން މަރާލި މަރާމާރީގައި ބައިވެރިވި މީހަކު އެންމެ 27 ދުވަހަށް ޖަލަށް!
19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް