Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަލަސުރުހީ

ޑީޖޭއޭ ޖޭއެސްސީގެ ދަށަށް ގެންދިޔުމުން އުއްތަމަ ފަނޑިޔާރަށް ސިފަކުރެއްވުނީ ނިއުކްލިއަރ ބޮމެއް ފަދަ ނުރައްކަލެއް: އިންތި

3 ނޮވެމްބަރު 2019 | އާދީއްތަ 03:21

އުއްތަމަ ފަނޑިޔާރަކަށް ގާނޫނު ހަދާ މަޖިލީހާ ނުބެހެވޭނެ

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 3 ނޮވެމްބަރު 2019 | އާދީއްތަ 03:21
މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ

ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ބާރެއްގެ ދަށުން ގާނޫނީ އިމުގެ ތެރެއިން ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޖޭއެސްސީގެ ދަށަށް ގެންދިޔުމުން އުއްތަމަ ފަނޑިޔާރު އެކަން ސިފަކުރެއްވީ ނިއުކްލިއަރ ބޮމެއް ފަދަ ނުރައްކަލެއްގެ ގޮތުގައިކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އަދި ޖުޑީޝަރީ ކޮމިޓީގެ މުގައްރިރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގުރާމުގައި ވާހަކަދައްކަވަމުން އިންތި ވިދާޅުވީ، ޝަރުއީ ދާއިރާ އިސްލާހު ކުރުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު ވައުދެއްކަމަށާއި ރަައްޔިތުންނަށް އެ ވައުދު ފުއްދުމަށް މި ސަރުކާރުން ކުޑައިން މިންވަރެއްވެސް ފަހަތަަށް ނުޖެހޭނެކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ވެރިކަން ބަދަލުވުމާއެކު އެ މަސައްކަތް ފަށައިފައިވާއިރު، އެ އިސްލާހަށް އެޅޭ ހުރަހަކަށް އުއްތަމަ ފަނޑިޔާރު ވެފައިވާކަމަށް އިންތި ފާހަގަކުރެއްވިއެވެ. އިންތި ވިދާޅުވީ ޖުޑީޝަލް ސާރވިސް ކޮމިޝަނުން ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލަމުން ގެންދާއިރު އެ ފަރާތްތަކަށް ގާނޫނުން ލިބިދީފައިވާ ބާރު އުއްތަމަ ފަނޑިޔާރު ގަބޫލުފުޅުނުކުރައްވާކަމަށެވެ.

އެކަމުގެ މިސާލަކަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ސުޕްރީމް ކޯޓުގައި އޮތް އޮތުން ބަދަލުކޮށް ޖޭއެސްސީގެ ދަށަށް ބަދަލުކުރެވުން ނަންގަވައި އިންތި ވިދާޅުވީ ކޯޓުތަކުގެ އިދާރީ ކަންކަން ހިންގުމުގެ ގާނޫނުތައް ހަދާނީ ރައްޔިތުންގެ މަޖިލީހުންކަން ގާނޫނު އަސާސީގައި ބަޔާންކޮށްފައި އޮތް އިރު އެ ބާބު އެއްކޮށް އުނިކޮށް ޑީޖޭއޭ ސުޕްރީމްކޯޓުގެ އަތްދަށަށް ޢައިރު ގާނޫނީ ގޮތަށް ކުރީގެ ސަރުކާރުގައި ގެންގޮސްފައިވާކަމަށެވެ.

އެގޮތުން އެ ދުވަސްވަރު ބާރާއި ނުފޫޒުގެ ބޭނުންކޮށް ގާނޫނީ ވަކީލުން ސަސްޕެންޑްކޮށް، ދައްކާ ވާހަކައިން ޖިނާއި ދައުވާ އުފުލޭ ގޮތް ހަދާފައިވާކަމަށް އިންތި ވިދާޅުވިއެވެ. އިންތި ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ ގާނޫނު ހެދުމުގެ ބާރުގެ ދަށުން ޑީޖޭއޭގެ ބެލެނެވެރިފަރާތް އެންމެ ފުރަތަމަވެސް ވާގޮތަށް ރުޖޫއަކުރުމުން އުއްތަމަ ފަނޑިޔާރަކަށް ކެތް ނުވިކަމަށެވެ.

ޕްރޮގުރާމްގައި އިތުރަށް ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ، ޑީޖޭއޭ ހިންގުމަށް ބައިވަރު މޮޑެލްތަކެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރަމުން އަންނަކަމަށާއި ޖޭއެސްސީގެ ދަށަށް ޑީޖޭއޭ ބަދަލުކުރުން އެއީ މި ސަރުކާރުން އިހްތިޔާރު ކުރި މޮޑަލްގައި ވާގޮތް ކަމަށެވެ. ޑީޖޭއޭގެ ބެލެނެރިވެރި ފަރާތް ބަދަލުކުރުމުން އެއީ "އުޑު ބޮލަށް ވެއްޓުނީ" ނޫންކަމަށާއި ސުޕްރީމްކޯޓުން މުޅި މަންޒަރު ކިލަނބުކޮށް ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފައްދަން މަސައްކަތްކޮށްފައިވާކަމަށެވެ.

އިންތި އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ކަމަކާއި ބެހޭގޮތުން ގާނޫނީ މަޝްވަރާ ކުރިޔަށް ގެންދަނިކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް މަޖިލީހުގައި ކުރާ މަސައްކަތަކަށް ބަހެއް ނުބުނެވޭނެކަމަށާއި ގާނޫނު ހެދުމުގެ ފުރަތަމަ އިހްތިޔާރާއި ބާރު ލިބިގެންދަނީ ރައްޔިތުން އިންތިހާބުކޮށްފައިތިބި މަންދޫބުންނަށް ކަމަށެވެ. އެ މަސައްކަތް ކުރަނިކޮށް ސިޓީފުޅެއް ފޮނުވުމަކީވެސް ސުލޫކީ މައްސަލައެއްކަމަށް އިންތި ވިދާޅުވިއެވެ. އިންތި އިތުރަށް ވިދާޅުވީ ސުޕްރީމްކޯޓު އިސްލާހު ކުރުމާއި ރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހުކުރުމަށް މި ސަރުކާރުން ފަސްނުޖެހޭނެކަމަށެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

07 ޖޫން 2017

ފަރުމަސް ބާވަތްތައް ގިނަ، އަގުތައް ދަށަށް!

07 ޖޫން 2017
ފަރުމަސް ބާވަތްތައް ގިނަ، އަގުތައް ދަށަށް!
22 މެއި 2017

ދުސްތޫރީ ހަޔާތުގައި މިއަދަކީ ކަޅު ދުވަހެއް: ކުރީގެ އުއްތަމަ ފަނޑިޔާރު

22 މެއި 2017
ދުސްތޫރީ ހަޔާތުގައި މިއަދަކީ ކަޅު ދުވަހެއް: ކުރީގެ އުއްތަމަ ފަނޑިޔާރު
18 މެއި 2017

ހައިކޯޓުގެ ފަނޑިޔާރު ރައޫފް ޖޭއެސްސީގެ މެމްބަރު ކަމަށް އަންޔަން ކުރައްވައިފި

18 މެއި 2017
ހައިކޯޓުގެ ފަނޑިޔާރު ރައޫފް ޖޭއެސްސީގެ މެމްބަރު ކަމަށް އަންޔަން ކުރައްވައިފި
14 އެޕްރީލު 2017

މިދިޔަ އަހަރަކީ ރެކޯޑް މިންވަރަކަށް ކޯޓްތަކަށް މައްސަލަތައް ހުށަހެޅުނު އަހަރެއް: ޑީޖޭއޭ

14 އެޕްރީލު 2017
މިދިޔަ އަހަރަކީ ރެކޯޑް މިންވަރަކަށް ކޯޓްތަކަށް މައްސަލަތައް ހުށަހެޅުނު އަހަރެއް: ޑީޖޭއޭ
13 އެޕްރީލު 2017

އެލްޖީއޭ ބޯޑު ރައީސް ޔާމީންގެ ބާރުގެ ދަށަށް ގެންދިއުމުން ރައީސް މައުމޫން ކަންބޮޑުވުން ފާޅުކުރައްވައިފި

13 އެޕްރީލު 2017
އެލްޖީއޭ ބޯޑު ރައީސް ޔާމީންގެ ބާރުގެ ދަށަށް ގެންދިއުމުން ރައީސް މައުމޫން ކަންބޮޑުވުން ފާޅުކުރައްވައިފި
18 މާރިޗު 2017

ރާއްޖެޓީވީ ބޭރުގައި ހުރި "ނުހައްގުން އަނިޔާ ނުދީ" ބިލްބޯޑް ފުލުހުންގެ ބެލުމުގެދަށަށް!

18 މާރިޗު 2017
ރާއްޖެޓީވީ ބޭރުގައި ހުރި "ނުހައްގުން އަނިޔާ ނުދީ" ބިލްބޯޑް ފުލުހުންގެ ބެލުމުގެދަށަށް!
08 މާރިޗު 2017

އަދީބު ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކޮށް، ދޫނިދޫގައި ބަންދުކޮށްފި

08 މާރިޗު 2017
އަދީބު ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކޮށް، ދޫނިދޫގައި ބަންދުކޮށްފި
03 މާރިޗު 2017

އިހްތިޖާޖުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފި

03 މާރިޗު 2017
އިހްތިޖާޖުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފި
26 ފެބުރުއަރީ 2017

ހައިކޯޓުގެ އުތުރު ގޮފި ބަންދު ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް: ޑީޖޭއޭ

26 ފެބުރުއަރީ 2017
ހައިކޯޓުގެ އުތުރު ގޮފި ބަންދު ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް: ޑީޖޭއޭ
24 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް

24 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް