Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފިނޭންސް މިނިސްޓަރ

ބަދަލު ދިނުމަށް އެދި 32 މައްސަލައެއް ހުށަހަޅާފައިވޭ: ފިނޭންސް މިނިސްޓަރ

2 ނޮވެމްބަރު 2019 | ހޮނިހިރު 13:15

ބަދަލު ދިނުމުގެ މަސައްކަތް ކުރަނީ ކޮމެޓީގެ ލަފާގެ މަތިން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 2 ނޮވެމްބަރު 2019 | ހޮނިހިރު 13:15
މާލިއްޔަތު ކޮމެޓީގެ ބައްދަލުވުން

މާލިއްޔަތު ކޮމެޓީގެ ބައްދަލުވުން

ދައުލަތުން ބަދަލު ހޯދުމަށް 32 މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަތައް ބަލާ ބަދަލު ހޯދަން ދައުލަތާ ދެކޮޅަށް ދައުވާކުރާ މައްސަލަތަކާ ގުޅިގެން ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށް، ބަދަލު ދިނުމުގައި ލަފާ ދިނުމަށް އޮންނަ ސެޓްލްމަންޓް ކޮމެޓީގެ ލަފާއާއެކު މަސައްކަތް ކުރަމުންދާ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުން އެކިފަރާތްތަކާއެކުވާ އެއްބަސްވުންތަކުގެ ދަށުން އަދާކުރަންޖެހޭ މާލީ އިލްތިޒާމުތަކާމެދު ގެންގުޅޭ އުސޫލުތައް މުރާޖައާކޮށް، ދައުލަތުން ބުރަނުވާނޭ އުސޫލެއް ގާއިމުކުރުމަށް ގޮވާލާ ގަރާރު ދިރާސާކުރަމުންދާ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރ ވިދާޅުވީ ކުރީ ސަރުކާރުން ސަބަބަކާ ނުލާ ތަފާތު އެކިއެކި ކޮންޓްރެކްޓްތައް ބާތިލް ކޮށްފައިވާކަމުގައެވެ. އަދި ސަރުކާރާ ހަވާލުވިއިރު އާރބިޓްރޭޝަންގައި ނިންމާފައި ހުރި މައްސަލަތަކެއް ހުރި ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

Advertisement - newsAdvertisement

އޭގެ އެއް މައްސަލައިގެ ގޮތުގައި މިނިސްޓަރ ފާހަގަކުރެއްވީ ރާއްޖޭގެ ބޯޑަރ ކޮންޓްރޯލް ސިސްޓަމް ގާއިމްކުރުމަށް މެލޭޝިއާގެ ނެކްސްބިޒް ކުންފުންޏާއި ދިވެހި ސަރުކާރާއި ދެމެދު ވެފައިވާ އެއްބަސްވުން އުވާލުމުން އެކުންފުނިން ބަދަލުހޯދުމަށް ދިޔަ މައްސަލައެވެ. މި މައްސަލާގައި އެއެއްބަސްވުން އުވާލުމުން ދިވެހި ސަރުކާރުގެ މައްޗަށް 15 މިލިއަން ޑޮލަރު ދެއްކުމަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން ވަނީ 2016 ވަނަ އަންގާފައެވެ.

މިނިސްޓަރ ވިދާޅުވީ މިމައްސަލާގައި ދިވެހި ސަރުކާރުން ގާތްގަޑަކަށް 18 މިލިއަން ޑޮލަރު ދީފައިވާކަމަށެވެ.

ދެން މިނިސްޓަރ ފާހަގަކުރެއްވީ މިއަހަރު ކުރީކޮޅު ސުޕްރީމް ކޯޓުން ވިލާ ކުންފުނީގެ ހިއްސާ އޮންނަ ވޯލްޑް ލިންކް ޓްރެވަލްސް (ޑަބްލިއުއެލްޓީ)އަށް ރަށްތަކެއް ހަވާލު ނުކުރި މައްސަލާގައި ބަދަލުގެ ގޮތުގައި 13 މިލިއަން ޑޮލަރު ދިނުމަށް ކުރި ހުކުމެވެ. މިނިސްޓަރ ވިދާޅުވީ މިމައްސަލާގައި ދައްކަންޖެހޭ ބައި ދައްކާފައިވާކަމަށެވެ.

މީގެއިތުރުން ދެން ބަދަލުގެ ގޮތުގައި ދައްކާފައިވަނީ މެޑިކަލް ނެގްލިޖެންސްގެ ގޮތުގައި ދެއްކުމަށް ހުކުމްކުރި 7 މިލިއަން ރުފިޔާ އާއި ނޫމަޑި މައްސަލާގައި ދެއްކި ފައިސާކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވި އެވެ. ހައުސިން ޔުނިޓްތަކެއް އަޅަން ނޫމަޑިއާ އެކު ސަރުކާރުން ވީ އެއްބަސްވުން އުވާލުމުން އެ ކުންފުނިން އާބިޓްރޭޝަނަށް ހުށަހެޅި މައްސަލަ ނިމެންދެން މަޑުކުރި ނަމަ 200 މިލިޔަން ޑޮލަރަށް ވުރެ ބޮޑު ބަދަލެއް ދޭން ޖެހުނީސް ކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވި އެވެ.

ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ތަކުރާރުކޮށް ވިދާޅުވީ ބަދަލުދޭން ޖެހިފައި ހުރީ ސަރުކާރުގެ ފަރާތުން ޒިންމާ ނަގަންޖެހޭ ފަރާތްތަކުން ޒިންމާ ނުނަގާ އިހުމާލުވުމުގެ ސަބަބުން ކަމަށެވެ. އެގޮތުން ދީބާޖާ މައްސަލާގައި ކޯޓުން ކުރި ހުކުމް އެ މުއްދަތުގެ ތެރޭގައި އިސްތިއުނާފު ކޮށްފައިނުވާކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ. އެކަމުގެ ސަބަބުން ދީބާޖާއަށް 348 މިލިއަން ރުފިޔާ ދިނުމަށް ދައުލަތުގެ މައްޗަށް ސުޕްރީމް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

މިނިސްޓަރ ވިދާޅުވީ ކުދި އަދި މެދު މަންފަތީގެ ވިޔަފާރި ތަކުންވެސް އަދި ބޮޑެތި ވިޔަފާރި ތަކުންވެސް ބަދަލު ހޯދަން ހުށަހަޅާ ކަމަށެވެ. ވެރިކަމާއި ހަވާލުވިފަހުން މިހާތަނަށް އައިރު ބަދަލުގެ ގޮތުގައި 1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކާފައިވާ ކަމަށް ފިނޭންސް މިނިސްޓަރ މީގެކުރިން މަޖިލީހުގައި ވަނީ ވިދާޅުވެފައެވެ.

މީގެ ތެރެއިން ބައެއް މައްސަލަތަކަށް ކޯޓުތައް މެދުވެރިކޮށް ފައިސާ ދޭންޖެހުނުއިރު، އަނެއް ބައި މައްސަލަތައް ހައްލުކުރީ ސެޓްލްމަންޓް ކޮމެޓީ މެދުވެރިކޮށް ކޯޓުން ބޭރުގައެވެ.

އެންމެ ހިނގާ

1

އަލައްބާރުގެ ވާހަކަތަކުން ފަޅާއެރި ސިއްރު: އެތައް މިލިއަން ޑޮލަރެއް ދިޔައީ ކޮން އަބްދުﷲ އަކަށް؟

2

ހެލްތު މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުންތަކެއް އޮފީސްތެރޭ ނަށާ ވީޑިއޯ އާންމުވެ، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

3

ފެނަކައިގެ ކޮރަޕްޝަން މައްސަލައިގައި ދީނާ ޖަލަށްލާން ހުކުމްކޮށްފި، ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކުރަން ދައުލަތުން އިންކާރުކުރޭ!

4

އަލައްބާރު އެތައް މިލިއަން ޑޮލަރެއް ދިން ކަމަށް ބުނާ "އަބްދުﷲ" އަކީ ކާކު؟

5

19 އަހަރުގެ ވެރިކަމަށް ފަހު ޔަހޫދީ ނަތަންޔާހޫގެ ސިޔާސީ ހަޔާތް ނިމުމަކަށް އަންނަނީތަ؟

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް