Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެތައިލެންޑުގެ ރަސްކަން

ރަސްގެފާނަށް ވަފާތެރިކަން އިތުރުކުރުމަށް ތައިލެންޑުގައި ބޫޓް ކޭމްޕްތަކެއް!

މި ކޯސްތައް ހިންގަނީ ބޮޑުވަޒީރުގެ އޮފީހުން އިސް ނަގައިގެން

އަމަން ހަލީމް
އަމަން ހަލީމް | 1 ނޮވެމްބަރު 2019 | ހުކުރު 08:46
ތައި ރަސްގެފާނު މަހާ ވަޖިރަލޮންކޯން

ތައި ރަސްގެފާނު މަހާ ވަޖިރަލޮންކޯން

ރަސްގެފާނަށް އޮންނަ ވަފާތެރިކަން އިތުރުކުރުމަށް ކަމަށް ބުނެ، ތައިލެންޑުގެ ސިވިލް ސަރވަންޓޫންނާއި، ފުލުހުންނާއި ޓީޗަރުން މިލިޓަރީ ކޭޕްތަކަކަށް ފޮނުވަން ފަށައިފިއެވެ.

މިދިޔަ އަހަރު ފެށި މި ޕްރޮގްރާމަކީ، މިހާރު ރަސްކަމުގެ ތަހުތުގައި ހުންނެވި މަހާ ވަޖިރަލޮންކޯންގެ ރަސްކަމުގައި ފަށައިގެން އުޅޭ ޕްރޮގްރާމެކެވެ. 1932 ވަނަ އަހަރު ތައިލެންޑުގެ ވެރިކަމުގެ ނިޒާމަށް ބަދަލުގެނެއި ފަހުން މިހާތަނަށް ވެރިކަން ކުރެއްވި އެއްވެސް ރަސްކަލަކު މި ޒާތުގެ ޕްރޮގްރާމްތަކެއް ހިންގާފައެއް ނުވެއެވެ.

ޕްރޮގްރާމްގެ ބައިވެރިންތަކެއް ރޮއިޓަރޒްއާ ވާހަކަދައްކަމުން ބުނީ ފަތިހު 5 ޖެހުމާއެކު ޓްރެއިނިންގ ފެށޭ ކަމަށާއި، އަސްކަރީ ސެލިއުޓްތައް ދަސްކުރުމާއި، ތައި ރަސްރަސްކަލުންގެ ތާރީހު ދަސްކުރަން ޖެހޭ ކަމަށެވެ. ހަ ހަފުތާގެ މުއްދަތަށް ކުރިޔަށްދާ ކްލާސްތައް ލިބުމުން އެ މީހުން ކުރަން ޖެހޭ މަސައްކަތަކީ ރަސްގެފާނު ޕްރޮމޯޓް ކުރުމެވެ. އަދި އެ މީހުންގެ މަސައްކަތް މެސެޖް ޓްރެކިންގ އެޕްތައް މެދުވެރިކޮށް މޮނިޓަރ ކުރެވެމުންދެއެވެ.

މި ކޭމްޕްތައް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވަނީ، ބޮޑުވަޒީރު އޮފީހުގެ ޕަރމަނަންޓް ސެކެޓްރީ ތީރަޕަތް ޕްރަޔުސިއްދީއެވެ. އަދި އޭނާ ބުނީ މިއީ މަޖުބޫރުން ހިންގާ ޕްރޮގްރާމްތަކެއް ނޫން ކަމަށާއި، މީގައި މީހުން ބައިވެރިވަނީ އަމިއްލަ އިހްތިޔާރުގައި ކަމަށެވެ. ނަމަވެސް، ޕްރޮގްރާމްގައި ބައިވެރިވި ބައެއް ފަރާތްތަކުން ވަނީ މިވާހަކަތައް ދޮގުކޮށްފައެވެ.

ދާދި ފަހުން ރަސްގެފާނު ވަޖިރަލޮންކޯން ވަނީ، އޭނާއަށް ބޭވަފާތެރިވީ ކަމަށް ބުނެ ރޯޔަލް ކޮންސޯޓްގެ ހުރިހާ ބާރެއް އަތުލާ ގަނޑުވަރުން ބޭރުކޮށްލާފައެވެ.

އިތުރަށް ކިޔާލަން

10 ނޮވެމްބަރު 2022

ޗާލްސް ރަސްގެފާނަށް އަމާޒުކޮށް ބިސް އުކި ޒުވާނާ، ކަފާލާތުގެ ދަށުން ދޫކޮށްލައިފި

10 ނޮވެމްބަރު 2022
ޗާލްސް ރަސްގެފާނަށް އަމާޒުކޮށް ބިސް އުކި ޒުވާނާ، ކަފާލާތުގެ ދަށުން ދޫކޮށްލައިފި
28 އޮކްޓޯބަރު 2021

މޫސުމީ ބަދަލުތަކާ ގުޅިގެންދޭ ފަންޑު އިތުރުކުރުމަށް އީޔޫއިން ކޮޕް26 ސަމިޓްގައި ބާރުއަޅަނީ

28 އޮކްޓޯބަރު 2021
މޫސުމީ ބަދަލުތަކާ ގުޅިގެންދޭ ފަންޑު އިތުރުކުރުމަށް އީޔޫއިން ކޮޕް26 ސަމިޓްގައި ބާރުއަޅަނީ
27 ޖެނުއަރީ 2021

ތައިލެންޑުގައި ފެބްރުއަރީ މަހު ވެކްސިން ދޭން ފަށަނީ

27 ޖެނުއަރީ 2021
ތައިލެންޑުގައި ފެބްރުއަރީ މަހު ވެކްސިން ދޭން ފަށަނީ
26 ޑިސެމްބަރު 2020

ނަތަންޔާހޫގެ ދައުވަތު މޮރޮކޯގެ ރަސްގެފާނަށް!

26 ޑިސެމްބަރު 2020
ނަތަންޔާހޫގެ ދައުވަތު މޮރޮކޯގެ ރަސްގެފާނަށް!
15 އޮކްޓޯބަރު 2020

ތައިލެންޑުގައި އެއްވެ އުޅުން މަނާކޮށް ގަރާރެއް ނެރެފި

15 އޮކްޓޯބަރު 2020
ތައިލެންޑުގައި އެއްވެ އުޅުން މަނާކޮށް ގަރާރެއް ނެރެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު