Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަހުމަދު މަރުޒޫގް (މަރޭ)

ފާއިތުވި 9 އަހަރު ވީއޭއެމް އޮތީ ގަޑުބަޑު ކޮށްފައި: މަރޭ

ހަރާމް ނޭނގޭ ވަރަށް މުޅި ތަން ގަޑުބަޑުކޮށްފައި

ލީވާން އަލީ
ލީވާން އަލީ | 1 ނޮވެމްބަރު 2019 | ހުކުރު 07:23
އަހުމަދު މަރުޒޫގް (މަރޭ)

އަހުމަދު މަރުޒޫގް (މަރޭ)

ފާއިތުވެދިޔަ ނުވަ އަހަރު ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އޮތީ ގަޑުބަޑު ކޮށްފައި ކަމަށް އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކެޓް އަހުމަދު މަރުޒޫގް (މަރޭ) ވިދާޅުވެއްޖެއެވެ.

މީސް މީޑިއާގައި މަރޭ ވިދާޅުވީ، ވީއޭއެމްގައި މިދިޔަ ނުވަ އަހަރު މަސައްކަތް ކުރި މީހުން ވަނީ ހަލާލާއި، ހަރާމް ނޭނގޭ ވަރަށް މުޅި ތަން ގަނޑުބަނޑުކޮށްފައި ކަމަށެވެ.

އެގޮތުން މަރޭ ވިދާޅުވީ، ވީއޭއެމްގެ ސައްހަ ކްލަބެއް، އަސާސީ ގަވައިދެއް، މެމްބަރުންނަކީ ކޮބައި ކަމެއް ފާއިތުވެދިޔަ ދުވަސްތަކުގައި އެނގިފައިނުވާ ކަމަށެވެ.

މިކަން ކުރީ ބާރުގަދަ ސިޔާސީ ފަރާތްތަކެއް ގުޅިގެން އެކިފަހަރު ވީއޭއެމްގެ އެކިއެކި ވެރިން އެމީހަކަށް ހެޔޮވަރު ކޯޓު ފަހަން ކަމަށްވެސް މަރޭ ވަނީ ވިދާޅުވެފައެވެ.

ވީއޭއެމްގެ މައްސަލަ ބޮޑުވެފައިވާއިރު، ބުރާސްފަތި ދުވަހު ވަނީ ކުއްލި ގޮތަކަށް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް (ލަތީބެ) ގެ އިތުބާރު ނެތްކަމަށް ވޯޓެއް ނަގައި މެމްބަރު ކްލަބްރު 8 ކްލަބުގެ ތެރެއިން ހަ ކްލަބުގެ އަގުލަބިއްޔަތުން ވަނީ އޭނާ މަގާމުން ވަކިކޮށްފައެވެ.

ވީއޭއެއެމްގެ ރައީސް ކަމުން ލަތީބެ ވަކިކޮށްފައި މިވަނީ ސްޕޯޓްސް ކޮމެޝަނަރު އަހްމަދު ސަލީމާއި މައްސަލަ ތަކެއް ޖެހިގެން އުޅޭ ކަމުގެ އަޑު ތަކެއް ފެންމަތިވެފައި ވަނިކޮށެވެ. އެ މައްސަލަތައް ފެށިގެން ދިޔައީ ވީއޭއެމްގެ އިންތިހާބީ ކޮމެޓީ އަތުން ބާރުތަށް ނަގައި، އެ ބާރުތައް ސަލީމް އިސްވެ ހުންނަވައި ހެދި ވޮލީ ނޯމަލައިޒޭޝަން ކޮމެޓީއާ ހަވާލުކުރި ހިސާބުންނެވެ. ނޯމަލައިޒޭޝަން ކޮމެޓީގެ ދައުރު މިހާރު ވަނީ ހަމަވެފައެވެ.

ދުނިޔޭގެ ވޮލީބޯޅައިގެ މައި އިދާރާ އެފްއައިވީބީ އިން ވަނީ ވޮލީގެ ނޯމަލައިޒޭޝަން ކޮމެޓީގެ ބަލައި ނުގަންނަ ކަމަށާއި އެ ކޮމެޓީއިން ނިންމާ ނިންމުންވެސް ބަލައި ނުގަންނާނެ ކަމަށް ބުނެފައެވެ. މީގެއިތުރުން ވޮލީ ނޯމަލައިޒޭޝަން ކޮމެޓީގެ ބަދަލުގައި އިންތިހާބީ ރައީސް ލަތީބެ އާއި މުއާމަލާތުކުރުމަށް ވެސް އެފްއައިވީބީއިން އަންގައިފައެވެ.

އެފްއައިވީބީން މިހެން އަންގާފައިވަނިކޮށް، ނޯމަލައިޒޭޝަން ކޮމިޓީން ވަނީ ސައްހަ މެމްބަރު ކްލަބްތަކެއް ކަނޑަ އަޅައި، ވީއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައި، ހިންގާ ގަވައިދަށް ބަދަލުތަކެއް ގެނެސްފައެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ

31 ޖެނުއަރީ 2017
މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ
25 ޖެނުއަރީ 2017

ފާއިތުވި އަހަރުގެ އެންމެ މޮޅު ބިލިއަޑް ކުޅުންތެރިޔާގެ މަގާމު ޝަރީ އަށް

25 ޖެނުއަރީ 2017
ފާއިތުވި އަހަރުގެ އެންމެ މޮޅު ބިލިއަޑް ކުޅުންތެރިޔާގެ މަގާމު ޝަރީ އަށް
20 ޖެނުއަރީ 2017

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!
17 ޖެނުއަރީ 2017

މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

17 ޖެނުއަރީ 2017
މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް
11 ޖެނުއަރީ 2017

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު