Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބަޖެޓް

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މަޖިލީހަށް ފޮނުވީ ބުރާސްފަތި ދުވަހު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 31 އޮކްޓޯބަރު 2019 | ބުރާސްފަތި 15:32
ފިނޭންސް މިނިސްޓްރީ

ފިނޭންސް މިނިސްޓްރީ

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ ހ ގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ކޮންމެ މާލީ އަހަރަކަށް އެކުލަވާލެވޭ އެ އަހަރުގެ ދައުލަތުގެ ބަޖެޓް މިނިސްޓަރ ތައްޔާރުކޮށް ބަޖެޓް އެކުލަވާލެވޭ މާލީ އަހަރު ފެށުމުގެ އެންމެ ލަސްވެގެން ދެ މަސްދުވަސް ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ވާނެކަމަށެވެ.

މިހަފްތާ ތެރޭގައި ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވަނީ ޤާނޫނުގައި ކަނޑައަޅާފައިވާ ތާރީޚުގެ ކުރިން ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ފޮނުވާނެކަމަށް ވިދާޅުވެފަ އެވެ. ފިނޭންސް މިނިސްޓްރީގެ މީޑިޔާ އެގްޒެކެޓިވް މުހައްމަދު ޝަނޫނު ވިދާޅުވީ ބަޖެޓް ބުރާސްފަތި ދުވަހުގެ މެންދުރު ފަހު ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް ބަޖެޓާ ގުޅޭ ތަފްސީލެއް ހާމައެއް ނުކުރައްވައެވެ.

ފިނޭންސް މިނިސްޓްރީން ޢާއްމު ކުރި ފިސްކަލް އެންޑް ޑެޓް ސްޓްރެޓެޖީ ރިޕޯޓުގައި ވަނީ 2020 ވަނަ އަހަރުގެ ޖުމުލަ ބަޖެޓުގެ ހުންނާނެކަމަށް އަންދާޒާކުރެވެނީ 39552.7 މިލިއަން ރުފިޔާގައި ކަމަށެވެ. އަދި ޚަރަދު ހުންނާނެކަމަށް ލަފާކުރެވެނީ 37040 މިލިއަން ރުފިޔާ ކަމަށެވެ.

ރިޕޯޓުގައިވާގޮތުން 2022 ވަނަ އަހަރު ސޮވްރިން ބޮންޑް އަނބުރާ ދައްކަންޖެހުމާއެކު އެ އަހަރުގެ ޖުމުލަ ބަޖެޓު އިތުރުވެފައިވީ ނަމަވެސް، ނިއު ޕޮލިސީ އިނީޝިއޭޓިވްސްއަށް ހިނގާނެ ޚަރަދު ދަށްކުރަމުން ދިއުމާ ގުޅިގެން ދައުލަތުގެ ޚަރަދު 2020 އާ އެއް މިންގަނޑެއްގައި ހިފެހެއްޓޭނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ބަޖެޓް ޑެފިސިޓް ނުވަތަ ދަރަނީގެ ގޮތުގައި 5.5 ބިލިއަން ރުފިޔާ އަންދާޒާ ކުރެވޭއިރު ޢާމްދަނީއާއި ހިލޭ އެހީގެ ގޮތުގައިި 30.7 ބިލިއަން ރުފިޔާ ލިބޭނެކަމަށް ވަނީ ލަފާކޮށްފައެވެ.

2020 ވަނަ އަހަރު ދައުލަތުގެ ބޭސްލައިން ރިކަރަންޓް ޚަރަދުގެ ގޮތުގައި 20 ބިލިއަން ރުފިޔާ ހޭދަ ވާނެ ކަމަށް ފިނޭންސްއިން ވަނީ ލަފާކޮށްފައެވެ. އަދި ބޭސްލައިން ކެޕިޓަލް ޚަރަދުގެ ގޮތުގައި ހޭދަވާނެކަމަށް ބަލާފައިވަނީ 11 ބިލިއަން ރުފިޔާއެވެ.

މިހިނގާ 2019 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓަކީ 30 ބިލިއަން ރުފިޔާއެވެ. އެހެންނަމަވެސް ފަހުން 1.7 ބިލިއަން ރުފިޔާ އިތުރުކޮށްދީފައިވެއެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
29 ޖެނުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު