Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޒަރީރަށް ކުރި ހުކުމް

ރާއްޖެ ޓީވީގެ ޒަރީރަށް ކުރި ހުކުމް އިސްތިއުނާފް ކޮށްފި

އިސްތިއުނާފް ކުރީ އަންގާރަ ދުވަހު

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 14 މާރިޗު 2017 | އަންގާރަ 18:05
އާދަމް ޒަރީރު: ކޮށްފައިވާ ހުކުމް މިހާރު ވަނީ އިސްތިއުނާފް ކޮށްފައި

އާދަމް ޒަރީރު: ކޮށްފައިވާ ހުކުމް މިހާރު ވަނީ އިސްތިއުނާފް ކޮށްފައި

ފުލުހުންގެ ދައުރަށް ދަތިކުރުމުގެ ކުށުގެ ދައުވާ ސާބިތުކޮށް ރާއްޖެޓީވީގެ ނޫސްވެރިޔާ އާދަމް ޒަރީރު 3،000ރ. އިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި އިސްތއުނާފް ކޮށްފިއެވެ.

ޒަރީރުގެ ޤާނޫނީ ވަކީލް ޢަބްދުﷲ ހަސީނު ވިދާޅުވީ އިސްތިއުނާފް ކުރީ އަންގާރަ ދުވަހުގެ ވަގުތެއްގައި ކަމަށެވެ.

Advertisement - newsAdvertisement

ޒަރީރުގެ މައްޗަށް ސާބިތު ކޮށްފައިވާ ދައުވާގައި ބުނެފައިވަނީ 2015 ވަނަ އަހަރުގެ މާޗް 25 ވަނަ ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާއާ ގުޅިގެން ބޮޑުތަކުރުފާނު މަގާއި މުހައްމަދު އިސްމާއިލް ދީދީ ގުޅުނު ކަންމަތި ބެރިކޭޑް ޖަހާ ބަންދުކޮށްފައިވަނިކޮށް، އެ ސަރަހައްދަށް ގަދަކަމުން ވަދެ އެ ސަރަހައްދަގައި ޖަހާފައިވާ ފުލުހުން ޝީލްޑްތައް ކޮށްޕައި ފުލުހުންގެ ދައުރު އަދާކުރުމަށް ޒަރީރު ދަތިކޮށްފައިވާ ކަމަށެވެ.

ފުލުހުންގެ ގާނޫނުގެ 72 ވަނަ މާއްދާއާ ހަވާލާދީ އެ ގާނޫނުގެ 75 ވަނަ މާއްދާގެ ދަށުން ޒަރީރުގެ މައްޗަށް ކުރި ދައުވާގެ ހުކުމް އިއްވުމަށް ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ އާދާމް އާރިފް ވިދާޅުވީ ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިންގެ ހެކި ބަހުގައި ދައުވާގެ އަސާސާ ގުޅޭ ފުށުއެރުންތަކެއް ނެތް ކަމަށެވެ. އަދި ދައުލަތުގެ ފަރާތުން ހުށަހެޅި ވީޑިއޯ އިން ދައުލަތުގެ ހެކިންގެ ހެކި ބަހަށް ބާރު ލިބޭ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

ގާޒީ އެހެން ވިދާޅުވި އިރު، ދައުލަތުގެ ފަރާތުން ހެކި ބަސް ދިން ދެ ފުލުހުން ބުނެފައިވަނީ ބްރޯޑްކާސްޓިންގ ކޮމިޝަނުން ދޫކޮށްފައިވާ ފާސް އަޅައިގެން ޒަރީރު ހުރިކަން ނޭނގޭ ކަމަށެވެ. އަދި އެކަކު ޒަރީރު އަތުގައި ކެމެރާ ނެތް ކަމަށް ބުނި އިރު، ދެވަނަ ހެކި ބުނެފައި ވަނީ ކެމަރާއެއް އޮތްކަން ހަނދާނެއް ނެތް ކަމަށެވެ.

ނަމަވެސް، ދައުލަތުގެ ފަރާތުން ހުށަހެޅި ވީޑިއޯ އިން ފެންނަ ގޮތުގައި، މުޒާހަރާ ކަވަރުކުރަން ޒަރީރު ހުރީ ކޮމިޝަނުން ދޫކޮށްފައިވާ ފާސް އަޅައިގެން، ކެމެރާއަކުން އެ ސަރަހައްދު ވީޑިއޯ ކުރުމަށެވެ. އެ ވީޑިއޯ އިން ޒަރީރު ހައްޔަރުކޮށްގެން ގެންދާ މަންޒަރު ފެނުނު ނަމަވެސް، ދައުވާގައި ބުނާ ފަދަ އަމަލެއް ހިންގައި ފުލުހުންނަށް ދަތިކުރާ މަންޒަރެއް ނުފެނެ އެވެ.

ޒަރީރުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ހުކުމް ކޮށްފައިވާއިރު ގާޒީ ވަނީ މުޒާހަރާ ކަވަރުކުރަން ޒަރީރު ހުރީ ކޮމިޝަނުގެ ފާސް އަޅައިގެންކަން ފާހަގަކުރައްވާފަ އެވެ. އަދި މިނިވަންކަމާ އެކު ނޫސްވެރިކަން ކުރުމަށް އެއްވެސް ފަރާތަކުން ހުރަސް އަޅައިގެން ނުވާނެ ކަމަށާއި، މުޒާހަރާއެއް ކަވަރުކުރާ އިރު ވެސް ނޫސްވެރިންނަށް ހުރަސް އަޅައިގެން ނުވާނެ ކަން ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ގާޒީ ވަނީ، ފުލުހުންނަށް ވިޔަސް، ނޫސްވެރިންގެ މަސައްކަތަށް ހުރަސް އަޅައި ދަތިކުރުމުގެ ބާރު ލިބިގެންނުވާ ކަމަށް ވިދާޅުވެފަ އެވެ. މުޒާހަރާ ކުރި ސަރަހައްދުގައި އެހެން ނޫސްވެރިން ވެސް ތިބިކަން ފާހަގަކުރައްވާ ގާޒީ ވިދާޅުވީ ޒަރީރު ހައްޔަރުކޮށްފައިވަނީ ނޫސްވެރިއަކަށް ވީތީކަން އެނގެން ނޯންނަ ކަމަށެވެ.

ކުށް ސާބިތުވެއްޖެ ކަމަށް ކަނޑައަޅުއްވާ އަދަބާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް ދިން ފުރުސަތުގައި ދައުލަތުގެ ވަކީލު ވިދާޅުވީ ފުލުހުންގެ ދައުރަށް ދަތިކުރުމަކީ ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށެއް ކަމަށާއި، އެ ކުށަށް ކަނޑައެޅިފައިވާ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުން ކަމަށެވެ. އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއްކަމަށް ފާހަގަކުރެއްވި ނަމަވެސް، ދައުލަތުގެ ވަކީލު ހުށަހެޅުއްވީ ގާޒީ އަށް ފެނިވަޑައިގަންނަވާ އަދަބެއް ޒަރީރަށް ދިނުމަށެވެ.

ޒަރީރު ވަކީލު އަބްދުﷲ ހަސީން ހުށަހެޅުއްވީ ގާނޫނުގައި ކަނޑައެޅިފައިވާ އެންމެ ލުއި އަދަބު ދިނުމަށެވެ. ހަސީން ވިދާޅުވީ ޒަރީރަކީ މުޖުތަމައު އަށް ހުރި ނުރައްކަލެއް ނޫން ކަމަށާއި އަދި މިއީ ޒަރީރުގެ މައްޗަށް ކުށެއް ސާބިތުވި ފުރަތަމަ ފަހަރު ކަމަށެވެ. އަދި ޒަރީރަކީ ޒިންމާދާރު މަގާމެއްގައި ހުރި މީހެއްކަން ފާހަގަކުރައްވާ ހަސީން ވިދާޅުވީ ޒަރީރުގެ ފަރާތުން މުޖުތަމައަށް ފައިދާކުރާ ކަމަށެވެ.

ދެފަރާތުގެ ވާހަކަތައް އަޑުއެއްސެވުމަށް ފަހު ގާޒީ އާދަމް އާރިފް ކުރެއްވި ހުކުމުގައި ވަނީ، އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމަކަށް ވިޔަސް، އެ އަދަބު އެހެން އަދަބަކަށް ބަދަލުކުރުމުގެ އިޚްތިޔާރު ގަޒީ އަށް ލިބިގެންވާތީ، އާއި މިއީ ޒަރީރުގެ މައްޗަށް މިފަދަ ކުށެއް ސާބިތުވި ފުރަތަމަ ފަހަރަށް ވާތީ 3،000ރ. އިން ޖޫރިމަނާ ކުރުމަށް ހުކުމް ކުރާ ކަމަށެވެ.

ހަސީން ވަނީ އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. ހުކުމާ ގުޅިގެން ޒަރީރު ބުނީ ފާސް އަޅައިގެން ހުރިކަމާއި ކެމެރާއެއް ހިފައިގެން ނޫސްވެރިކަން ކުރިކަން ސާބިތުވެފައި އޮއްވާ މިފަދަ ހުކުމެއް ކުރީތީ ވަރަށް ބޮޑަށް ޝުކުރުއަދާ ކުރަން ބޭނުންވާ ކަމަށެވެ.

ޒަރީރު މައްޗަށް ކުށް ސާބިތުކޮށް 3،000ރ. އިން ޖޫރިމަނާކޮށްފައިވާއިރު، ރާއްޖެޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމާއި ލީވާން އަލީ ނާސިރު 28،800ރ. އިން ޖޫރިމަނާ ކުރުމަށް ޖެނުއަރީ މަހުގެ 24 ވަނަ ދުވަހު ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. ވިސާމުގެ ދެވަނަ ދައުވާގެ ހުކުމް ކުރުން މާޗް މަހުގެ 28 ވަނަ ދުވަހަށް ތާވަލުކޮށްފައިވާއިރު، ސީއޯއޯ ހުސެއިން ފިޔާޒް މޫސާގެ ޝަރީއަތުގައި ދެން އޮތީ ޚުލާސާ ބަޔާން ހުށަހެޅުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު