Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނޫމަޑި

ނޫމަޑި މައްސަލާގައި މުއިއްޒު ހާޒިރުކުރާ ކޮމިޓީ ސިއްރު

ކޮމިޓީ ބާއްވަން ނިންމީ 11 ޖެހި އިރު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 30 އޮކްޓޯބަރު 2019 | ބުދަ 08:57
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ 56ވަނަ ބައްދަލުވުން

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ 56ވަނަ ބައްދަލުވުން

ހައުސިން ޔުނިޓްތަކެއް އަޅަން ނޫމަޑިއާއެކު ސަރުކާރުންވި އެއްބަސްވުން އުވާލުމުން، ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައުލަތުން ބޮޑު ބަދަލެއް ދޭންޖެހުނު މައްސަލާގައި ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ހާޒިރުކުރި މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުން ސިއްރުކޮށްފިއެވެ.

މާލިއްޔަތު ކޮމެޓީއަށް މުއިއްޒު ހާޒިރު ކުރައްވާފައިވަނީ، ނޫމަޑި މައްސަލައިގެ އާބިޓްރޭޝަނަށް މުއިއްޒު ދެއްވި ބަޔާނާއި ގުޅިގެންނެވެ. ނޫމަޑި އެއްބަސްވުން ބާޠިލުކުރިއިރު މުއިއްޒަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގެ ހައުސިން މިނިސްޓަރެވެ.

ނޫމަޑިއަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައުލަތުގެ މާލިއްޔާއިން ބޮޑު ބަދަލެއް ދޭންޖެހުނީ ރައީސް ޔާމީނުގެ ސަރުކާރުން ޢަމަލުކުރި ގޮތުން ކަމަށާއި އަދި އެމައްސަލަ ކޯޓުން ބޭރުން ޙައްލެއް ހޯދަން އުޅުންނަމަ ދައުލަތަށް ލިބޭ ގެއްލުން ކުޑަކުރެވުނީސް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީންގެ މެމްބަރުން ވެސް ގެންދަވަނީ ވިދާޅުވަމުންނެވެ.

ނޫމަޑި އެއްބަސްވުންތައް ބާތިލުކުރީ ގޯސްކޮށް ކަމަށް އާބިޓްރޭޝަނަށް ހުށަހެޅުއްވި ލިއުމެއްގައި ކުރީގެ މިނިސްޓަރ މުއިއްޒު ދައުލަތާ ދެކޮޅަށް ބަޔާން ދެއްވާފަ ކަމަށް މިސަރުކާރުގެ އިސްވެރިން ގެންދަވަނީ ތުހުމަތު ކުރައްވަމުންނެވެ. އަދި ދައުލަތަށް އެހާ ބޮޑެތި ގެއްލުންތަކެއް ދިން ބަޔަކު، ރަށުތެރޭގައި މިނިވަންކަމާއެކު އުޅެމުންދާ ކަމަށާއި، އެމީހުންގެ ވާހަކަތައް މިހާރުވެސް ބައްޓަން ވެފައި ހުންނަނީ ދައުލަތަށް ގެއްލުންދޭ ގޮތައްކަމަށް ތުހުމަތުކުރައްވާ މިސަރުކާރަށް ނިސްބަތްވާ އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ ގެންދަވަނީ ނުރުހުން ފާޅު ކުރައްވަމުންނެވެ.

ރައީސް ޔާމީނުގެ ސަރުކާރުން ބާޠިލުކުރި ދެ އެއްބަސްވުމެއްގެ މައްސަލަ ނޫމަޑިން ވަނީ ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާރމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހަޅާފައެވެ. އެމައްސަލަތަކުގެ ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައުލަތުން ނޫމަޑިއަށް 55 މިލިއަން ޑޮލަރު (849،750،000ރ) ދައްކަން ޖެހުނެވެ. އެފައިސާ މިސަރުކާރުން ވަނީ ދައްކާފައެވެ.

އެއްބަސްވުން އުވާލި މައްސަލަތަކުގައި ނޫމަޑިން، އާބިޓްރޭޝަނަށް ހުށަހެޅީ 155 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) ހޯދުމަށެވެ. ކޯޓުގައި މި މައްސަލަ ހިނގަމުން ދަނިކޮށް އެ ކުންފުންޏާ ވާހަކަ ދައްކައި ބަދަލު ދިނީ، ރައީސް އޮފީހުގައި އޮންނަ ސެޓްލްމެންޓް ކޮމިޓީން ނިންމައިގެންނެވެ.

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު

15 ފެބުރުއަރީ 2017
ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު
02 ފެބުރުއަރީ 2017

ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި

02 ފެބުރުއަރީ 2017
ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި
30 ޖެނުއަރީ 2017

ކާނަލް ނާޒިމް މައްސަލާގައި އދ. ގެ ނިންމުން ބަލައެއް ނުގަންނަން: ސަރުކާރު

30 ޖެނުއަރީ 2017
ކާނަލް ނާޒިމް މައްސަލާގައި އދ. ގެ ނިންމުން ބަލައެއް ނުގަންނަން: ސަރުކާރު
27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު