Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް

ބޮޑު ތަފާތަކުން އެފްއޭއެމްގެ ޓީމުން ރައްޔިތުންގެ މަޖިލީހުގެ ޓީމު ބަލިކޮށްފި

29 އޮކްޓޯބަރު 2019 | އަންގާރަ 14:59

މެޗަށް ސަޕޯޓަރުން ވެއްދުމަށް އެފްއޭއެމް އިން އަންނަނީ ބުރަ މަސައްކަތްތަކެއް ކުރަމުން

އަތޫފް އާތިފް
އަތޫފް އާތިފް | 29 އޮކްޓޯބަރު 2019 | އަންގާރަ 14:59
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުގެ ޓީމާއި އެފްއޭއެމް ޓީމް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުގެ ޓީމާއި އެފްއޭއެމް ޓީމް

ވޯލްޑްކަޕް ކޮލިފިކޭޝަނުގައި އަމިއްލަ ދަނޑުގައި ފިލިޕީންސް އަދި ގުއާމާއި ދެކޮޅަށް ކުޅޭ މެޗުގެ ފޯރި ގަދަ ކުރުމުގެ ގޮތުން އަންގާރަ ދުވަހު އެފްއޭއެމްގެ ޓީމާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ޓީމު ބައްދަލުކުރި މެޗު ފަސޭހަ ކަމާއެކު އެފްއޭއެމްގެ ޓީމުން ކާމިޔާބުކޮށްފިއެވެ.

މާފަންނު ޓާރފް ގްރައުންޑްގައި ކުޅުނު މި މެޗު އެފްއޭއެމްގެ ޓީމުން ކާމިޔާބުކޮށްފައިވަނީ 10-2 ގެ ނަތީޖާ އަކުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުގެ ޓީމުގައި ގިނަ އަދަދެއްގެ މަޖިލީހުގެ މެމްބަރުން ވަނީ ކުޅެފައެވެ. އަދި އެފްއޭއެމްގެ ޓީމުގައި ނައިބު ރައީސް ފައިސަލް ނަސީމާއި، ގައުމީ ޓީމު ކޮމެޓީ ޗެއާމަން އަދި ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދާއި، އެފްއޭއެމް އެކްސްކޯ މެމްބަރުންނާއި، ކުރީގެ ކުޅުންތެރިން ކުޅެފައިވެއެވެ.

ގައުމީ ޓީމު ކޮމެޓީގެ ޗެއާމަން އަލީ ވަހީދު ވިދާޅުވީ މި މެޗުގެ މަގްސަދަކީ ވޯލްޑްކަޕް ކޮލިފިކޭޝަނުގައި އަމިއްލަ ދަނޑުގައި ކުޅޭ ދެމެޗުގެ ފޯރި ގަދަ ކުރުން ކަމަށެވެ. މީގެ އިތުރުން އަލީ ވަހީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މުޒާހަރާތަކުގައި ނެގި ފޯރީގައި ދަނޑަށް މީހުން ވެއްދުމަށް އެދިވަޑައިގަންނަވައިފައެވެ.

ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވީ އެފްއޭއެމް އާއި ސަރުކާރު މިކުރާ މަސައްކަތުގައި ދަނޑަށް މީހުން ވެއްދުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަސައްކަތް ކުރައްވާނެ ކަމުގެ އުންމީދު އެބައޮތް ކަމަށާއި، ފުޓުބޯޅަ އަކީ ދިވެހި ރައްޔިތުންގެ ހިތުގައި އެންމެ ލޯބި އޮތް ކުޅިވަރު ކަމަށެވެ. އަދި ކުރިޔަށް އޮތްދެމެޗުން މޮޅުވާނެ ތަން ފެންނަ ކަމަށް ނައިބު ރައީސް ވަނީ ވިދާޅުވެފައެވެ. މި ކަމުގައި މުޅި ގައުމު އެކަތި ގަނޑަކަށް ވުމަށް ނައިބު ރައީސް ވަނީ ގޮވާލައްވާފައެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް ވިދާލުވީ ކުރިޔަށް އޮތް ދެމެޗަށް ފޯރި ގެނައުމަށް ކުރާ މަސައްކަތް އަމަލީ ގޮތުން މިއަދު ފަށައިފި ކަމަށާއި އެހެން ކަމުން ގައުމީ ޓީމުގެ ކުޅުންތެރިންނަށް އެ ބޭނުންވާ ސަޕޯޓް ދިނުމަށް އަމިއްލަ ގައުމުގައި ކުޅުމަށް ހަމަޖެހިފައިވާ މެޗަށް ދަނޑަށް ވަނުމަށް ގޮވާލައިފައެވެ.

ވޯލްޑްކަޕް ކޮލިފިކޭޝަނުގައި ފިލިޕީންސް އާއި ދެކޮޅަށް ނޮވެމްބަރު މަހު 14 ގައި ގައުމީ ޓީމު ނިކުންނައިރު، ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު ރާއްޖެއިން ނިކުންނާނީ ގުއާމާއި ދެކޮޅަށެވެ.

ކޮލިފިކޭޝަނުގައި ރާއްޖެއިން މިހާތަނަށް ތިން މެޗު ކުޅެފައިވާއިރު މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އަމިއްލަ ދަނޑުގައި ޗައިނާ އަތުން 5-0 އިން ބަލިވިއިރު ސީރިއާ އަތުން ރާއްޖެ ބަލިވެފައިވަނީ 2-1 ގެ ނަތީޖާ އަކުންނެވެ. ކޮލިފިކޭޝަނުގައި ރާއްޖެއިން މޮޅުވެފައިވަނީ ރަށުން ބޭރުގައި ގުއާމް އަތުން 1-0 ގެ ނަތީޖާ އަކުންނެވެ.

ރާއްޖެ ހިމެނޭ ގްރޫޕްގެ އެއްވަނައިގައި ސީރިއާ ނުވަ ޕޮއިންޓާއެކު އޮތް އިރު ދެވަނައިގައި ޗައިނާ އޮތީ ހަތް ޕޮއިންޓާއެކުގައެވެ. މިގްރޫޕްގެ ތިން ވަނައިގައި ހަތަރު ޕޮއިންޓާއެކު ފިލިޕީންސް އޮތްއިރު ހަތަރުވަނައިގައި ރާއްޖެއިން އޮތީ ތިންޕޮއިންޓާއެކުގައެވެ. އަދި ގްރޫޕްގެ ފުލުގައި ގުއާމް އޮތީ ކުޅުނު ހުރިހާ މެޗަކުން ބަލިވެ ޕޮއިންޓެއް ނުލިބިއެވެ

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

31 ޖެނުއަރީ 2017
އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް
30 ޖެނުއަރީ 2017

ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

30 ޖެނުއަރީ 2017
 ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި
28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
26 ޖެނުއަރީ 2017

ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް

26 ޖެނުއަރީ 2017
ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
07 ޖެނުއަރީ 2017

އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި

07 ޖެނުއަރީ 2017
އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި
06 ޖެނުއަރީ 2017

ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

އެފްއޭއެމްގެ ނައިބު ރައީސް ކަމަށް ޑޮކް ހަމަޖައްސައިފި

06 ޖެނުއަރީ 2017
އެފްއޭއެމްގެ ނައިބު ރައީސް ކަމަށް ޑޮކް ހަމަޖައްސައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް