Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތް

އަދީބު ދިން ފައިސާއަކީ ހަލާލު މަސައްކަތުގެ އުޖޫރަ: އަލީ ހުސައިން

29 އޮކްޓޯބަރު 2019 | އަންގާރަ 14:29

އެކި ފަހަރު މަތިން ފަސް ލައްކަ ރުފިޔާ އަދީބު އަލީ ހުސައިންއަށް ދެއްވާފައިވޭ

އަމަން ހަލީމް
އަމަން ހަލީމް | 29 އޮކްޓޯބަރު 2019 | އަންގާރަ 14:29
ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަތުން ލިބިވަޑައިގެންނެވި ފައިސާއަކީ ކޮށްދިން މަސައްކަތުގެ ހަލާލު އުޖޫރައަށްވާ ފައިސާ ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

އަލީ ހުސައިން މިހެން ވިދާޅުވި، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބިވަޑައިގެންނެވި މެމްބަރުންގެ ތެރޭގައި އެބޭފުޅާގެ ނަންވެސް ހިމެނިވަޑައިގަންނަވާ ކަމަށް މީޑިއާތަކުގައި ފެތުރެމުން ދިޔަ ހަބަރުތަކާއި ގުޅިގެންނެވެ. ރާއްޖެއެމްވީއާ ވާހަކަދައްކަވަމުން އަލީ ހުސައިން ވިދާޅުވީ، އަދީބު އަތުން ލިބިވަޑައިގެންނެވި ފައިސާއަކީ، އެކި ފަހަރު މަތިން އޭނާގެ ލޯ ފަރމް މެދުވެރިވެގެން އަދީބުއަށް ކޮށްދީފައިވާ މަސައްކަތްތަކުގެ ފައިސާ ކަމަށެވެ. އަލީ ހުސައިންއަކީ ގާނޫނީ ވަކީލެކެވެ.

އަލީ ހުސައިން އިތުރަށް ވިދާޅުވީ، ފައިސާ ލިބިލެއްވިއިރު، އެއީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. ހިޔާނާތުގެ ފައިސާ ލިބިލެއްވި މެމްބަރުންގެ ލިސްޓުގައި އަލީ ހުސައިންގެ ނަން ހިމެނޭކަމަށް ލިބުނު ހަބަރަކާއި ގުޅިގެން، އޭނާ ވަނީ އަމިއްލަފުޅަށް ފުލުސް އޮފީހަށް ހާޒިރުވެ ފުލުހުންނާ އެކު މައުލޫމާތާއި މައްސަލަތަކާއި ގުޅޭ ލިޔެކިޔުންތައް ހިއްސާކޮށްފައެވެ.

އަދީބުގެ އެދިލެއްވުމަކަށް އަދީބުގެ ބައްޕަގެ ދެ މައްސަލައެއްގައިއާއި އަދީބުގެ ދެ ރައްޓިއްސެއްގެ މައްސަލައެއްގައިވެސް ވަކީލެއްގެ ހައިސިއްޔަތުން އަލީ ހުސައިން ފުލުހަށް ގޮސްފައިވެއެވެ. އަދި ވިޔަފާރިވެރިންގެ ޖަމިއްޔާގެ ޖީއެސްޓީ މައްސަލައަކާ ގުޅޭ ކޯޓް ކޭސްތަކެއްގައިވެސް ވަކާލާތު ކޮށްދީފައިވާނެ ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

މި މަސައްކަތްތަކަށް ޖުމްލަ އެއް މިލިއަން ރުފިޔާއާ ގާތްކުރާ އަދަދަކަށް ފައިސާ ލިބެންޖެހޭއިރު، އޭގެ ތެރެއިން އަދީބު ދެއްވާފައިވަނީ ފަސް ލައްކަ ރުފިޔާކަން އަލީ ހުސައިން ފާހަގަކުރެއްވިއެވެ. ފައިސާ ދީފައިވަނީ 2014ވަނަ އަހަރުގެ ކުރީކޮޅުގައެވެ.

އޭގެ އިތުރުން، ރައްޔިތުންގެ މަޖިލިހަށް ކުރިމަތިލެއްވުމުގެ ކުރިން، އަދީބު އޭނާއަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމު ހުށައެޅުއްވިކަމަށާއި އެކަމަށް ނޫނެކޭ ބުނެފައިވާނެ ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

ހިޔާނާތްތެރިވެފައި ނުވާނެ ކަމުގެ ހެއްކަކަށް މަޖިލީހުގައި ދެއްވާފައި ހުރި ވޯޓުތަކާއި އަމަލުކުރެއްވި ގޮތް ފުދޭކަމަށް އަލީ ހުސައިން ވިދާޅުވިއެވެ. އަލީ ހުސައިން ވިދާޅުވި ގޮތުގައި، އަދީބު އެދުނު ގޮތާއި ދެކޮޅަށް ދިން ވޯޓުތަކާއި ގުޅިގެން އޭނާގެ ލޯ ފަރމްއާ އެކު ވެފައިވާ އެއްބަސްވުންތައް އަދީބު ބާތިލްކުރެއްވިއެވެ.

ތަހުގީގެއް ހިންގައިފިނަމަ، ކުށެއް ނެތް ކަން ހާމަވާނެ ކަމަށް އަލީ ހުސައިން ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ. އަދި އެއްވެސް އިރެއްގައި ހިޔާނާތްތެރިވެފައި ނުވާނެކަމުގެ ޔަގީންކަންވެސް އަލީ ހުސައިން އެރުވިއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ޖުމްލަ 267 ފަރާތަކަށް ލިބިފައިވާކަމަށް ފުލުހުން ވަނީ ދާދި ފަހުން ހާމަކޮށްފައެވެ. އޭގެ ތެރޭގައި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 16 މެމްބަރަކު ހިމެނިވަޑައިގަންނަވައެވެ. ނަމަވެސް ރަސްމީ އެއްވެސް މަސްދަރަކުން މި ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ނަންތައް ހާމަކޮށްފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
23 ޖެނުއަރީ 2017

ވެތިވެދިޔަ އަހަރު ޘާނަވީ އިމްތިހާނުން %79 ކުދިން ވަނީ ފާސްވެފައި

23 ޖެނުއަރީ 2017
ވެތިވެދިޔަ އަހަރު ޘާނަވީ އިމްތިހާނުން  %79 ކުދިން ވަނީ ފާސްވެފައި
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް