Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުމޯލްޑިވިއަން

މޯލްޑިވިއަނުން ކޮޗިނަށް ދަތުރު ފަށަނީ

ހަފުތާއަކު ތިން ދަތުރު ކޮޗިނަށް ކުރާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 28 އޮކްޓޯބަރު 2019 | ހޯމަ 05:36
މޯލްޑިވިއަންގެ ފްލައިޓެއް

މޯލްޑިވިއަންގެ ފްލައިޓެއް

މޯލްޑިވިއަނުން އިންޑިއާގެ ކޮޗިނަށް ސީދާ ދަތުރުތައް މިއަދު ފަށާނެކަމަށް އައިލޭންޑް އޭވިއޭޝަން ސާރވިސަސް ލިމިޓެޑް(އައިއޭއެސް) އިން ބުނެފިއެވެ.

އެކުންފުނިން މަޢުލޫމާތުދޭ ގޮތުގައި، ކޮޗިނަށް ދަތުރުފެށުމުގެ ކުރިން ކުރާ ފުރަތަމަ ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ހދ. ހަނިމާދޫ އިންނެވެ. ކޮޗިނާއި ރާއްޖެއާއި ދެމެދު ސީދާ ދަތުރުތައް ފެށުމަށް މިއަދު ހަވީރު ހަނިމާދޫގައި ޚާއްޞަ ރަސްމިއްޔާތެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އައިއޭއެސް އިން ބުނެއެވެ.

މިރަސްމިއްޔާތުގެ ތަފުޞީލު ރާއްޖެއެމްވީއާއި ޙިއްސާކުރަމުން، މޯލްޑިވިއަނުން ބުނީ ހަނިމާދޫ އެއަރޕޯޓްގެ އެރައިވަލް ހޯލްގައި ހަވީރު 04:00 އަކުން އިރުއޮއްސި 06:00 އަކަށް ވަރަށް ޚާއްޞަ ޙަރަކާތެއް ކުރިއަށްދާނެ ކަމަށެވެ. އެގޮތުން ހަތަރު މީހަކަށް ހިލޭ ކޮޗިންއަށް ދެވޭ ޕެކޭޖެއް "ކަބަޑު" ގެ ނަމުގައި ކުރިޔަށްގެންދަން ހަމަޖެހިފައިވާކަމަށްވެސް މޯލްޑިވިއަނުން ބުނެއެވެ. މޯލްޑިވިއަނުންވަނީ ވީހާވެސް ގިނަ ބަޔަކު މި ޙަރަކާތުގައި ބައިވެރިވުމަށް އެދިފައެވެ.

މޯލްޑިވިއަނުން ކޮޗިންއާއި ހަނިމާދުއާ ދެމެދު ކުރުމަށް ހަމަޖެހިފައިވާ ތާވަލު ފްލައިޓުގެ އަގުތައް މި މަހުގެ 16 ވަނަ ދުވަހު ވަނީ ކަނޑައަޅައި ޢާންމުކޮށްފައެވެ. އެގޮތުން ހަނިމާދޫއިން ކޮޗިނަށް އަދި ކޮޗިން އިން ހަނިމާދުއަށް ދެކޮޅު ޓިކެޓްގެ އަގަކީ 10556 އިންޑިއާ ރުޕީސްއެވެ. މިއީ، ގާތްގަނޑަކަށް 2274 ދިވެހި ރުފިޔާއެވެ. މާލެއިން ކޮޗިނަށް އަދި ކޮޗިންއިން މާލެއަށް ދެކޮޅު ޓިކެޓްގެ އަގު އުޅެނީ 9397 އިންޑިއާ ރުޕީސްގައެވެ. އެއީ، ގާތްގަނޑަކަށް 2038 ދިވެހި ރުފިޔާއެވެ.

އެ އެއަރލައިނުން ކޮންމެ ހަފުތާއަކު 3 ދުވަހު ކޮޗިނަށް ތާވަލު ދަތުރުތައް ކުރާނެ ކަމަށް މޯލްޑިވިއަނުން ބުނެއެވެ. މޯލްޑިވިއަނުން ކޮޗިނަށް ސީދާ ދަތުރުތައް ފެށުމުގެ މައިގަނޑު ބޭނުމަކީ ބޭސްފަރުވާއަށް ކޮޗިނަށް ދާ ދިވެހިންނަށާއި، އިންޑިއާގެ ފަތުރުވެރިންނަށް ރާއްޖެއައުމަށް ލުއި ފަސޭހަ ފުރުޞަތުތަކެއް ފަހިކޮށްދިނުމުގެގޮތުންކަމަށް މޯލްޑިވިއަނުން ބުނެއެވެ.

އައިއޭއެސްގެ ޢަމާޒަކީ އިތުރު މަންޒިލްތަކަށް މޯލްޑިވިއަންގެ ސީދާ ފްލައިޓްތައް ފެށުން ކަމަށް އެކުންފުނިން ބުނެއެވެ.

މޯލްޑިވިއަނުން ދަނީ އިންޑިއާގެ ތްރިވަނަންތަޕޫރަމާއި، ޗެންނާއި އަދި ބަންގްލަދޭޝް ފަދަ ޤައުމުތަކަށް ދަތުރު ކުރަމުންނެވެ. މީގެ އިތުރުން ރާއްޖޭގެ ހުރިހާ ވައިގެ ބަނދަރުތަކަށް ވެސް އެ އެއަރލައިނުން ދަތުރުތައް ކުރެއެވެ.

އިތުރަށް ކިޔާލަން

09 އެޕްރީލު 2017

މޯލްޑިވިއަނުން ކޮލަންބޯއަށް ޑައިރެކްޓް ފްލައިޓް ބާއްވަން ނިންމައިފި

09 އެޕްރީލު 2017
މޯލްޑިވިއަނުން ކޮލަންބޯއަށް ޑައިރެކްޓް ފްލައިޓް ބާއްވަން ނިންމައިފި
29 މާރިޗު 2017

ވައިގެ ދަތުރުފަތުރާ ބެހޭ މަޝްވަރާތައް ރާއްޖެ އާއި ތައިލެންޑާ ދެމެދު ފަށައިފި

29 މާރިޗު 2017
ވައިގެ ދަތުރުފަތުރާ ބެހޭ މަޝްވަރާތައް ރާއްޖެ އާއި ތައިލެންޑާ ދެމެދު ފަށައިފި
26 މާރިޗު 2017

ހޮންގކޮންގ އާއި އެކު ފްރީ ޓްރޭޑް މަޝްވަރާތަކުގެ ދެވަނަ ބުރު ފަށަނީ

26 މާރިޗު 2017
ހޮންގކޮންގ އާއި އެކު ފްރީ ޓްރޭޑް މަޝްވަރާތަކުގެ ދެވަނަ ބުރު ފަށަނީ
20 މާރިޗު 2017

ދިއްލީއަށް ކުރާ ދަތުރުތައް މެގަ މޯލްޑިވްސް އިން ހުއްޓާލައިފި

20 މާރިޗު 2017
ދިއްލީއަށް ކުރާ ދަތުރުތައް މެގަ މޯލްޑިވްސް އިން ހުއްޓާލައިފި
05 މާރިޗު 2017

ލަންކާއަށް ދަތުރުތައް މޯލްޑިވިއަންއިން ފަށަނީ

05 މާރިޗު 2017
ލަންކާއަށް ދަތުރުތައް މޯލްޑިވިއަންއިން ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު