Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހޯމް މިނިސްޓަރު އިމްރާން

ގައުމުގެ ހަމަޖެހުން ބިނާވާނީ ޒުވާނުންގެ ހަރުދަނާކަމުގެ މައްޗަށް: މިނިސްޓަރު އިމްރާން

28 އޮކްޓޯބަރު 2019 | ހޯމަ 04:30

ގައުމެއް ކުރިއަރާނީ ޒުވާނުންގެ މައިބަދާގެ ވަރުހުރެގެން

އަމްނާ އިމާދު
އަމްނާ އިމާދު | 28 އޮކްޓޯބަރު 2019 | ހޯމަ 04:30
ހޯމް މިނިސްޓަރު އިމްރާން

ހޯމް މިނިސްޓަރު އިމްރާން

ޤައުމުގެ އުފާވެރިކަމާ ހަމަޖެހުން ބިނާވެގެންވަނީ ޒުވާނުންގެ ހަރުދަނާކަމުގެ މައްޗަށްކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އއ.މަތިވެރީގައި ބޭއްވި 4 ވަނަ ޒުވާން ލީޑަރުންގެ ފޯރަމް ނިންމުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އިމްރާން ވިދާޅުވީ އިންސާނީ މުޖުތަމަޢެއްގެ، އިންސާނުން ދިރިއުޅޭ ވަޠަނެއްގެ، އެނަޞްލެއްގެ މައިބަދައަކީ ޒުވާނުންކަމަށާއި، އެޤައުމެއް ކުރިއަށްދާނީ ޒުވާނުންގެ މައިބަދަ ނުވަތަ ބެކްބޯންގައި ވަރުހުރި ވަރަކުންކަމަށެވެ. މިސަބަބަށްޓަކައި އިންސާނީ މުޖުތަމަޢެއްގެ ކުރިމަގު ބައްޓަންކޮށް ކުރިމަގު ބަލާނެ ދުރުމިނުގެ، ލޯގަނޑަކަށް ވާނީ އަބަދުވެސް އެވަގުތެއްގައި އެމުޖުތަމަޢެއްގައި ތިބޭ ޒުވާނުންގެ ޙާލަތުކަމަށާއި، އެމުޖުތަމަޢެއްގެ ޒުވާނުން ތިބިގޮތް ފެނުމުން އެމުޖުތަމައުއެއްގެ ކުރިމަގު އިނގޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Advertisement - newsAdvertisement

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މުޖުތަމަޢެއްގެ ކުރިމަގު އުފާވެރި، އުޖާލާ، ފާގަތި، ހިތްހަމަޖެހޭ މުޖުތަމަޢަކަށްވާނީ އެމުޖުތަމަޢުގެ ޒުވާނުންގެ ދުޅަހެޔޮކަމާ ޢިލްމީ ޤާބިލުކަމާ، އެމީހުންގެ ހުނަރާ ފަންނުގެ ނަތީޖާއެއްގެ މައްޗަށް ކަމަށެވެ.

އެހެންކަމުން މުޖުތަމަޢުގެ ޒުވާނުންގެ ދުޅަހެޔޮކަމާ ފަންނާ ހުނަރު އިތުރުކޮށްދިނުން އެއީ މާދަމާ މިޤައުމުގެ މުސްތަޤުބަލު އުޖާލާކުރަން ބޭނުންނަމަ އެންމެން ކުރަންޖެހޭ ކަމެއް ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ މިއަދުގެ ޒުވާނުންނަކީ މާދަމާ ޒުވާނުންނާ ހަމައަށް އަންނަން ތިބި ތުއްތު ކުދިން ބަލާބޮޑުކޮށް އެކުދިންނަށް މިސާލުދައްކައިގެން ގެންނަންތިބި ޒުވާނުންކަމަށެވެ.

ޒުވާން ލީޑަރުންގެ ފޯރަމަށް އަލިއަޅުއްވާލައްވާ މިނިސްޓަރ ވިދާޅުވީ ފޯރަމްގައި ހޭދަކުރި ވަގުތުތަކަކީ ޤައުމުގެ މުސްތަޤްބަލަށް ހޭދަކުރި އަގުހުރި ވަގުތުތަކެއްކަމަށާއި، ކަންކަމުގައި އިސްކޮށްތިބެ ރާވާ ހިންގާ ކަންކަން ތަންފީޒުކުރަން ތިބީ ޒުވާނުން ކަމަށެވެ.

އިސްރަށްވެހިންނަށް އަޅާލާ އޯގާވެރިވެ، ހީވާގިކަމާއެކު މަސައްކަތްކުރަން ތިބީވެސް ޒުވާނުންކަމަށް ހަނދާކޮށްދެއްވާ މިނިސްޓަރ ވިދާޅުވީ ޤައުމުގެ އުފާވެރިކަމާ ހަމަޖެހުން ބިނާވާނީ ޒުވާނުންގެ ހަރުދަނާކަމުގެ މައްޗަށްކަމަށެވެ. މިޤައުމު މާދަމާ އެހެން މަރުޙަލާއަކަށް ގެންދެވޭނީ ޒުވާނުންގެ ކިބައިގައި ހިތްވަރު ހުރެގެންކަމަށާއި، އެމަސައްކަތުގައި ޒުވާނުންނަށް އެހީތެރިވުމަށް ސަރުކާރުން ކޮށްދެވެން ހުރި ހުރިހާކަމެއް ކޮށްދެއްވާނެކަމުގެ ޔަޤީންކަން މިނިސްޓަރ ދެއްވިއެވެ.

އިސްލާމީ ތާރީޚުންނާއި، ރާއްޖޭގެ ތާރީޚުން މިސާލު ދައްކަވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ ކޮންމެ ޒުވާނަކީވެސް ލީޑަރެއް އަދި ޤައުމަށް ބަދަލެއް ގެނެސްދެވިދާނެ ކުއްޖެކަމަށެވެ. ޤައުމެއްގެ ރައްޔިތުންނަށް ބަލާއިރު އެޤައުމެއްގެ، އެމުޖުތަމަޢެއްގެ ޒުވާނުންނަށް ދެވިފައިވާ މަޤާމަކީ ވަރަށްވެސް މަތިވެރި މަޤާމެއް ކަމަށެވެ.

މަތިވެރީގައި ބޭއްވި ފޯރަމްގައި 80 އަށްވުރެ ގިނަ ޒުވާނުން ބައިވެރިވިއެވެ. ތިން ދުވަހަށް ކުރިއަށްގެންދިޔަ ފޯރަމްގައި ތަފާތު އަށް ދާއިރާތަކުން ފަންނީ ބޭފުޅުން ސެޝަންތައް ނަންގަވައިދެއްވިއެވެ. ފޯރަމްގައި ބައިވެރިވީ މަތިވެރި، ރަސްދޫ، ތޮއްޑޫ، އުކުޅަސް، ބޮޑުފޮޅުދޫ، މާޅޮސް، ހިމަންދޫ އަދި ފެރިދޫންނެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

31 މެއި 2017

ރާއްޖެއިން ލަންކާއަށްދޭ ފައިސާގެ އެހީ އެގައުމުގެ ސަރުކާރާއި ހަވާލުކޮށްފި

31 މެއި 2017
ރާއްޖެއިން ލަންކާއަށްދޭ ފައިސާގެ އެހީ އެގައުމުގެ ސަރުކާރާއި ހަވާލުކޮށްފި
21 އެޕްރީލު 2017

ގާސިމް ހައްޔަރުކުރީ ރާއްޖޭގެ ހަމަޖެހުން ނަގާލުމަށް: ނަޝީދު

21 އެޕްރީލު 2017
ގާސިމް ހައްޔަރުކުރީ ރާއްޖޭގެ ހަމަޖެހުން ނަގާލުމަށް: ނަޝީދު
22 މާރިޗު 2017

ގައުމުގެ ބައެއް ފިކުރުތައް ހުރީ އިބިލީހަށް ވުރެވެސް ކުރީގައި: ރައީސް ޔާމީން

22 މާރިޗު 2017
ގައުމުގެ ބައެއް ފިކުރުތައް ހުރީ އިބިލީހަށް ވުރެވެސް ކުރީގައި: ރައީސް ޔާމީން
20 މާރިޗު 2017

މެމްބަރުން އެނބުރި ވަޑައިގެންފި ނަމަ ގައުމުގެ ހުރިހާ ކަމެއް އެއްފަހަރާ ހަމަޖެހޭނެ: ގާސިމް

20 މާރިޗު 2017
މެމްބަރުން އެނބުރި ވަޑައިގެންފި ނަމަ ގައުމުގެ ހުރިހާ ކަމެއް އެއްފަހަރާ ހަމަޖެހޭނެ: ގާސިމް
10 މާރިޗު 2017

މަސީޙް ވަކިކުރުމަކީ ގައުމުގެ އެންމެ މަތީ މަސްލަހަތު އެކުލެވޭ ކަމެއް:އަދާލަތު ޕާޓީ

10 މާރިޗު 2017
މަސީޙް ވަކިކުރުމަކީ ގައުމުގެ އެންމެ މަތީ މަސްލަހަތު އެކުލެވޭ ކަމެއް:އަދާލަތު ޕާޓީ
07 މާރިޗު 2017

މާލީ ފައިދާއަކަށް ގައުމުގެ އިސްތިގްލާލު ގުރުބާންކޮށްގެން ނުވާނެ: އަމީތު

07 މާރިޗު 2017
މާލީ ފައިދާއަކަށް ގައުމުގެ އިސްތިގްލާލު ގުރުބާންކޮށްގެން ނުވާނެ: އަމީތު
07 ފެބުރުއަރީ 2017

ވިޔަފާރިކުރުމަށް އެންމެ ފަސޭހަ 50 ގައުމުގެ ލިސްޓުގައި ރާއްޖެ ހިމެނުމުގެ މަސައްކަތް ކުރަނީ

07 ފެބުރުއަރީ 2017
ވިޔަފާރިކުރުމަށް އެންމެ ފަސޭހަ 50 ގައުމުގެ ލިސްޓުގައި ރާއްޖެ ހިމެނުމުގެ މަސައްކަތް ކުރަނީ
06 ފެބުރުއަރީ 2017

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް
30 ޖެނުއަރީ 2017

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017
މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި
20 ޖެނުއަރީ 2017

ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން

20 ޖެނުއަރީ 2017
ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް