Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕްރިމިއާ ލީގު

ޕްރިމިއާ ލީގު: ޓޮޓެންހަމްގެ މައްޗަށް ލިވަޕޫލް ކުރިހޯދިއިރު، އާސެނަލް އެއްވަރުވެއްޖެ

ލިވަޕޫލް މޮޅުވީ ޓޮޓެންހަމްއާ ވާދަކޮށް 1-2 ގެ ނަތީޖާއަކުން

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 28 އޮކްޓޯބަރު 2019 | ހޯމަ 03:47
ލިވަޕޫލް އަދި ޓޮޓެންހަމް ބައްދަލުކުރި މެޗުގެ ތެރެއިން

ލިވަޕޫލް އަދި ޓޮޓެންހަމް ބައްދަލުކުރި މެޗުގެ ތެރެއިން

ޕްރިމިއާ ލީގުގައި ޓޮޓެންހަމް ހޮޓްސްޕަރގެ މައްޗަށް ލިވަރޕޫލް ކުރިހޯދިއިރު، އާސެނަލް އެއްވަރުވެއްޖެއެވެ.

އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗުން ލިވަރޕޫލް މޮޅުވީ ޓޮޓެންހަމްއާ ވާދަކޮށް 1-2 ގެ ނަތީޖާއަކުންނެވެ.

ލިވަރޕޫލް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ފުރަތަމަ މިނެޓުގައި ޓޮޓެންހަމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިނގިރޭސި ފޯވަރޑް ހެރީ ކޭންއެވެ.

މި ލަނޑާއެކު ލިވަރޕޫލުން ވަނީ އެޓީމުގެ ކުޅުން ވަރުގަދަކޮށް، ޓޮޓެންހަމްގެ ހާފަށް ބާރުބޮޑުކޮށްފައެވެ. އެގޮތުން ލަނޑު ޖެހުމަށް ލިވަރޕޫލުން ދިޔައީ ފުލުފުލުގައި ފުރުސަތު ހޯދަމުންނެވެ.

ދެވަނަ ހާފް ފެށިގެންވެސް ލިވަރޕޫލްގެ ފަރާތުން އެޓޭކިންގ މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، އެޓީމުން ނަތީޖާ ހަމަހަމަ ކުރީ 52 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހެންޑަސަންއެވެ.

މި ލަނޑާއެކުވެސް ލިވަރޕޫލުން ކުރިޔަށް ޖެހި ލީޑު ނެގުމަށް ދިޔައީ މަސައްކަތް ކުރަމުންނެވެ. އެގޮތުން 75 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު ލިބުނު ޕެނަލްޓީއަކުން އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ސަލާހުއެވެ.

މެޗުގެ ފަހު 10 ވަރަކަށް މިނެޓު ތެރޭގައި ޓޮޓެންހަމުން އެޓޭކްތަކެއް ކުރިއެވެ. ނަމަވެސް އެޓީމަށް އެ އެޓޭކްތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތެއްގައި ހިފިފައެއް ނުވެއެވެ.

މި ނަތީޖާއާއެކު ލިވަރޕޫލް އޮތީ ކުޅުނު 10 މެޗުން ލިބުނު 28 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ. މެޗުން ބަލިވި ޓޮޓެންހަމް އޮތީ ކުޅުނު 10 މެޗުން ލިބުނު 12 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 11 ވަނައިގައެވެ.

އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗުން އާސެނަލް އެއްވަރުވީ ކްރިސްޓަލް ޕެލަސްއާ ވާދަކޮށް 2-2 ގެ ނަތީޖާއަކުންނެވެ.

އާސެނަލް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން އެޓީމުން ދިޔައީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން އެޓީމުން ވަނީ މެޗުގެ ކުރީކޮޅު ދެ ލަނޑުގެ ލީޑެއްވެސް ނަގާފައެވެ.

އާސެނަލްއިން ފުރަތަމަ ލަނޑު ކާމިޔާބުކުރީ ހަތްވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބުކުރީ ސޮކަރޓިސްއެވެ. އޭގެ ދެ މިނެޓު ފަހުން ޑޭވިޑް ލުއިޒް ވަނީ އާސެނަލްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.

މި ލަނޑުތަކާއެކު އާސެނަލްއިން ދިޔައީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން އެޓީމުން ދިޔައީ ލަނޑު ޖެހުމަށްވެސް ފުރުސަތުތައް ހޯދަމުންނެވެ.

ނަމަވެސް އާސެނަލްއިން ރަނގަޅަށް ކުޅެމުންދަނިކޮށް 32 ވަނަ މިނެޓުގައި ޕެލަސްއިން ވަނީ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ މިލަވޮއެވިޗްއެވެ.

ދެވަނަ ހާފް ފެށިގެން ޕެލަސްއިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަޔިއުއެވެ. މި ލަނޑަށްފަހުވެސް އެޓީމަށް ވަނީ ލަނޑު ޖެހުމަށް އިތުރު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މެޗުގެ ފަހު 20 މިނެޓު ތެރޭގައި އާސެނަލްއިން އެޓީމުގެ އެޓޭކްތައް ގިނަ ކޮށްފައިވާއިރު، ފުލުފުލުގައި ލަނޑު ޖެހުމަށް ވަނީ ފުރުސަތުތަކެއް ހޯދާފައެވެ. ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން އެޓީމަށް އެންމެ އެދެވޭ ގޮތެއްގައި ހިފިފައެއް ނުވެއެވެ.

މެޗުގެ 83 ވަނަ މިނެޓުގައި އާސެނަލްއިން ލީޑު އަނބުރާ ހޯދިއެވެ. ނަމަވެސް "ވީއޭއާރް" ބެލުމަށްފަހު ރެފްރީ ވަނީ އެ ލަނޑު ބަލައިނުގަންނަން ނިންމާފައެވެ.

މި ނަތީޖާއާއެކު އާސެނަލް އޮތީ ކުޅުނު 10 މެޗުން ލިބުނު 16 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ފަސް ވަނައިގައެވެ. ޕެލަސް އޮތީ ކުޅުނު 10 މެޗުން ލިބުނު 15 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަވަނައިގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު