Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަލަ ސުރުހީ

އެމްޓީސީސީން ފުވައްމުލަކުގައި އިތުރު މަޝްރޫއުތަކެއް ހިންގަނީ

28 އޮކްޓޯބަރު 2019 | ހޯމަ 02:50

ރިންގް ރޯޑް ހަދަމުންދަނީ އެމްޓިސީސީން

އަލީ ސަމާޚް
އަލީ ސަމާޚް | 28 އޮކްޓޯބަރު 2019 | ހޯމަ 02:50
ފުވައްމުލަކު

ފުވައްމުލަކު | ގޫގުލް

ފުވައްމުލައް ސިޓީގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އިތުރު މަޝްރޫއުތަކެއް ހިންގަން ހަމަޖެހިފައިވާ ކަމަށް އެ ކުންފުނީގެ ސީއީއޯ ހަސަން ޝާހު ވިދާޅުވެއްޖެއެވެ.

އެމްޓީސީސީން މިހާރު ފުވައްމުލަކުގައި ކުރިޔަށް ގެންދަނީ އެ ރަށު ރިންގް ރޯޑްގައި ތާރުއެޅުމުގެ މަސައްކަތެވެ. އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 240 ދުވަހުގެ މުއްދަތުގެ ތެރޭގައި ނިންމާ ގޮތަށެވެ. މިދިޔަ ހަފުތާގައި އެމްޓީސީސީން ވަނީ އެ މަސައްކަތް ފަށާފައެވެ.

Advertisement - newsAdvertisement

ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ ޝާހު ވިދާޅުވީ، މޫސުން ގޯސްވެގެން ލަސްތަކެއް ދިމާވި ނަމަވެސް ކޮންޓްރެކްޓް މުއްދަތަށް ވުރެ އަވަހަށް މަޝްރޫއު ނިންމާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެ މަސައްކަަތަށް އެ ރަށު ރައްޔިތުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދާކަން ފާހަގަކުރައްވަމުން ޝާހު ވިދާޅުވީ، އެމްޓީސީސީއާ ގުޅިގެން ރައްޔިތުން މަސައްކަތް ކުރަމުންދަނީ ވަރަށް ގާތްކޮށް ކަމަށެވެ.

އޭނާ ވިދާޅުވީ، ރިންގް ރޯޑަށް ފަހު އެމްޓީސީސީން ފުވައްމުލަކުގައި ކުރިޔަށް ގެންދަން ހަމަޖެހިފައިވަނީ އެ ރަށު އެތެރޭގެ މަގުތައް ހެދުމުގެ މަސައްކަތް ކަމަށެވެ. އެ މަޝްރޫއު ކުރިޔަށް ގެންދިޔުމަށްޓަކައި އެމްޓީސީސީން މަގުގެ ޕްލޭން ޑިޒައިން ކުރުމަށް ފަހު ޑިޒައިންތައް ޕްލޭނިން މިނިސްޓްރީ އަށް ފޮނުވާފައިވާކަމަށެވެ. ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢަކީވެސް އެމްޓީސީސީން ކުރިޔަތް އޮތްތަނުގައި ބިޑް ކުރަން ހަމަޖެހިފައިވާ މަޝްރޫއުއެކެވެ.

ޝާހު ވިދާޅުވީ، ކުރިޔަށް އޮތްތަނުގައި ފުވައްމުލަކުގައި ހިންގާ މަޝްރޫޢުތަކުން ރަށުގެ ރައްޔިތުންނަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ.

32 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވާ ފުވައްމުލަކުގެ ރިންގް ރޯޑްގައި ތާރު އެޅުމުގެ މަޝްރޫއުގެ ދަށުން 2400 ސްކުއަރ މީޓަރުގެ ރިންގް ރޯޑެއް ހެދުމާއެކު ލެޑް ބައްތި ޖެހުމާއި ފެން ހިންދާ ނިޒާމް ޤާއިމުކުރުމުގެ އިތުރުން މަގުތަކުގައި ސްޕީޑް ބްރޭކަރު ހަރުކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

މި ސަރުކާރުން ފުވައްމުލަކުގައި ބައެއް މަޝްރޫޢުތަކުގެ މަސައްކަތްތައް އަމަލީ ގޮތުން ފަށާފައިވާއިރު، ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ސަރުކާރުގެ ދުވަސްވަރު އެމަނިކުފާނު ވިދާޅުވެފައިވާ ގޮތުން އެ ރަށުގެ ތަރައްޤީއަށް ސަރުކާރުން 1.2 ބިލިއަނެއްހާ ރުފިޔާ ޚަރަދު ކޮށްފައިވެއެވެ.

އެހެން ނަމަވެސް އެ ރަށުން އެެކަމެއް ނުފެންނަ ކަމަށް ރަށު ރައްޔިތުން އައީ ބުނަމުންނެވެ. ވާރެ ވެހޭ އިރަށް މަގުތަކުގައި ފެންބޮޑުވެ ހިނގާބިނގާވެ އުޅެން އުނދަގޫވާ ވާހަކަ އަކީ އެ ރަށުގެ މީހުންގެ އެންމެ ބޮޑު އެއްް ޝަކުވާއެވެ. ފުވައްމުލަކު ގިރާ ޞަރަޙައްްދު ހިމާޔާތް ނުކުރެވޭ މައްސަލައަކީ ވެސް ޢާއްމުކޮށް އެ ރަށު މީހުން ދައްކަމުން އަންނަ ވާހަކައެކެވެ.

އެރަށު ގިރާ ޞަރަޙައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ނުފެށި ލަސްވީ ކުރީ ސަރުކާރުން ކަންކުރި ގޮތުން ކަމަށް ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ދާދި ފަހުން ވިދާޅުވެފައެވެ.

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ރިޔާސީ އިންތިޚާބު ތެރޭގައި ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅެއްގައި އެމަނިކުފާނު ވަނީ އެ ރަަށަށް ގިނަ ވަޢުދުތަކެއް ވެވަޑައިގެންފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި

30 ޖެނުއަރީ 2017
ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
24 ޖެނުއަރީ 2017

ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ

24 ޖެނުއަރީ 2017
ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ
22 ޖެނުއަރީ 2017

މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރެއްވުމަށް ރައީސް ޔާމީން މ. އަތޮޅަށް

22 ޖެނުއަރީ 2017
މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރެއްވުމަށް ރައީސް ޔާމީން މ. އަތޮޅަށް
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް