Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

ނާމް ސަމިޓްގެ ހަވާސާގައި މިނިސްޓަރު ޝާހިދު ގައުމުތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވައިފި

27 އޮކްޓޯބަރު 2019 | އާދީއްތަ 20:52

މިނިސްޓަރު ވަނީ 12 ގައުމެއްގެ އިސް އޮފިޝަލުންނާއި ބައްދަލު ކުރައްވާފައި

އަލީ ސަމާޚް
އަލީ ސަމާޚް | 27 އޮކްޓޯބަރު 2019 | އާދީއްތަ 20:52
އަށާރަ ވަނަ ނާމް ސަމިޓަށް 120 ގައުމެއްގެ އިސްފަރާތްތަކުން ވަނީ ބައިވެރިވެވަޑައިގެންފަ

އަށާރަ ވަނަ ނާމް ސަމިޓަށް 120 ގައުމެއްގެ އިސްފަރާތްތަކުން ވަނީ ބައިވެރިވެވަޑައިގެންފަ

އަށާރަ ވަނަ ނަން-އެލައިންޑް މޫވްމަންޓް (ނާމް) ސަމިޓްގެ ހަވާސާގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެކި ގައުމު ތަކުގެ އިސްވެރިންނާއި، ގައުމުތަކުގެ ހާރިޖީ ވަޒީރުންނާއި ބައްދަލު ކުރައްވައިފިއެެވެ.

މި ހަފްތާގެ ހުކުރު އަދި ހޮނިހިރު ދުވަހު އަޒަރްބައިޖާންގެ ބާކޫގައި ކުރިޔަށް ދިޔަ ސަމިޓްގައި ފޮރިން މިނިސްޓަރު ޝާހިދު ބައިވެރިވެވަޑައިގެންނެވީ ރައީސް ސޯލިހުގެ ފަރާތްޕުޅުންނެވެ.

Advertisement - newsAdvertisement

ފޮރިން މިނިސްޓަރު ބައްދަލު ކުރެއްވި ބޭފުޅުންގެ ތެރޭގައި އިންޑިއާގެ ނައިބް ރައީސް ވެންކައި ނައިޑޫ، ޕާކިސްތާނުގެ ރައީސް އާރިފް އަލްފީ، ނޭޕާލުގެ ބޮޑު ވަޒީރު ޝަރްމާ އޮލީ، ގަތަރުގެ ފޮރިން އެފެއާސްގެ ސްޓޭޓް މިނިސްޓަރު ސުލްތާން ބިން ސާދް އަލް މުރައިހީ، މެލޭޝިއާގެ ބޮޑު ވަޒީރު މަހާތިރް މުހައްމަދު، އަވަށްޓެރި ބަންގްލަދޭޝްގެ ބޮޑު ވަޒީރު ޝޭހް ހަސީނާ، ތަޖިކިސްތާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ހުސްރަވް ނޮޒީރީ، އުރުދުންގެ ފޮރިން މިނިސްޓަރު އައިމަން ސަދަފީ، ކިއުބާގެ ފަރާތުން އެ ސަމިޓްގައި ބައިވެރިވެވަޑައިގެންނެވި އެ ގައުމުގް ފޮރިން މިނިސްޓަރު ބުރޫނޯ ރޮޑްރިގޭޒް އަދި އަފްގާނިސްތާނުގެ ރައީސް އަޝްރަފް ޢަނީގެ އިތުރުން ލާއޯސް ބޮޑު ވަޒީރުގެ އޮފީހުގެ އިސްބޭފުޅުން ހިމެނި ވަޑައިގަންނަވައެވެ.

ފޮރިން މިނިސްޓްރީން ބުނީ، ދެކުނު އޭޝިޔާގެ އަދި އިރުމަތީ އޭޝީޔާގެ އިސްފަރާތްތަކާއި އެކު ޝާހިދު ބޭއްވި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލާފައި ވަނީ އެ ގައުމުތަކާއި އޮންނަ ހާރިޖީ ގުޅުމުގެ އިތުރުން ގުޅުން އިތުރަށް ބަަދަހި ކުރުމާއި ބެހޭ ގޮތުން ކަމަށެވެ.

މި ފަހަރުގެ ސަމިޓް އަޒަރް ބައިޖާންގައި ބާއްވާފައިވާއިރު، ހުކުރު ދުވަހު އެ ގައުމަށް ވަނީ ނާމްގެ ރައީސްކަން ލިބިފައެވެ. އެ ގައުމުގެ ހާރިޖީ ވަޒީރު އެލްމަރް މަމަރްޔާދިޔާރޮވްއާ އެކު މިނިސްޓަރު ޝާހިދު ބޭއްވި ބައްދަލުވުމުގައި އެމަނިކުފާނު ވަނީ އެލްމަރް އަށް ތަހުނިޔާ ވިދާޅުވެ ރާއްޖޭގެ ފުރިހަމަ ތާއިދު އޮންނާނެ ކަމުގެ ޔަގީންކަން އަރުވާފައެވެ

ޝާހިދުގެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ހޯމަ ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައިވާއިރު އެމަނިކުފާނު ރަސްމީ ދަތުރުފުޅުގައި ރާއްޖެއިން ބޭރަށް ފުރާވަޑައިގަތީ މި މަހުގެ 15 ވަނަ ދުވަހުއެވެ.

އެންމެ ފުރަތަމަ ވަޑައިގެންނެވީ ތައިލެންޑްގެ ބެންކޮކަށެވެ. އެ ގައުމުގައި ރަސްމީކޮށް ރާއްޖޭގެ އެމްބަސީ އެއް ހުޅުވައިދެއްވުމަށް ފަހު ފޮރިން މިނިސްޓަރު ވަނީ ރައީސް ސޯލިހުއާ އެކު ޖަޕާނުގެ ދަތުރުފުޅުގައި ބައިވެރިވެ ވަޑައިގެންފައެވެ. އެ ދަތުރުފުޅުގައި ފޮރިން މިނިސްޓަރު ރާއްޖެއާ ޖަޕާނާ ދެ ގައުމުގެ ދެމެދުގައި ހަތަރު މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު

01 ފެބުރުއަރީ 2017
މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު
30 ޖެނުއަރީ 2017

މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

30 ޖެނުއަރީ 2017
މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!
30 ޖެނުއަރީ 2017

މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

30 ޖެނުއަރީ 2017
މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު
27 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް ވަޑައިގަންނަވާތީ ދަނގެތީގައި ވެސް އިހްތިޖާޖަށް ތައްޔާރު ވަނީ

27 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް ވަޑައިގަންނަވާތީ ދަނގެތީގައި ވެސް އިހްތިޖާޖަށް ތައްޔާރު ވަނީ
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
22 ޖެނުއަރީ 2017

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017
މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި
21 ޖެނުއަރީ 2017

މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު

21 ޖެނުއަރީ 2017
މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް