Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުނޮވެމްބަރު

"ނޮވެމްބަރު"ގެ ލާމުގެ ޝޫޓިން ވެސް ވަރަށް ސަޅި!

ނޮވެމްބަރު ގެ މަންޒަރުތައް ސިންގަޕޯރ ގައި ވެސް ނަގާނެ

މުހައްމަދު މުސްތަފާ
މުހައްމަދު މުސްތަފާ | 25 އޮކްޓޯބަރު 2019 | ހުކުރު 05:53
\"ނޮވެމްބަރު\" ގެ ޓީމު

\"ނޮވެމްބަރު\" ގެ ޓީމު

ޑާކްރެއިން އެންޓަޓެއިންމަންޓުން ގެނެސްދޭން ތައްޔާރުވަމުން އަންނަ ލޯބީގެ ފިލްމު "ނޮވެމްބަރު" ގެ ލ. އަތޮޅުގައި ނަގަމުންދާ މަންޒަރުތައް ވެސް ކާމިޔާބު ކަމާއެކު ކުރިޔަށްދާ ކަމަށް ހަބަރު ލިބިއްޖެއެވެ.

ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ބުނީ ފިލްމުގެ މުހިއްމު މަންޒަރުތަކެއް ލ.އަތޮޅުގެ ދެ ރަށެއްގައި ނަގަމުންދާ ކަމަށެވެ. އެގޮތުން ލ. ފޮނަދޫގެ އިތުރުން ލ. މާންދޫގައި ޝޫޓިން ކުރިޔަށްދާ ކަމަށް ވެސް އޭނާ ބުންޏެވެ.

ޖުމްލަ ފަސް ދުވަހަށް ތާވަލްކޮށްގެން ލ.އަތޮޅުގައި ކުރިޔަށްގެންދާ "ނޮވެމްބަރު" ގެ ޝޫޓިންތައް ނިމޭނީ ހޮނިހިރު ދުވަހުއެވެ. މޮގާ ބުނީ މާލެ އައިސް މާލޭގެ އިތުރުން ކ. ތުލުސްދޫ ގައިވެސް ފިލްމުގެ މަންޒަރުތައް ނަގަން ފަށާނެ ކަމަށެވެ.

އެ ފިލްމުގެ މަންޒަރުތަކެއް އައްޑޫ އަދި ސިންގަޕޫރުގައި ވެސް ނެގުމަށް ވަނީ ހަމަޖެހިފައެވެ. އަންނަ މަހުގެ 15 ވަނަ ދުވަހު ސިންގަޕޫރަށް މަންޒަރުތައް ނަގަން ދާން ނިންމާފައިވާއިރު އެ ފިލްމަކީ ޑާކްރެއިން އިން އެންމެ ބޮޑު ހަރަދެއް ކޮށްގެން ގެނެސްދޭ ފިލްމެއް ކަން ފާހަގަކޮށްލެވެއެވެ.

"ނޮވެމްބަރު" އަކީ އައިޝަތު ފުވާދާއި އަހުމަދު ތޮލާލުގެ ސްކްރިޕްޓްއަކަށް އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކުރާ އެ ފިލްމެކެވެ.

ފިލްމުގެ ލީޑު ރޯލުން ފެންނާނީ ޑާކްރެއިންގެ ގިނަ ފިލްމުތަކުގެ ލީޑު ރޯލުން ފެނިގެންދިޔަ މަރިޔަމް މަޖުދާއާއި ޖުމައްޔިލް ނިމާލެވެ. އަދި ޚާއްސަ ރޯލަކުން އައިޝަތު ރިޝްމީއާއި އިސްމާއިލް ވަޖީހުގެ އިތުރުން ޔާދާ ވެސް ފެންނާނެ ކަމަށް އިއުލާން ކޮށްފައިވާއިރު ފިލްމީ ދާއިރާއަށް މުޅިން އާ މޫނުތައް ވެސް ފިލްމުން ފެންނާނެއެވެ.

އިތުރަށް ކިޔާލަން

26 މާރިޗު 2017

"ޓައިގާ ޒިންދާހޭ" ގެ ޝޫޓިން ނިންމާލުމަށްފަހު ކެޓްރީނާ އެނބުރި މުމްބާއީއަށް!

26 މާރިޗު 2017
"ޓައިގާ ޒިންދާހޭ" ގެ ޝޫޓިން ނިންމާލުމަށްފަހު ކެޓްރީނާ އެނބުރި މުމްބާއީއަށް!
22 ފެބުރުއަރީ 2017

ދުނިޔޭގެ އެންމެ ފަލަމީހާ: ސަލްމާން ޚާންގެ ވަރަށް ބޮޑު ފޭނެއް!

22 ފެބުރުއަރީ 2017
ދުނިޔޭގެ އެންމެ ފަލަމީހާ: ސަލްމާން ޚާންގެ ވަރަށް ބޮޑު ފޭނެއް!
20 ފެބުރުއަރީ 2017

"އިއްތިފާގު"ގެ ރީމޭކިންގެ ޝޫޓިން ފަށައިފި

20 ފެބުރުއަރީ 2017
"އިއްތިފާގު"ގެ ރީމޭކިންގެ ޝޫޓިން ފަށައިފި
20 ފެބުރުއަރީ 2017

62 ވަނަ ބޮލީވުޑް ފިލްމްފެއާ އެވޯޑް ހަފްލާ ވަރަށް ކުލަގަދަކޮށް ބާއްވައިފި

20 ފެބުރުއަރީ 2017
62 ވަނަ ބޮލީވުޑް ފިލްމްފެއާ އެވޯޑް ހަފްލާ ވަރަށް ކުލަގަދަކޮށް ބާއްވައިފި
19 ފެބުރުއަރީ 2017

ސީޒަން ޑައިރެކްޓު ކުރާ ސިންހަޅަ ފިލްމްމުގެ ޝޫޓިންތައް ނިންމާލާއިފި

19 ފެބުރުއަރީ 2017
ސީޒަން ޑައިރެކްޓު ކުރާ ސިންހަޅަ ފިލްމްމުގެ ޝޫޓިންތައް ނިންމާލާއިފި
09 ފެބުރުއަރީ 2017

"ޕަދްމާވަތީ" ގެ ޝޫޓީން ވަރަށް އަވަހަށް ފެށޭނެ: ޝާހިދު

09 ފެބުރުއަރީ 2017
"ޕަދްމާވަތީ" ގެ ޝޫޓީން ވަރަށް އަވަހަށް ފެށޭނެ: ޝާހިދު
08 ފެބުރުއަރީ 2017

"ހައްދު" ގެ ޝޫޓިން އަންނަ މާރޗްމަހު ފަށަނީ

08 ފެބުރުއަރީ 2017
"ހައްދު" ގެ ޝޫޓިން އަންނަ މާރޗްމަހު ފަށަނީ
08 ފެބުރުއަރީ 2017

"ޓިއުބްލައިޓް" ގެ ޝޫޓިން ނިންމާލައިފި

08 ފެބުރުއަރީ 2017
"ޓިއުބްލައިޓް" ގެ ޝޫޓިން ނިންމާލައިފި
29 ޖެނުއަރީ 2017

ބަންސާލީއަށް ދިން ހަމަލާއަށް ފަހު "ޕަދްމަވަތީ" ޝޫޓިން މެދުކަނޑާލައިފި

29 ޖެނުއަރީ 2017
ބަންސާލީއަށް ދިން ހަމަލާއަށް ފަހު "ޕަދްމަވަތީ" ޝޫޓިން މެދުކަނޑާލައިފި
07 ޖެނުއަރީ 2017

ބްރެޑް ޕިޓް ހުރީ ވަރަށް ބިރުން، ޢާއްމުންނަށް އަދި ޙަޤީޤަތް އެނގޭނެ: އެންޖެލީނާ ޖޯލީ

07 ޖެނުއަރީ 2017
ބްރެޑް ޕިޓް ހުރީ ވަރަށް ބިރުން، ޢާއްމުންނަށް އަދި ޙަޤީޤަތް އެނގޭނެ: އެންޖެލީނާ ޖޯލީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު