Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފިކުރީ ހައްދު ފަހަނައެޅުމާއި ދެކޮޅަށް

ފިކުރީ ހައްދު ފަހަނައެޅުމާއި ދެކޮޅަށް މަސައްކަތްކުރުމުގައި ސްކޫލްތަކުގެ އިސްވެރިންގެ ދައުރުގެ 7 ވަނަ ޕްރޮގްރާމް ބާއްވައިފި

ޏ.ފުވަމުލަކު 04 ސްކޫލަކުން 28 ބޭފުޅުން ބައިވެރިވި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 24 އޮކްޓޯބަރު 2019 | ބުރާސްފަތި 17:48
ޕްރޮގްރާމްގެ ތެރެއިން

ޕްރޮގްރާމްގެ ތެރެއިން

ފިކުރީ ހައްދު ފަހަނައެޅުމާއި ދެކޮޅަށް ކުރެވެމުންދާ މަސައްކަތްތަކަށް ތަޢުލީމީ ދާއިރާ އަހުލުވެރިކުރުމަށްޓަކައި މިނިސްޓްރީ އޮފް އެޑިއުކޭޝަންއާއި ޔޫ.އެން.ޑީ.ޕީ އާއި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ބާއްވާ މަސައްކަތު ބައްދަލުވުމެއް ޏ.ފުވައްމުލަކު ހާފިޒް އަޙްމަދު ސްކޫލް ޓީޗާރސް ރިސޯސް ސެންޓަރުގައި ބާއްވައިފިއެވެ.

މި މަސައްކަތު ބައްދަލުވުން އިފްތިތާޙުކޮށްދެއްވީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރ އާތިޔާ ނަސީރު އެވެ. ޝަރަފުވެރި މެހެމާނުގެ ވާހަކަފުޅުގައި މި މަސައްކަތުގައި ސްކޫލްތަކުގެ އިސްވެރިންގެ ދައުރުގެ މުހިއްމުކަން ފާހަގަ ކުރައްވައި އެކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. މީގެ އިތުރުން ސްކޫލް ދަރިވަރުންގެ މެދުގައި ދިވެހިރާއްޖޭގައި ފިކުރީ ހައްދުފަހަނައަޅައި ދިއުން އޮތް މިންވަރަށް ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ރަނގަޅުމަގުދައްކައި ދިނުމަކީ ތަޢުލީމީ ދާއިރާގައި ކިޔަވައިދޭ ފަރާތްތަކުގެ މައްޗަށް ލާޒިމް ކުރާކަމެއް ކަމުގައި ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

މި މަސައްކަތު ބައްދަލުވުމަކީ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި މޯލްޑިވްސް ޕޮލިސް ސާރވިސްއާއި އެމް.އެން.ޑީ.އެފް ސަދަން އޭރިއާ އަދި ޔޫ.އެން.ޑީ.ޕީ މޯލްޑިވްސް އާއި އިސްލާމިކް ޔުނިވަރސިޓީ ގުޅިގެން ޖަޕާނު ސަރުކާރުގެ އެހީގައި، ހިންގާ ޕްރޮގްރާމެކެވެ. އެއް ދުވަހުގެ މުއްދަތަށް ހިންގާ މި ޕްރޮގްރާމްގެ ސެޝަންތައް ނަންގަވައިދެއްވަނީ އެން.ސީ.ޓީ.ސީ އާއި މޯލްޑިވްސް ޕޮލިސް ސާރވިސްގެ ބޭފުޅުންގެ އިތުރުން މޯލްޑިވެސް އިސްލާމިކް ޔުނިވާރސިޓީ ގެ ވައިސް ޗާންސަލާ ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާއެވެ. މިފަހަރުގެ ޕްރޮގްރާމްގައި ޏ.ފުވަމުލަކު 04 ސްކޫލަކުން 28 ބޭފުޅުން ބައިވެރިއެވެ.

ތަޢުލީމީ ދައިރާގައި މަސައްކަތް ކުރައްވާ އިސްބޭފުޅުންނަށް އަމާޒުކޮށްގެން ހިންގާ މި ސިލްސިލާ މަސައްކަތު ބައްދަލުވުން، ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި "ގްރޭޓަރ މާލެ" ސަރަހައްދުގެ ސްކޫލްތަކާއި، އައްޑޫ ސިޓީގެ ސްކޫލްތަކާއި، ހުވަދުއަތޮޅު ދެކުނުބުރީގެ ސްކޫލްތަކާއި އަދި ތިލަދުންމަތީ ދެކުނުބުރީގެ ސްކޫލްތަކުގެ އިތުރުން ހައްދުންމަތީގެ ސްކޫލްތަކާއި މާޅޮސްމަޑުލު ދެކުނު ބުރީގެ ސްކޫލްތަކުގައި މަސައްކަތްކުރައްވާ އިސްބޭފުޅުންނަށް ހިންގިފައިވެއެވެ.

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ކުނި އުފުލަން ހާއްސަ އުޅަނދުތަކެއް، އަންނަ ހަފުތާގައި އިތުރު ސަރަހައްދުތަކުން ކުނި އުކާލެވޭނެ: ވެމްކޯ

14 ފެބުރުއަރީ 2017
ކުނި އުފުލަން ހާއްސަ އުޅަނދުތަކެއް، އަންނަ ހަފުތާގައި އިތުރު ސަރަހައްދުތަކުން ކުނި އުކާލެވޭނެ: ވެމްކޯ
11 ފެބުރުއަރީ 2017

!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ

11 ފެބުރުއަރީ 2017
!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ
02 ފެބުރުއަރީ 2017

ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި

02 ފެބުރުއަރީ 2017
ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި
30 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

30 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު