Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއެސްޓީއޯ

އެސްޓީއޯގެ ފިހާރައިގެ ފްރީޒަރުތަކަށް މުދާ ފޯރުކޮށްދީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފި

ބީލަން ކަރުދާސް ހުޅުވުން އޮންނާނީ ނޮވެމްބަރު 12 ވަނަ ދުވަހު

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 24 އޮކްޓޯބަރު 2019 | ބުރާސްފަތި 17:48

ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) ގެ މާލެ އަދި ހުޅުމާލެ ފިހާރައިގެ ފްރީޒަރުތަކަށް މުދާ ފޯރުކޮށްދީ ބަލަހައްޓައިދިނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކުންފުނިން އިއުލާންކޮށްފިއެވެ.

އެސްޓީއޯ އިން ބުރާސްފަތި ދުވަހު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ ހުޅުވާލި ފުރުސަތުގައި މަސައްކަތުގެ ފަންނީ އަދި އަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުސަތު ހުޅުވާލާ ކަމަށާއި ރަޖިސްޓްރީ ކުރަން ބޭނުންވާ ފަރާތްތަކުން އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހުގެ 09:00 ޖެހުމުގެ ކުރިން ރަޖިސްޓްރީ ކުރެވޭނެ ކަމަށެވެ.

މީގެއިތުރުން ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ބީލަން ކަރުދާސް ދޫކުރަނީ ހަމަ އެ ދުވަހު އީމެއިލް މެދުވެރިކޮށް ކަމަށާއި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހުގެ މެންދުރު 02:00 ޖަހާއިރު މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސްޓީއޯ ޓްރޭޑް ސެންޓަރގައި އޮންނާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ. އަދި ބީލަން ކަރުދާސް ހުޅުވުން އޮންނާނީ ނޮވެމްބަރު 12 ވަނަ ދުވަހު 11:00 ޖަހާއިރު އެސްޓީއޯގެ ހެޑް އޮފީހުގައި ކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ.

އެސްޓީއޯ އިން ވަނީ މޭވާ އާއި ތަރުކާރީގެ ބާވަތްތައް ވިއްކުމަށް ބަހައްޓާފައި ހުރި ހަރުތައް ވެސް އަމިއްލަ ފަރާތްތަަކަށް ދޫކޮށްފައެވެ. މިގޮތަށް ހުޅުވާލައިގެން މަސައްކަތްތައް އަމިއްލަ ފަރާތްތަކާއި ހަވާލުކުރުމުގެ މައިގަނޑު މަޤްސަދަކީ ރީޓެއިލް ވިޔަފާރީއާ ދުރަށް ދިޔުން ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

އިތުރަށް ކިޔާލަން

09 ޖޫން 2018

ތިނަދޫގައި އެސްޓީއޯގެ ފިއުލް ޝެޑެއް ހުޅުވައިފި

09 ޖޫން 2018
ތިނަދޫގައި އެސްޓީއޯގެ ފިއުލް ޝެޑެއް ހުޅުވައިފި
01 ޖޫން 2018

އެސްޓީއޯގެ ކޮންސްޓްރަކްޝަން ސާމާނު ބާލަން ގުޅީފަޅުގައި ބަނދަރެއް ހަދަނީ

01 ޖޫން 2018
އެސްޓީއޯގެ ކޮންސްޓްރަކްޝަން ސާމާނު ބާލަން ގުޅީފަޅުގައި ބަނދަރެއް ހަދަނީ
31 މެއި 2018

އެސްޓީއޯގެ ހިއްސާއަކަށް 55 ރުފިޔާ ބަހަނީ

31 މެއި 2018
އެސްޓީއޯގެ ހިއްސާއަކަށް 55 ރުފިޔާ ބަހަނީ
22 އެޕްރީލު 2018

މާޗް މަހު އެންމެ ގިނައިން މުދާ އެތެރެ ކުރީ ޗައިނާއިން

22 އެޕްރީލު 2018
މާޗް މަހު އެންމެ ގިނައިން މުދާ އެތެރެ ކުރީ ޗައިނާއިން
06 އެޕްރީލު 2018

މުދާ އުފުލުމުގެ އުޞޫލަށް ގެނައި ބަދަލާއި މެދު ސަރުކާރަށް ތާޢިދުކުރާ ވިޔަފާރިވެރިންވެސް ހިތްހަމަނުޖެހޭ!

06 އެޕްރީލު 2018
މުދާ އުފުލުމުގެ އުޞޫލަށް ގެނައި ބަދަލާއި މެދު ސަރުކާރަށް ތާޢިދުކުރާ ވިޔަފާރިވެރިންވެސް ހިތްހަމަނުޖެހޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު