Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮރަޕްޝަންގެ މައްސަލަ

ކޮރަޕްޝަނާއި މަރުތަކުގައި މި ސަރުކާރުގެ ތިބި ފަރާތްތަކުގެ އަތެއް ވާނަމަ ހާމަކުރަންޖެހޭ: އީވާ

އިންސާފުގެ ކުރިމައްޗަށް ގެނައުމުގައި ވަކި މީހަކަށް ބަލާނެކަމެއް ނެތް

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް, ރާއްޖެ އެމްވީ | 23 އޮކްޓޯބަރު 2019 | ބުދަ 11:10
ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ

ގެއްލުވާލައިފައިވާ މީހުންނާއި މަރާލައިފައިވާ މީހުންގެ މައްސަލަތަކުގައްޔާއި ކޮރަޕްޝަންތަކުގެ މައްސަލައިގައި މި ސަރުކާރުގައި ތިބި ފަރާތެއްގެ އަތެއް ވާނަަމަ އެކަން ރައްޔިތުންނަށް ސިއްރު ނުކޮށް ހާމަކުރަންޖެހޭ ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޚިޔާނާތުގެ މައްސަލައިގައި ހިމެނޭ އެންމެހާ ފަރާތްތަކާއި ގޮތްނޭނގޭ ގޮތަށް ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތަކަުގައި އެކިގޮތްގޮތުން ޝާމިލުވެފައިވާ ފަރާތްތަކުގެ ނަންތައް ހާމަކޮށް އެ ފަރާތްތަކަށް ވަގުތުން ވަގުތައް ފިޔަވަޅުއެޅުމަށް ގޮވާލާ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ޙަސަން ލަޠީފް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުޘް މަރުޙަލާގައި ވާހަކަ ދައްކަވަމުން މެމްބަރު އީވާ ވިދާޅުވީ، ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ގޮތުގައި މިއަދުގެ ސަރުކާރުގެ ކެބިނެޓުގެ ވަޒީރުންނާއި ކޯޓުތަކުގެ ފަނޑިޔާރުންނާއި، ރައްޔިތުންގެ މަޖިލިސް މެމްބަރުން ތިއްބެވި ކަމަށް ދައުލަތުގެ ޕްރޮސިކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް ވިދާޅުވެފައިވާކަމަށާއި އެއީ ރައީސް ޞާލިޙް އެކުލަވާލައިފައިވާ ރިޔާސީ ކޮމިޝަނަކާއި ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ތަހުޤީގުކުރަމުން ދާ ކަމެއްކަމަށެވެ. އަދި މަތިކުރެވިފައިވާ ޒިންމާއިން ކުރީ ސަރުކާރޭ ކިޔައިގެން ރެކެވޭކަށް ނެތް ކަމަށް މެމްބަރު އީވާ ވަނީ ވިދާޅުވެފައެވެ.

މެމްބަރު އީވާ ވިދާޅުވީ، މިކަމަށް ވަކި ސަރުކާރަކަށް ތުހުމަތުގެ އިނގިލި ދިއްކުރުމުގެ ބަދަލުގައި ޚިޔާނާތުގައި އެއިރު ބައިވެރިވެފައިވާ މީހުންނާއި މިއަދުގެ ސަރުކާރުގައި ކޮރަޕްޝަންގެ ޚިޔާނާތުގައި ޖެހިފައިތިބި މީހުންގެ މައްސަލަ ތަހުޤީގުކޮށް ރައޔްިތުންނަށް ހާމަ ކުރުމަކީ ރައްޔިތުން ތަމްސީލުކޮށް ރައްޔިތުންގެ އަޑު އިއްވަން މަޖިލީހަށް އިންތިޚާބު ކޮށްފައި ތިބި މެމްބަރުންގެ ޒިންމާއެއްކަމަށެވެ. އަދި ޕްރޮސިކުއުޓަރ ޖެނެރަލް އައިޝަތު ބިޝާމް ހާމަ ކުރެއްވި މަޢުލޫމާތު ތަކަކީ، ނޭނގޭ ކަމެއްކަމުގައި ހަދައި މަޑުން ދެން ނުތިބެވޭނެކަމަށް އީވާ ވިދާޅުވިއެވެ. މެމްބަރު އީވާ ވިދާޅުވީ ނަންތައް ހާމަކުރަންޖެހޭ ކަމަށާއި ކޯލިޝަން ސަރުކާރެއްގައި ތިއްބަސް، އެއީ ނުހިނގާ ކަމެއްކަމުގައި ނުބެލޭނެ ކަމަށާއި އެ ނަންތައް ހާމަކުރަންޖެހޭކަމަށް މެމްބަރު އީވާ ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

އީވާ ވިދާޅުވީ، ސަރުކާރު ވުޖޫދަށް އައީ ރައްޔިތުންނަށް އިންސާފު ހޯދައިދޭންކަމަށްވާނަމަ، ގޮތްނޭނގޭ މަރުތަކުގެ އަތެއް ވާ މީހުންނާއި، ކޮރަޕްޝަނުގެ ޢަމަލެއްގައި ބައިވެރިވެފައިވާ މީހަކު ދައުލަތުގެ އެއްވެސް ވަޒީފާއެއްގައި އުޅޭނަމަ އެނަންތައް ހާމަކޮށް އިންސާފު ހޯދައިދޭންޖެހޭ ކަމަށެވެ. އަދި އެކަމުގައި ވަކި ކަނދުރާއަކަށް ވަކި މީހަކަށް ބަލައިގެން ތިބެވޭކަށް ނެތްކަމަށް އީވާ ވަނީ ވިދާޅުވެފައެވެ. އީވާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ރިޔާސީ ދެ ކޮމިޝަނެއް އުފައްދަވައި ބާރުތަކެއް ދީފައިވަނީ ދައުލަތުގެ އަތެއް އެކަންކަމުގައި އުޅޭތީކަމަށް މެމްބަރު އީވާ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

24 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

27 މާރިޗު
ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި
20242 އަހަރު ކުރިން
ރާއްޖެ

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް
20224 އަހަރު ކުރިން
ރާއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު
20197 އަހަރު ކުރިން
ރާއްޖެ

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟
20188 އަހަރު ކުރިން
ތަފާތު ޚަބަރު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު