Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
19 ވަނަ ރައްޔިތުންގެ މަޖިލިސް

އެމްއެމްޕީއާރުސީގެ ހިޔާނަތުގެ މައްސަލަ ލަސްކުރުމަށް އޭސީސީގެ ބައެއް ފަރާތްތަކުން މަސައްކަތްކުރޭ: އިލްޔާސް

ފުލުސް އޮފީހުގެ ތަހުގީގު ކުރާ ބައެއް ފަރާތަތައްވެސް އެ މައްސަލަ ލަސްކުރަން މަސައްކަތް ކުރާ ކަމަށް ވިދާޅުވި

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 23 އޮކްޓޯބަރު 2019 | ބުދަ 06:19
ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު

ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި މަސައްކަތްކުރާ ބައެއް ފަރާތްތަކުން މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރުސީ) ގެ މައްސަލަ ތަހުޤީޤް ލަސްކުރަން މަސައްކަތްކުރާ ކަމުގެ މައުލޫމާތި ލިބިފައިވާ ކަމަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ.

އިލްޔާސް މިހެން ވިދާޅުވީ ބުދަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ހުށަހެޅުނު އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ހިމެނޭ އެންމެހާ ފަރާތްތަކާއި ގޮތްނޭނގޭ ގޮތަށް ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތަކުގައި އެކިގޮތްގޮތުން ޝާމިލުވެފައިވާ ފަރާތްތަކުގެ ނަންތައް ހާމަކޮށް އެ ފަރާތްތަކަށް ވަގުތުން ވަގުތައް ފިޔަވަޅުއެޅުމަށް ގޮވާލާ ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ.

Advertisement - newsAdvertisement

އިލްޔާސް ވިދާޅުވީ އޭގައިި ފުލުސް އޮފީހުގެ ތަހުގީގުކުރާ ބައެއް ފަރާތަތައްވެސް އެ މައްސަލަ ލަސްކޮށް، އެހެން މިސްރާބަކަށް އެ ގެންދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި އެކި ފަރާތްތަކަށް އެކި ގޮތްގޮތަށް ފައިދާވެފައިވާކަމަށް ގަބޫލުކުރެވޭ ކަމަށް އިލްޔާސް ވިދާޅުވިއެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ބައިވެރި ބައެއް ފަރާތްތައް މިއަދުގެ ސަރުކާރުގެ ވަޒީރުންގެ ތެރޭގައާއި ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރޭގައާއި މިއަދުގެ މަޖިލީހުގައިވެސް އެބަ ތިބިކަން ސާފުވެގެން ގޮސްފައިވާ ކަމަށް އިލްޔާސް ވިދާޅުވިއެވެ. އިލްޔާސް ވިދާޅުވީ ކަމާބެހޭ ފަރާތްތަކަށް އެ މައްސަލަތައް ތަހުގީގުކޮށް ފިޔަވަޅުއެޅުން މުހިއްމު ކަމަށެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ޝާމިލުވާ ފަރާތްތަކުގެ ތެރޭގައި ދައުލަތުގެ ވަޒީރުންނާއި ކޯޓުތަކުގެ ފަނޑިޔާރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އަދި އެނޫނަސް ބައިވަރު ފަރާތްތައް ހިމެނޭ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ހާޒިރުވެ، ވަނީ ވިދާޅުވެފައެވެ.

ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަ ބަލާ ކޮމީޝަންއިން އެކުލަވާލި ޑްރާފްޓް ރިޕޯޓުގައި ޖިހާދަށް މީހުން ފޮނުވުމަށް ތަމްރީނުކޮށް، ހަނގުރާމައަށް ފޮނުވުމުގައި ހަރަކާތްތެރިވާ މީހުން ރާއްޖެގައި އުޅޭކަމަށް ބުނެފައިވެއެވެ.

ހޯމް މިނިސްޓަރު ވެސް މިހާރުން މިހާރަށް މިކަމުގައި ބައިވެރިވި މިހުންނާއި މެދު ފިޔަވަޅު އެޅުމަށް ގޮވާލައްވާފައިވާއިރު އާއި ރައްޔިތުން މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމެޓީ ޗުއްޓީއަށް ނުގޮސް، ހޭލާ ތިބެ އިސްލާހުތައް ބޭނުންވާ ގާނޫނުތަކަށް އިސްލާހު ގެނެސްފައިވާއިރު އެ ފަރާތްތަކާއިމެދު މިހާރުން މިހާރަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް އިލިޔާސް ވިދާޅުވި އެވެ. އަދި އެކަމުގައި މަޖިލީހުން ދޭންޖެހޭ އެއްބާރުލުމެއް ދިނުމަށް ތައްޔާރަށް ހުންނެވިކަމަށް އިލިޔާސް ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު