Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
19 ވަނަ ރައްޔިތުންގެ މަޖިލީސް

އެމްޑީއެންގެ ރިޕޯޓް ބޭނުންކުރަނީ ސަރުކާރަށް ހަމަލާދޭނެ ހަތިޔާރެއްގެ ގޮތުގައި: ރައީސް ނަޝީދު

މިހެން ވިދާޅުވީ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ދެއްކެވި ވާހަކައަކާއި ގުޅިގެން

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 22 އޮކްޓޯބަރު 2019 | އަންގާރަ 07:03
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވާރކް (އެމްޑީއެން)ގެ ރިޕޯޓް ބޭނުންކުރަމުން އަންނަނީ ސަރުކާރަށް ހަމަލާދޭނެ ހަތިޔާރެއްގެ ގޮތުގައިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް މުހައްމަދު ނަޝީދު މިފަދައިން ވިދާޅުވީ އަންގާރަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ދެއްކެވި ވާހަކައަކާއި ގުޅިގެންނެވެ.

Advertisement - newsAdvertisement

މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ހުށަހަޅުއްވާފައިވާ، ދަނޑުވެރިކަމާ ބެހޭ ފުޑް ސެކިއުރިޓީ ޤަރާރާއި ގުޅިގެން ބަހުސްކުރައްވަމުން މެމްބަރު ޝިޔާމް ވިދާޅުވީ ކާއެއްޗެހި ވާން ޖެހޭނީ ހަލާލު ކާއެއްޗިއްސަށް ކަމަށެވެ. ޖާއިޒު މަސައްކަތް ކުރަން ޖެހޭކަން ފާހަގަކޮށް މެމްބަރު ޝިޔާމް ވިދާޅުވީ އެ ރިޕޯޓުގައި އެއްވެސް ޖާއިޒު ވާހަކައެއް ނެތް ކަމަށެވެ. އެހެން ކަމުން އޭގެއިން ނަގާނެ ނާޖާއިޒު ފައިދާއެއް ނެތް ކަމަށެވެ.

ޝިޔާމް ވިދާޅުވީ މުޅި ރާއްޖޭގައި މިކަމާއި ގުޅިގެން މުޒާހަރާ ކުރެވޭއިރު ސަރުކާރު ބުނަމުން ގެންދަނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ވާހަކަ ކަމަށެވެ. އަދި ކުށްވެރިވާތަން ފެންނަނީ އެ ރިޕޯޓާއި ދެކޮޅަށް އިހުތިޖާޖު ކުރާ މީހާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމްގެ ވާހަކަތަކާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ އެ ރިޕޯޓުގައިވާ އިސްލާމްދީނަށް ފުރައްސާރަވާ ބަހުރުވައާއި ކަންތައްތަކުގެ ވާހަކަ ސަރުކާރުންނާއި ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީއަކުންވެސް ވަނީ ކުށްވެރިކޮށްފައިކަމަށެވެ. އަދި އެ ރިޕޯޓު ނުކުމެފައިވަނީ ކުރީ ސަރުކާރުގައިކަން އެނގިވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެއިތުރުން ރައީސް ނަޝީދު ވިދާޅުވީ އެއްގޮތަކަށް ވެސް ފާހަގަ ނުކުރެވޭ ވާހަކަތަކެއް އެ ރިޕޯޓުގައި ވާކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ މި ރިޕޯޓުގައި އޮތް އަސްލު އަސާސީ ވާހަކަ ގެއްލިދާ ކަމަށާއި ރިޕޯޓު ބޭނުން ކުރެވެނީ ސަރުކާރަށް ހަމަލާ ދެވޭނެ ހަތިޔާރެއްގެ ގޮތުގައި ކަމަށެވެ. ރައީސް ނަޝީދު ވަނީ މި ރިޕޯޓު ނުކުތީ 2014 ވަނަ އަހަރުގައިކަން ތަކުރާރުކޮށް ފާހަގަކުރައްވާފަ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު އެމްޑީއެން ގެ ރިޕޯޓާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށްރައީސް އިބްރާހިމް މުޙައްމަދު ޞާލިހުވެސް ވަނީ ވިދާޅުވެފައެވެ. އަދި އެ ރިޕޯޓަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށްމަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ވިދާޅުވެފައެވެ. އާއްމުންގެ ތެރޭގައި އެންމެ ގަދަޔަށް ބަހުސްކުރެވި، ދީނަށް ހަޖޫޖެހި ކަމަށް ބުނާ އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން ދީން ހިމާޔަތްކުރުމުގެ ނަމުގައި ރުޅިވެރިކަން ނުުއުފެއްދުމަށްފުލުހުން ވެސް ވަނީ ދާދި ފަހުން އިލްތިމާސްކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި

ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި

01 މާރިޗު 2017
ތާކުންތާކު ނުޖެހޭ ވާހަކަ ދައްކަމުންގޮސް ސަރުކާރަށް ގޮވެނީ ހުސް ކޮސް: އަހުމަދު ޢަބްދުﷲ

ތާކުންތާކު ނުޖެހޭ ވާހަކަ ދައްކަމުންގޮސް ސަރުކާރަށް ގޮވެނީ ހުސް ކޮސް: އަހުމަދު ޢަބްދުﷲ

19 ފެބުރުއަރީ 2017
ފޮރިން މިނިސްޓްރީ އަށް 2014 ވަނަ އަހަރު ލިބެންޖެހޭ ފައިސާގެ ހިސާބުކަށަވަރެއް ނުވޭ: އޮޑިޓް ރިޕޯޓް

ފޮރިން މިނިސްޓްރީ އަށް 2014 ވަނަ އަހަރު ލިބެންޖެހޭ ފައިސާގެ ހިސާބުކަށަވަރެއް ނުވޭ: އޮޑިޓް ރިޕޯޓް

05 ފެބުރުއަރީ 2017
ސްޓޭޓް އޮފް ދަ އެންވަޔަރަންމަންޓް ރިޕޯޓް ނެރެފި

ސްޓޭޓް އޮފް ދަ އެންވަޔަރަންމަންޓް ރިޕޯޓް ނެރެފި

02 ފެބުރުއަރީ 2017
ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި

ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު