Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައިޓެކް ޕްރޮގްރާމް

އައިޓެކް ޕްރޮގްރާމް ހިންގާތާ 55 އަހަރު ފުރުން އިންޑިއާ އިން ފާހަގަކޮށްފި

އިންޑިއާ އިން މިހާތަނަށް 161 ޤައުމަކާއެކު މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 21 އޮކްޓޯބަރު 2019 | ހޯމަ 21:58
ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީގެ ފަރާތުން އައިޓެކް ޕްރޮގްރާމް ހިންގާތާ 55 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ސަންޖޭ ސު

އިންޑިއަން ޓެކްނިލް އެންޑް އިކޮނޮމިކް ކޯޕަރޭޝަން (އައިޓެކް) ޕްރޮގްރާމް ހިންގާތާ 55 އަހަރު ފުރުން އިންޑިއާ އިން ފާހަގަކޮށްފިއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީގެ ފަރާތުން މި ދުވަސް ފާހަގަކޮށްފައިވާއިރު ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނަކަށް ބައިވެރިވެވަޑައިގެންނެވީ މިނިސްޓަރ އޮފް ހަޔަރ އެޑިއެކޭޝަން ޑރ. އިބްރާހީމް ހަސަނެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. އިބްރާހީމް ހަސަން ވިދާޅުވީ އައިޓެކް ޕްރޮގްރާމަކީ މީހުންގެ ކުރިއެރުމަށާއި ދެމެހެއްޓެނެވި ތަރައްޤީއަށް ވަރަށް މުހިންމު ޕްރޮގްރާމެއް ކަމަށެވެ.

އިންޑިއާ އިން މިހާތަނަށް 161 ޤައުމަކާއެކު މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވެއެވެ. ޕްރޮގްރާމްގެ ދަށުން 1964 ވަނަ އަހަރުން ފެށިގެން 2 ލައްކަ މީހުން ތަމްރީނުކޮށްފައިވާއިރު އެކި ދާއިރާތަކުން ކޯސްތައް ކުރިއަށް ގެންދެއެވެ. އެގޮތުން މި ޕްރޮގްރާމްގެ ދަށުން އައިޓީ، ފަތުރުވެރިކަން، އާޓިފިޝަލް އިންޓެލިޖެންސް ފަދަ ބައެއް ކޯސްތަކަށް ފުރުސަތު ފަހިވެގެންދެއެވެ.

ކުރިން އިންޑިއަން ޓެކްނިލް އެންޑް އިކޮނޮމިކް ކޯޕަރޭޝަން ޕްރޮގްރާމްގެ ދަށުން ރާއްޖެއަށް 50 ސްކޮލަރޝިޕްގެ ފުރުސަތު ދެމުންދިޔަ ނަމަވެސް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ސާލިހު އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ޤައުމުން ވަނީ ރާއްޖެއަށް ދެމުން އައި މި ސްކޮލަރޝިޕްގެ އަދަދު 1000 އަށް އިތުރުކޮށްފައެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ސަންޖޭ ސުދީރް ވިދާޅުވީ މި ޕްރޮގްރާމްގެ ދަށުން އެކި ދާއިރާތަކުގެ ކޯސްތަކަށް ފުރުސަތު ހުޅުވިގެންދާނެ ކަމަށާއި މި ޕްރޮގްރާމްގެ ދަށުން ހިންގާ ކޯސްތަކުގެ ވާދަވެރިކަން އިތުރުވެގެންދާ ކަމަށެވެ.

ރާއްޖޭގެ ފަރާތުން މި ޕްރޮގްރާމްގެ ދަށުން ކުރު މުއްދަތުގެ ކޯސްތަކުގައި ބައިވެރިވެފައިވާއިރު ރާއްޖޭގައި މަސައްކަތްކުރާ އެކި ސިވިލް ސަރވިސް މުވައްޒަފުންނާއި އެހެނިހެން ދާއިރާތަކުގައި މަސައްކަތް ކުރާ މީހުން ވަނީ ކޯހުގައި ބައިވެރިވެފައެވެ.

މި އަހަރު ވެސް މި ކުރު މުއްދަތުގެ ކޯސްތަކުގައި ރާއްޖޭގެ ފަރާތުން ވަނީ ބައިވެރިވެފައެވެ. އެގޮތުން ރައްޔިތުން މަޖިލީހުގެ މުވައްޒަފަކާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގައި މަސައްކަތް ކުރާ މުވައްޒަފަކު ވަނީ މި ޕްރޮގްރާމް ފުރިހަމަކޮށްފައެވެ.

މި ޕްރޮގްރާމްގެ ދަށުން ބައިވެރިވެވޭނެ ކޯސްތަކުގެ މައުލޫމާތު އައިޓެކްގެ ވެބްސައިޓްwww.itecgoi.inމެދުވެރިކޮށް ލިބޭނެއެވެ. އަދި މިއީ ހުރިހާ ހަރަދެއް އެކުލެވިގެންވާ ސްކޮލަރޝިޕްއަކަށްވާއިރު ފޯމްތައް އިންޑިއަން އެމްބަސީއަށާއި ފޮރިން މިނިސްޓްރީއަށް ހުށަހެޅޭނެއެވެ. މި ކޯސްތަކަށް ހޮވޭ ފަރާތްތައް އިންޑިއާ އެމްބަސީގެ ފަރާތުން ފޮރިން މިނިސްޓްރީއަށް އަންގާނެއެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު