Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ބަންގްލަދޭޝް މުޒާހަރާ

ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލައިގަ ބަންގްލަދޭޝް ރައްޔިތުން ރުޅިގަދަވެއްޖެ

މުޒާހަރާގައި 4 މީހުން މަރުވި

ޒިހްނަތު ހަސަން
ޒިހްނަތު ހަސަން, ރާއްޖެ އެމްވީ | 21 އޮކްޓޯބަރު 2019 | ހޯމަ 10:40
ބަންގްލަދޭޝް މުޒާހަރާގެ ތެރެއިން

ބަންގްލަދޭޝް މުޒާހަރާގެ ތެރެއިން

ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ފޭސްބުކްގައި ހިންދޫންގެ މީހަކު ލިޔުނު ޕޯސްޓަކާ ގުޅިގެން ބަނގްލަދޭޝްގެ މުސްލިމުން އިއްޔެ ކުރި މުޒާހަރާގައި ކޮންޓްރޯލް ކުރުމަށް އެޤައުމުގެ ސަލާމަތީ ބާރުތަކުން ދިން ޙަމަލާގައި ހަތަރު މީހުން މަރުވެ 50 މީހުން ޒަޚަމްވެއްޖެއެވެ.

ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ބަންގްލަދޭޝްގެ ހިންދޫ ދަރިކޮޅުގެ މީހަކު ފޭސްބުކްގައި ކުރި ޕޯސްޓަކާއި ގުޅިގެން އެޤައުމުގެ މުސްލިމުން މުޒާހަރާ ކުރީ އެޤައުމުގެ އެންމެ ބޮޑު ރަށްކަމަށްވާ ބޯލާގެ ބުހާރުއްދީން އަވަށުގެ މައިދާނެއްގައެވެ. ޖަމާޢަތުގައި ނަމާދުކުރުމަށް ބޭނުންކުރަމުން އަންނަ މި މައިދާނުގައި ބޭއްވި މުޒާހަރާގައި ވިހި ހާހަށް ވުރެ ގިނަ މީހުން ނުރުހުން ފާޅުކޮށް މުޒާހަރާކުރި ކަމަށް ބަންގްލަދޭޝްގެ މީޑީއާ ރިޕޯޓުތައް ބުނެއެވެ.

މުޒާހަރާގެ ބައިވެރިންވަނީ ފޭސްބުކް ޕޯސްޓު ކުރި ހިންދޫ ޒުވާނާކުރި ޢަމަލަށް ޙުކުމެއްގެ ގޮތުގައި އޭނާ ދަންޖައްސަން ސަރުކާރަށް ގޮވާލާފައެވެ. އެމީހުން ބުނާ ގޮތުގައި ހިންދޫ ޒުވާނާ ފޭސްބުކްގައި ރަސޫލާއަށް ފުރައްސާރަކޮށް މެސެޖުތައް ފަތުރަމުންދަނީ ބަންގްލަދޭޝްގައި ދީނީ ޚިލާފުތައް އުފެއްދުމުގެ އަޒުމުގައެވެ.

ބަންގްލަދޭޝްގެ ރައްޔިތުން ނުރުހުން ފާޅުކޮށް ހިންދޫ ޒުވާނާ ދަންޖައްސަން ގޮވާލާ އަޑު އުފުލިނަމަވެސް ބަންގްލަދޭޝްގެ ކަމާއި ބެހޭ ފަރާތްތަކުން އެކަމަށް އެކަށޭނެ ފިޔަވަޅު ނާޅާކަމަށް ބުނެ ރުޅިގަދަވެ މުޒާހަރާ ވަރުގަދަކުރިއެވެ.

ނަތީޖާއެއްގެ ގޮތުން މުޒާހަރާ ރޫޅާލަން ސަލާމަތީ ބާރުތަކަށް މަޖްބޫރުވެ މުޒާހަރާ ރޫޅާލަން މަސައްކަތް ކުރިއެވެ. މުޒާހަރާ ރޫޅާލަން ސަލާމަތީ ބާރުތަކުން ކުރި މަސައްކަތުގައި ލައިވް ވަޒަން ބަޑި ބޭނުންކުރިކަމަށް ޚަބަރު ލިބެއެވެ.

މި ފަދަ ޙަމަލާތަކެއްގައި މިހާތަނަށް ހަތަރު މީހުން މަރުވެ އިތުރު މީހުންނަށް ސީރިއަސް ޒަޚަމްތަކެއް ލިބި ނާޒުކު ޙަލަތްތަކުގައި ހޮސްޕިޓަލުތަކުގައި ފަރުވާ ހޯދަމުންދާކަމަށް ބަންގްލަދޭޝްގެ ނޫސްތަކުން ޚަބަރު ފަތުރައެވެ. ބަންގްލަދޭޝް ފުލުހުން ބުނެފައިވަނީ ލައިވް ވަޒަން ބޭނުންކުރަން ޖެހުނީ ފުލުހުންނާއި ސަލާމަތީ ބާރުތަކުގެ އަމިއްލަ ދިފާޢުގައި ކަމަށެވެ. ޢާއްމުގޮތެއްގައި ބަންގްލަދޭޝް ފުލުހުން މުޒާހަރާ ރޫޅާލުމަށް ބޭނުންކުރަނީ ކަރުނަ ގޭހާއި، ޕެޕަރ ސްޕްރޭއާއި، ރަބަރު އުންޑައެވެ.

މި މުޒާހަރާއާއި ގުޅިގެން ބުހާރުއްދީން އަވަށުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މައިސަރުކާރުން ވަނީ އިތުރު ފުލުހުންނާއި ބޯޑަރ ގާޑްކުރާ ސިފައިންގެ ފައުޖެއް އެއަވަށަށް ފޮނުވާފައެވެ.

ބަންގްލަދޭޝްގެ ބޮޑު ވަޒީރު ޝައިޚް ޙަސީނާ ވިދާޅުވެފައިވަނީ ހަމަނުޖެހުން ވެރިވެފައިވާ މިދަނޑިވަޅުގައި ޢާއްމު ރައްޔިތުން ކެތްތެރިކަން އިސްކޮށް މަޑުމައިތިރިކަން އިޚްތިޔާރުކުރުމަށް ގޮވާލާފައެވެ.

ހަސީނާގެ ޕާޓީ " ބަންގްލަދޭޝް އަވާމީ ޕާޓި" ގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އޭނާ ވަނީ ހިންދޫ މީހާގެ ފޭސްބުކް އެކައުންޓް ހެކްކޮށް، އެ އެކައުންޓުން ދޮގު ވާހަކަތައް ފަތުރަމުންގެންދަނީ މުސްލިމެއް ކަމަށް ސިފަ ކުރައްވާފައެވެ.

.168 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ބަންގްލަދޭޝްގެ 90 އިން ސައްތަ ރައްޔިތުންނަކީ މުސްލިމުންނެވެ. ބައި މަދު ހިންދޫންނާއި އަދި އެހެނިހެން ދަރިކޮޅުގެ މީހުންގެ ފަރާތުން މުސްލިމުންނަށް ދޭތެރެ ދޭތެރެއިން މިފަދަ ކަންކަން ތަޙައްމަލު ކުރަންޖެހެއެވެ. ބަދަލުގައި މުސްލިމުން ނުކުމެ އެމީހުންނާއި ދެކޮޅަށް ޙަރަކާތްތައް ހިންގާކަން ތާރީޚުން އިނގެން އެބައޮތެވެ.

2016 ވަނަ އަހަރު: މުސްލިމުންގެ ޤަދީމީ ބިނާއަކަށް ހިންދޫން ހަޖޫ ޖަހާ ފޭސްބުކްގައި ޕޯސްޓްކުރިއެވެ. އެކަމުގެ ރުޅިވެރިކަމުގައި މުސްލިމުން ނިކުމެ ބަންގްލަދޭޝްގެ އިރުމަތީ އަވަށެއްގައި ހުންނަ ހިންދޫ ފައްޅިއަކަށް ޙަމަލާ ދިނެވެ.

2012 ވަނަ އަހަރު: ބުދު ދީނުގެ ޒުވާނުންތަކެއް ކަމަށް ބެލެވޭ ބަޔަކު ކީރިތި ޤުރުއާނަށް އަގުވެއްޓޭ ފަދަ ފޮޓޯތަކެއް ޕޯސްޓް ކުރިއެވެ. މި މައްސަލައިގައި ނުރުހުން ފާޅުކޮށް މުސްލިމުންގެ ބަޔަކު ނިކުމެ ބަނދަރުމަތީ އަވަށެއް ކަމަށްވާ ކޮކްސަސް ބާޒާރުގައި ހުންނަ ބުދިސްޓުން އަޅުކަން ކުރާ ތަންތަނާއި ފިހާރަތަކާއި ގެތައް ރޯކޮށްލާ ބުދިސްޓުންނަށް ބޮޑެތި ގެއްލުންތައް ދިނެވެ.

ހައްދު ފަހަނައަޅާފައިވާ ދީނީ ޖަމާޢަތްތަކާއި، ބައި މަދު މަޒްހަބުތަކުގެ މީހުންނާއި، ބްލޮގަރުންނާއި ، ލިޔުންތެރިންނާއި، އިސްލާމް ދީން ނޫން އެހެން ދީންތައް ފަތުރަން އުޅޭ ފަރަންޖީންގެ ފަރާތުން ބަންގްލަދޭޝްގައި ދޭތެރެ ދޭތެރެއިން އިސްލާމް ދީނާއި ދެކޮޅަށް މިފަދަ ޕޯސްޓުތައް ނެރެ، ދީނަށް ފުރައްސާރަކުރުމާއި ފިތުނަ ފަސާދަ އުފެއްދުން ފަދަ ކަންކަން ފެންމަތިވެއެވެ. މިކަންކަން ތަކުރާރުވަމުންދަނީ ސަރުކާރުން މިކަމަށް އެކަށޭނެ ސިޔާސަތުތައް ކަނޑައަޅާ ތަންފީޒު ކުރަމުން ނުދިއުމާއި، މިފަދަ ކަންކަން ކުރާ ފަރާތްތަކައް ހަޤު އަދަބު ނުދޭތީކަމަށް ބަންގްލަދޭޝްގެ މުސްލިމުން ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޑްރަގް ހަނގުރާމަ އާއި ދެކޮޅު ސެނެޓަރު ވެސް ޑްރަގް މައްސަލައިގައި ހައްޔަރުކޮށްފި

ޑްރަގް ހަނގުރާމަ އާއި ދެކޮޅު ސެނެޓަރު ވެސް ޑްރަގް މައްސަލައިގައި ހައްޔަރުކޮށްފި

24 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
ނަމްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެެވޭ އެކަކީ އެމްބްސީގެ އޮފިޝަލެއް:މެލޭޝިއާ

ނަމްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެެވޭ އެކަކީ އެމްބްސީގެ އޮފިޝަލެއް:މެލޭޝިއާ

22 ފެބުރުއަރީ 2017
  ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި

ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި

18 ފެބުރުއަރީ 2017
ސަރުކާރުގެ ކަރަޕްޝަން ހައްދުފަހަނަ އަޅާ ގޮސް ރޫމޭނިއާ ރައްޔިތުން ރުޅިގަދަވެއްޖެ

ސަރުކާރުގެ ކަރަޕްޝަން ހައްދުފަހަނަ އަޅާ ގޮސް ރޫމޭނިއާ ރައްޔިތުން ރުޅިގަދަވެއްޖެ

11 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

31 މެއި
ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި
20233 އަހަރު ކުރިން
ރާއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް
20224 އަހަރު ކުރިން
ރާއްޖެ

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ
20215 އަހަރު ކުރިން
ރާއްޖެ

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ
20197 އަހަރު ކުރިން
ރާއްޖެ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި
20188 އަހަރު ކުރިން
ކުޅިވަރު

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު