Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއަނދިރިކަން

"އަނދިރިކަން" އެޅުވެނޭ ތާރީހެއް ބުނާކަށް ނޭންގެ: ސީޒަން

ފިލްމު އެޅުވުން ލަސްކުރީ ޕްރޮޖެކްޓް ފައިލް އަށް ދިމާވި މައްސަލައެއްގައި

މުހައްމަދު މުސްތަފާ
މުހައްމަދު މުސްތަފާ | 19 އޮކްޓޯބަރު 2019 | ހޮނިހިރު 11:59
އަނދިރިކަންގެ ޕޯސްޓަރެއް

އަނދިރިކަންގެ ޕޯސްޓަރެއް

މާސްކޭ ސްޓޫޑިއޯ އާއި އެސް ޕްރޮޑަކްޝަން ގުޅިގެން އުފައްދާފައިވާ ފިލްމު "އަނދިރިކަން" ރިލީޒްކުރާނެ ތާރީހެއް ބުނަން ނޭނގޭ ކަމަށް ފިލްމުގެ ޑައިރެކްޓަރު އަލީ ސީޒަން ބުނެފިއެވެ.

ކުރިން އެ ފިލްމު ސްކްރީން ކުރަން ނިންމާފައި އޮތީ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހުއެވެ.

ރާއްޖެޓީވީ ކުލަ ސްކްރީން ޕްރޮގްރާމްގައި ވާހަކަދައްކަމުން ސީޒަން ބުނީ ފުރަތަމަ ކަމަކަށް ފިލްމު ރިލީޒްކުރުން ފަސްކުރަން ޖެހުނީ، ފިލްމުގެ ޕްރޮޖެކްޓް ފައިލަށް ދިމާވި މައްސަލައެއްގެ ސަބަބުން އެ މައްސަލަ ހައްލުކޮށް އެ ތާރީހުގައި ފިލްމު އެޅުވޭނެ ކަމުގެ ޔަގީންކަން ނެތުމުން ކަމަށެވެ.

ސީޒަން ބުނީ ކުރިޔަށް އޮތް ހަފުތާގެ ތެރޭގައި އެންސީއޭ އަށް ފިލްމު އަޅުވާނެ ތާރީހެއް ލިބޭތޯ ދާނެ ކަމަށާއި މިދުވަސްވަރު އޮލިމްޕަހުގައި ސްކޫލްތަކުގެ ކޮންސެޓްތައް އޮންނާތީ އޮލިމްޕަސް ހޯލް ލިބުމުގައި ދަތިތަކެއް އުޅޭ ކަމަށެވެ.

ސީޒަން ބުނީ، ފިލްމުގެ ޓިކެޓް ވިއްކަން ފެށުމުން ޓިކެޓަށް ބާރުބޮޑުވެގެން ދިޔަ ކަމަށާއި ތިން ޝޯގެ ޓިކެޓް ވިއްކުނު ކަމަށެވެ. އަދި ފިލްމު ފުރަތަމަ އަޅުވަން ބުނި ތާރީހުގައި އެޅުވުން ނެތުމުން ޓިކެޓް ނެގި ފަރާތްތަކަށް ރިފަންޑް ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އަހުމަދު ޒަރީރުގެ ސްކްރީންޕްލޭ އަކަށް ހަދާފައިވާ އެ ފިލްމަކީ އާއިލީ ޑްރާމާއެކެވެ. ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ މ.މަޑުއްވަރީގެ އިތުރުން އދ.ދަނގެތި އަދި ވިލިމާލޭގައެވެ.

ޖުމްލަ ތިން ލަވަ ހިމެނޭ "އަނދިރިކަން"ގެ ލީޑު ރޯލުން ފެންނާނީ އައިމިނަތު ރިޝްފާގެ އިތުރުން ޝީލާ ނަޖީބު އަދި ސީޒަން އެވެ. ފިލްމުގެ މުހިއްމު ރޯލުތަކުން ޒީނަތު އައްބާސް، ދަރާ ރަޝީދު، އަހުމަދު ސައީދު އަދި މަރިޔަމް ޝަކީލާ ފެންނާނެއެވެ.

އިތުރަށް ކިޔާލަން

09 މާރިޗު 2020

''އަނދިރިކަން'' ދެއްކުން ވަގުތީ ގޮތުން މެދު ކަނޑާލައިފި

09 މާރިޗު 2020
''އަނދިރިކަން'' ދެއްކުން ވަގުތީ ގޮތުން މެދު ކަނޑާލައިފި
20 ފެބުރުއަރީ 2020

''އަނދިރިކަން'' ގެ ޓިކެޓް ވިއްކަން ފަށައިފި

20 ފެބުރުއަރީ 2020
''އަނދިރިކަން'' ގެ ޓިކެޓް ވިއްކަން ފަށައިފި
13 ޖެނުއަރީ 2020

ސީޒަންގެ ''އަނދިރިކަން'' ރިލީޒްކުރަނީ މާޗް ހަތަރެއްގައި

13 ޖެނުއަރީ 2020
ސީޒަންގެ ''އަނދިރިކަން'' ރިލީޒްކުރަނީ މާޗް ހަތަރެއްގައި
10 އޮކްޓޯބަރު 2019

ފިލްމް "އަނދިރިކަން" ގެ ޓިކެޓް ވިއްކަން ފަށަނީ

10 އޮކްޓޯބަރު 2019
ފިލްމް "އަނދިރިކަން" ގެ ޓިކެޓް ވިއްކަން ފަށަނީ
04 އޮކްޓޯބަރު 2019

"އަނދިރިކަން" މަންޒަރުތައް ނަގަން ކްރޫއާއި ތަރިން ދަނގެތީގައި!

04 އޮކްޓޯބަރު 2019
"އަނދިރިކަން" މަންޒަރުތައް ނަގަން ކްރޫއާއި ތަރިން ދަނގެތީގައި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު