Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ

ޖިނާއި ކުށުގެ ޒިންމާނެގުން 15 އަހަރަށް މަތިކުރުމުން ''އެކްސްޕްލޮއިޓޭޭޝަން' ގެ ފުރުސަތު ބޮޑު

18 އޮކްޓޯބަރު 2019 | ހުކުރު 11:49

ކުރިޔަށް އޮތް ދެ ހަފްތާ ތެރޭގައި ބިލް ފާސް ކުރެވޭނެ ކަމަށް ޖީހާން ވިދާޅުވި

އަލީ ސަމާޚް
އަލީ ސަމާޚް | 18 އޮކްޓޯބަރު 2019 | ހުކުރު 11:49
ބުރާސްފަތި ދުވަހު ބޭއްވި ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން

ބުރާސްފަތި ދުވަހު ބޭއްވި ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން

ޖިނާއި ކުށުގެ ގާނޫނީ ޒިންމާ އުފުލާ އުމުރު 12 އަހަރުން 15 އަހަރަށް ބަދަލުކުރުމުން ''އެކްސްޕްލޮއިޓޭޭޝަން'' ނުވަތަ ކުދިންގެ ނާޒާއިޒު ފައިދާ ނެގުމުގެ ފުރުސަތު ބޮޑު ކަމަށް ޖުވައިނަލް ޖަސްޓިސް ޑިޕާޓްމެންޓުން ބުނެފިއެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ބިލް މަޖިލީހަށް ހުށައަަޅުއްވާފައިވަނީ ސަރުކާރުގެ ފަރާތުން އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ރޮޒެއިނާ އާދަމެވެ. އެ ބިލަށް ދެފަހަރެއްގެ މަތިން މަޖިލީހުގައި ވަނީ ބަހުސްކުރެވިފައެވެ.

Advertisement - newsAdvertisement

ކުޑަކުދިންގެ އަދުލުގެ ބިލާއި ކުޑަކުދިންގެ ހައްގު ރައްކާތެރި ކުރުމުގެ ބިލާއި ބެހޭ ގޮތުން އެދާއިރާގެ މަސައްކަތް ކުރައްވާ ފަރާތްތަކުގެ ހިޔާލު ހޯދުމަށް ޖެންޑަރ ކޮމިޓީން ވަނީ ބުރާސްފަތި ދުވަހު ބައްދަލުވުމެއް ބާއްވާފައެވެ.

އެ ބައްދަލުވުމުގައި ޖުވެނައިލް ޖަސްޓިސް ޔުނިޓުގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވި ޖުވެނިއަލް ޖަސްޓިސް ޑިޕާޓްމެންޓްގެ ޑިރެކްޓަރ ފަތިމަތު ރޫނާ ވިދާޅުވީ، ވޭތުވެދިޔަ އަށްއަހަރަށް އަޅައިބަލާއިރު 11 އަހަރާއި 14 އަހަރުގެ 200 އަށް ވުރެ ގިނަ ކުޑަކުދިންގެ ކުށުގެ މައްސަލަ ހުށައެޅިފައިވާ ކަމަށެވެ.

މަޖިލީހަށް ހުށައަޅާފައިވާ ބިލުގައިވާ ގޮތުން 15 އަަހަރުވުމަށް ފަހު ހުރިހާ ޖިނާއީ ކުށްތަކެއްގެ މަސްއޫލިއްޔަތު އުފުލަން ޖެހޭއެވެ. ރޫނާ ވިދާޅުވީ، އުމުރު 15 އަހަރަށް ކަނޑައެޅުމުން ކުށްކުރާ ކުދިންގެ ނާޖާއިޒު ފައިދާ މީހުން ނެގުން އެކަށީގެންވާ ކަމަށެވެ.

ބިލުގައި ބުނާ ގޮތަށް އުމުރު 15 އަށް ކަނޑައެޅުމަށް ރޫނާ ދެކޮޅެއް ނަހައްދަވައެވެ.

އެހެން ނަމަވެސް ރޫނާގެ ކަންބޮޑުވުމަކީ އެ އުމުރުގެ ކުދިން ނުވަތަ އެއަށްވުރެ ކުޑަ އުމުރު ފުރާއިގެ ކުދިން އެންމެ އެކަށީގެންވާ ގޮތަށް އިސްލާހު ކުރުމަށް ރަނގަޅު ނިޒާމެއް މިހާރު ނެތުމެެވެ. އެފަދަ ކުދިން އިސްލާހު ކުރުމަށް ފުރުސަތުތަކެއް ބޭނުންވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އެގޮތުން ހަމައެކަނި ސަޕޯޓް ސިސްޓަމެއް އޮވެގެން އެ ކުދިންގެ ހާލަތު ރަނގަޅު ނުކުރެވޭނެ ކަމަށާއި، އޭގެ ބަދަލުގައި ''ސަޕޯޓް އެންޑް ކޮންޓްރޯލް'' ސިސްޓަމެއް އޮންނަން ޖެހޭ ކަމަށް ވިދާޅުވިއެވެ. ރޫނާ ވިދާޅުވީ، ކުދިން މަރުކަޒަތަކަށްލުމަކީ އެ އިދާރާގެ މަގްސަދު ނޫން ކަމަށާއި، އޭގެ ބަދަލުގައި ބޭނުންވަނީ ސިންގަޕޫރްގައި ހިންގަ ''ބީކަން'' ފަދަ ޕްރޮގްރާމްތައް ހިންގުން ކަމަށެވެ.

އެ ކޮމިޓީގެ މުގައްރިރުކަން ކުރައްވާ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ވިދާޅުވީ، ކުރިއަށް އޮތް ދެ ހަފްތާތެރޭގައި އިތުރަށް ބިލުގައި އިތުރަށް ދިރާސާކުރަން ހުރި ކަންތައްތައް ދިރާސާ ކުރުމަށް ކޮމިޓީން ނިންމެވުމަށް ފަހު މަޖިލީހުގެ ތަޅުމަށް ފޮނުވާނެ ކަމަށެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

13 ޖޫން 2017

ރައީސް ވިދާޅުވި 2000 ކޯޓާ އަދި މިއަހަރަށް ހަމައެއް ނުޖެހޭ!

13 ޖޫން 2017
ރައީސް ވިދާޅުވި 2000 ކޯޓާ އަދި މިއަހަރަށް ހަމައެއް ނުޖެހޭ!
13 ޖޫން 2017

ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅުނު ކަމަށް ބުނެ ޖޯން 10 އަހަރަށް ޑީޕޯޓްކޮށްލައިފި

13 ޖޫން 2017
ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅުނު ކަމަށް ބުނެ ޖޯން 10 އަހަރަށް ޑީޕޯޓްކޮށްލައިފި
01 ޖޫން 2017

ހަތް އަހަރަށް ފަހު އެމްޑީޕީގެ ކޮންގްރެސް ސެޕްޓެމްބަރު މަހު ބާއްވަނީ

01 ޖޫން 2017
ހަތް އަހަރަށް ފަހު އެމްޑީޕީގެ ކޮންގްރެސް ސެޕްޓެމްބަރު މަހު ބާއްވަނީ
30 މެއި 2017

ސައިކަލެއް ވަގަށް ނެގި މީހަކު އެއް އަހަރަށް ޖަލަށް!

30 މެއި 2017
ސައިކަލެއް ވަގަށް ނެގި މީހަކު އެއް އަހަރަށް ޖަލަށް!
22 އެޕްރީލު 2017

ރޯމަން ސެލެޒްނޯވް 27 އަހަރަށް ޖަލަށް، އޭނަގެ ބައްޕަ ރަތަށް

22 އެޕްރީލު 2017
ރޯމަން ސެލެޒްނޯވް 27 އަހަރަށް ޖަލަށް، އޭނަގެ ބައްޕަ ރަތަށް
20 އެޕްރީލު 2017

ކުޑަކުއްޖަކު ލައްވައި ޖިންސީ އަމަލެއް ހިންގުވި އަންހެނަކު 18 އަހަރަށް ޖަލަށް

20 އެޕްރީލު 2017
ކުޑަކުއްޖަކު ލައްވައި ޖިންސީ އަމަލެއް ހިންގުވި އަންހެނަކު 18 އަހަރަށް ޖަލަށް
26 މާރިޗު 2017

ޕާސްޕޯޓް ހިފަހައްޓާފައިވާތާ ދެ މަސް، އެކަމަކު ކުށުގެ ރިކޯޑެއް ނެތް:ޝިދާތާ

26 މާރިޗު 2017
ޕާސްޕޯޓް ހިފަހައްޓާފައިވާތާ ދެ މަސް، އެކަމަކު ކުށުގެ ރިކޯޑެއް ނެތް:ޝިދާތާ
06 މާރިޗު 2017

ކުޑަކުއްޖަކާ ބެހުނު މީހަކު 10 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

06 މާރިޗު 2017
ކުޑަކުއްޖަކާ ބެހުނު މީހަކު 10 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
15 ފެބުރުއަރީ 2017

ހަ އަހަރަށް ފަހު، އެމްޑީޕީގެ ކޮންގްރެސް ބާއްވަނީ!

15 ފެބުރުއަރީ 2017
ހަ އަހަރަށް ފަހު، އެމްޑީޕީގެ ކޮންގްރެސް ބާއްވަނީ!
08 ފެބުރުއަރީ 2017

ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

08 ފެބުރުއަރީ 2017
ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް